ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ޚާއްޞަ ފިޔަވަޅުތައް ވަގުތީގޮތުން ނުވަތަ ދިގު މުއްދަތަކަށް އެޅުމަށް ތަންދޭއިރު ،މަޖިލީހުގައި އަންހެނުންގެ ބައިވެރިވުން
އިތުރުކުރުމަށް ލެޖިސްލޭޓިވް ކޯޓާއެއް ތައާރަފް ކުރުމަކީ މުހިއްމު ކަމެއްކަމުގައި ފާހަގަކުރަމެވެ.
5959ގޮތް ނިންމާ ފަންތީގައި އަދި ސިޔާސީ މަޤާމްތަކުގައި އަންހެނުންގެ ބައިވެރިވުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރަމެވެ.
އޭގެތެރޭގައި މާލީ ތަނަވަސްކަން ނެތުން ،ޢާއިލާއާއި މުޖްތަމަޢުގެ އެއްބާރުލުން ނުލިބުން ،ކެމްޕެއިންތެރޭގައި އަންހެން
ކެންޑިޑޭޓުންނަށް ފުރައްސާރަކުރުން ،މީޑިއާގައި ،އާއްމު އަދި ސިޔާސީ މަގާމުތަކުގައި އުޅޭ އަންހެނުން ނޭދެވޭގޮތުގައި
ތަމްސީލްކުރުން ،އަންހެނުންގެ ގާބިލްކަމާމެދު ސުވާލު އުފެއްދުން އަދި އަންހެނުންނާއި ފިރިހެނުންގެ ގާބިލްކަން މިނެކިރުމުގައި
ތަފާތުކުރުން ގެންގުޅުން ހިމެނެއެވެ .މީގެ އިތުރުން ،ގޭތެރޭގެ ދިރިއުޅުމުގައި ކުރަންޖެހޭ ކަންތަކަކީ އަންހެނުންގެ ޒިންމާއެއްކަމުގައި
ދެކޭ ދުށުމަށް މާބޮޑު ބަދަލެއް އައިސްފައި ނެތްކަމާއި ދަރިން އަދި ޢުމުރުން ދުވަސްވީ މައިންބަފައިން ބެލުމުގެ ޒިންމާގެ ބޮޑުބައި
އުފުލަން ޖެހެނީ އަންހެނުންނަށްވާއިރު މިފަދަ ޒިންމާތަކަށް ލުއި ލިބޭނެ އިންތިޒާމް ދައުލަތުން ހަމަޖައްސައިދިނުމަށް ކޮންމެވެސް
މިންވަރަކަށް މަސައްކަތް ފަށާފައިވާއިރު ،އެކަށީގެންވާ ހެޔޮ ބަދަލެއް އަންނަ މިންވަރަށް މިހާތަނަށް ފިޔަވަޅު އަޅާފައިނެތްކަން
ފާހަގަކުރެވިފައިވެއެވެ.
35
އެގޮތުން ،ވަޒީފާއަދާކުރާވަގުތު ކުދިން ބައިތިއްބާނެ ޑޭކެއަރ ސެންޓަރ ފަދަ ފެސިލިޓީސް ނެތްކަން
ފާހަގަކުރ��ވިފައިވެއެވެ .މީއީ އަންހެނުން ސިޔާސީ މައިދާނަށް ވެސް އަދި ވަޒީފާގެ މައިދާނަށް ނުކުތުމަށް ހުރި ގޮންޖެހުމެއްކަން
ފާހަގަކުރަމެވެ.
6060ސިޔާސީ މައިދާނުގައާއި ގޮތްނިންމާ ފަންތީގައި އަންހެނުން ހަރަކާތްތެރިވުމަށް ބާރުއެޅުމަށް ކުރާ މަސައްކަތް މިހާރަށްވުރެ
އިތުރު ކުރަންޖެހޭކަން ފާހަގަކުރަމެވެ .އެގޮތުން ސިޔާސީ މައިދާނުގައާއި ގޮތްނިންމާ ފަންތީގައި އަންހެނުންގެ ބައިވެރިވުން
އިތުރުކުރުމަށް ޤާނޫނީ އިމުގެ ތެރެއިން ވަގުތީ ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެއްކަމުގައި ފާހަގަކުރަމެވެ.
4.24.2މިންތީގެ ހަމަހަމަކަމާއި ސްޓީރިއޯޓައިޕްސް
6161ޤާނޫނު ނަންބަރު ( 18/2016ޖެންޑަރ އިކުއަލިޓީގެ ޤާނޫނުގެ) ދަށުން ދައުލަތުގެ މުއައްސަސާތަކުގައި ގާއިމް ކުރަން ޖެހޭ
ޝަކުވާ ހުށަހަޅާ ނިޒާމް އެކުލަވާލާފައިވަނީ ދައުލަތުގެ 24%މުއައްސަސާތަކުގައިކަން ފާހަގަކުރެވިފައިވެއެވެ.
36
އަދި މި ނިޒާމް
އެކުލަވާލާފައިނުވާ މުއައްސަސާތަކާ މެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކުރެވިފައިވެއެވެ 37.މި ރިޕޯޓުގެ
މުއްދަތުގައި މި ނިޒާމްގެ ދަށުން އެއްވެސް މައްސަލައެއް މިހާތަނަށް ހުށަހަޅާފައިނުވެއެވެ.
38
6262ވޭތުވެދިޔަ ތިން އަހަރުތެރޭގައި އަންހެނުންނަށް އަނިޔާ ކުރުމަށް ހަރުކަށި ދީނީ ފިކުރު ބޭނުންކޮށްފައިވާކަން ފާހަގަކުރެވޭއިރު
އެފަދަ ކަންކަން ހުއްޓުވުމަށް އިސްލާމްދީނުގައި އަންހެނުންގެ ޙައްޤުތަކަށާއި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ދީފައިވާ
އަހައްމިއްޔަތުކަމުގެ މައްޗަށް އަލިއަޅުވައި އެކަމަށް އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް އެކަށީގެންވާ މިންވަރަށް
މަސައްކަތް ކުރެވިފައި ނެތްކަން ފާހަގަކުރެވިފައިވެއެވެ.
39
6363އަންހެނުންގެ ޙައްޤުތަކާއި އަންހެނުންނާ ގުޅުން ހުރި ދާއިރާތަކުން ކުރިއަށް ގެންގޮސްފައިވާ ދިރާސާތައް މަދުކަމުގައި
ފާހަގަކުރަމެވެ .ނަމަވެސް 2007 ،ވަނަ އަހަރު ހަދާފައިވާ ޕްރިވަލަންސް އޮފް ޖެންޑަރ ބޭސްޑް-ވަޔަލެންސް އެސެސްމެންޓް،
ދި މޯލްޑިވްސް ސްޓަޑީ އޮން ވިމެންސް ހެލްތް އެންޑް ލައިފް އެކްސްޕީރިއަންސް ގެ ފޮލޯ-އަޕް 2023ވަނަ އަހަރު ހެދުމަށް
ތައްޔާރު ވަމުންދާކަން ފާހަގަކުރެވިފައިވެއެވެ.
40
4.34.3ނުކުޅެދުންތެރިކަން ހުންނަ އަންހެނުން
6464ނުކުޅެދުންތެރިކަން ހުންނަ އަންހެނުން ނިސްބަތުން ގިނަކަމުގައި ފާހަގަކުރެވޭއިރު ،ނުކުޅެދުންތެރިކަން ހުންނަ އަންހެނުން
ހިއުމަން ރައިޓްސް ރިޕޯޓް 2022
29