‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫‪4 .4‬އަންހެނުންގެ ޙައްޤު‬ ‫ސިޔާސީ މައިދާނުގައާއި ގޮތްނިންމާ ފަންތީގައި އަންހެނުން ހަރަކާތްތެރިވުމަށް ބާރުއެޅުމަށް ކުރާ މަސައްކަތް މިހާރަށްވުރެ އިތުރު‬ ‫ކުރަންޖެހެއެވެ‪ .‬އެގޮތުން ސިޔާސީ މައިދާނުގައާއި ގޮތްނިންމާ ފަންތީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ޤާނޫނީ އިމުގެ ތެރެއިން‬ ‫ވަގުތީ ޚާއްސަ ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެއްކަމެކެވެ‪.‬‬ ‫ވޭތުވެދިޔަ ‪ 2‬އަހަރު ތެރޭގައި ދައުލަތުގެ މުއައްސަސާތަކަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ކަންބޮޑުވާ މިންވަރަށް އަންހެނުންނަށް‬ ‫އަނިޔާކޮށްގެން މައްސަލަތައް ހުށަހަޅާފައިވެއެވެ‪ .‬އެގޮތުން ‪ 2021‬ވަނަ އަހަރާއި ‪ 2022‬ވަނަ އަހަރު މިނިސްޓްރީ އޮފް ޖެންޑަރ‪،‬‬ ‫ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ‪ 88%‬އަކީ އަންހެނުންނަށް އަނިޔާކޮށްގެން ހުށަހަޅާފައިވާ‬ ‫މައްސަލަތަކެވެ‪.‬‬ ‫ހަމައެހެންމެ‪ ،‬ޖެނުއަރީ ‪ 2019‬އިން އޯގަސްޓް ‪ 2022‬އާއި ދެމެދު ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އަންހެނުންނަށް އަނިޔާކޮށްގެން‬ ‫ހުށަހަޅާފައިވާ ‪ 1201‬މައްސަލައެއް ބަލާފައިއެވެ‪ .‬މީގެތެރެއިން އެންމެގިނައީ ޖިސްމާނީ އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކެވެ‪ .‬އޭގެ‬ ‫ތެރޭގައި ހިމެނެނީ މާރާމާރީ އަދި ގެވެށި އަނިޔާގެ މައްސަލަތަކެވެ‪ .‬ޖެނުއަރީ ‪ 2021‬އާއި އޯގަސްޓް ‪ 2022‬އާ ދެމެދު އަންހެނުންނަށް‬ ‫އަނިޔާކޮށްފައިވާ ‪ 88‬މައްސަލައެއްގައި ދައުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އުފުލާފައިވެއެވެ‪.‬‬ ‫އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށާއި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ވޭތުވެދިޔަ އަހަރުތަކުގެތެރޭގައި ގިނަ‬ ‫ޤާނޫނުތަކާއި ޕޮލިސީތައް އެކުލަވާލާފައިވެއެވެ‪ .‬އެގޮތުން ޤާނޫނު ނަންބަރު ‪( 18/2016‬ޖެންޑަރ އިކުއަލިޓީގެ ޤާނޫނު) އާއި ޤާނޫނު‬ ‫ނަންބަރު ‪( 3/2012‬ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު ‪( 16/2014‬ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން‬ ‫ހުއްޓުވުމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު ‪( 17/2014‬ޖިންސީ ކުށުގެ ޤާނޫނު) މިއީ ފާހަގަކޮށްލަން މުހިއްމު ޤާނޫނުތަކެވެ‪ .‬ޤާނޫނީ‬ ‫އޮނިގަނޑު ހަރުދަނާ ކުރަން މަސައްކަތް ކޮށް މިންތީގެ ހަމަހަމަކަން ޤާއިމް ކުރުމަށް ކުރާ މަސައްކަތުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް‬ ‫ލިބިފައިވީނަމަވެސް‪ ،‬ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ރާއްޖޭގައި ހަދާފައިވާ ޤާނޫނުތަކާ އެއްގޮތަށް އަންހެނުންގެ‬ ‫ޙައްޤުތައް ރައްކާތެރިކޮށް ދަމަހައްޓައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް އަދިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަން‬ ‫ފާހަގަކުރަމެވެ‪.‬‬ ‫‪4.14.1‬ސިޔާސީ މައިދާނުގައާއި ގޮތް ނިންމާ ފަންތީގައި އަންހެނުންގެ ބައިވެރިވުން‬ ‫‪5757‬ވޭތުވެދިޔަ އަހަރުތަކުގައި ދައުލަތުގެ ގޮތް ނިންމާ ފަންތީގައި އަންހެނުންނަށް ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރެވުނެވެ‪.‬‬ ‫އެގޮތުން‪ ،‬ކެބިނެޓްގެ ‪ 33%‬އަކީ އަންހެނުންނެވެ‪ .‬މީގެ ކުރިން ފިރިހެނުން ތަމްސީލުކުރާ ވުޒާރާތައް ކަމުގައިވާ ޑިފެންސް‬ ‫މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގައި އަންހެނުން ހިމެނޭކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫ހަމައެހެންމެ‪ ،‬ދިވެހިރާއްޖޭގެ‬ ‫ސުޕްރީމް ކޯޓަށާއި މެޖިސްޓްރޭޓް ކޯޓްތަކަށް އަންހެން ފަނޑިޔާރުން އައްޔަންކޮށްފައިވާއިރު‪ ،‬މިވަގުތު ކޯޓު ތަކުގައި މުޅިއެކު‬ ‫‪ 23‬އަންހެން ޖަޖުން ތިބިކަން ފާހަގަކުރެވުނެވެ‪ .‬ހަމަ އެހެންމެ ‪ 22%‬މެނެޖީރިއަލް ޕޮޒިޝަންތަކުގައި އަންހެނުން ތިބިކަން‬ ‫ފާހަގަކުރެވުނެވެ‪ .‬ލޯކަލް ކައުންސިލްތަކުގެ ‪ 39.5%‬ސީޓުތަކުގައި ތިބީ އަންހެނުންކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪34‬‬ ‫‪5858‬ނަމަވެސް‪ ،‬މިފަދަ މަގާމް ތަކުގައި މިންތީގެ ހަމަހަމަކަން ގާއިމް ކުރުމަށް ގިނަގުނަ މަސައްކަތްތައް ކުރަންޖެހޭކަން ފާހަގަކުރަމެވެ‪.‬‬ ‫އެގޮތުން‪ ،‬ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ އަދަދު ނިސްބަތުން ދަށް ވަމުން ދާކަން ފާހަގަކުރެވިފައިވެއެވެ‪ .‬ޖެންޑަރ‬ ‫އީކުއަލިޓީ ޤާނޫނުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށާއި ސިޔާސީ މައިދާނުގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް‬ ‫‪28‬‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬

Select target paragraph3