‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫އިންތިޒާމް‬ ‫ބައެއް ޚިދުމަތްތައް‬ ‫ފޯރުކޮށްދޭ މަރުކަޒުތަކުގައި ހަމަޖެހިފައިވީ ނަމަވެސް‪،‬‬ ‫އެހެން ފަރާތެއްގެ އެހީތެރިކަން‬ ‫ހޯދުމަކާނުލައި ބައެއް ޚިދުމަތްތައް ހޯދަން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދަތިވެއެވެ‪.‬‬ ‫‪21‬‬ ‫ނުކުޅެދުންތެރިކަން ހުންނަ‬ ‫މީހުންނަށް އެހީތެރިވުމުގެ ގޮތުން މަގުދައްކާދޭ މީހުންނާއި‪ ،‬ބްރެއިލްގެ ޚިދުމަތްތަކާއި އިޝާރާތުން މުޢާމަލާތްކުރުމުގެ ތަމްރީން‬ ‫ލިބިފައިވާ މީހުންގެ އިންތިޒާމް އާންމުންނަށް ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނުގައި ނުތިބޭކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪22‬‬ ‫‪4444‬ފެނުމުގެ ދަތިކަން ހުންނަ ފަރާތްތަކުގެ މެދުގައި ބްރެއިލް ބޭނުންކުރަން ދަންނަ ފަރާތްތައް މަދެވެ‪ 23.‬އަޑާއެކީގައި ޓޯކަން ޑިސްޕްލޭ‬ ‫ހުންނަ ސިސްޓަމްތައް އާންމު ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގައި މަދުވުމާއި‪ ،‬އެހެން މީހަކަށް ބަރޯސާނުވެ އޭޓީއެމްތަކުން ފައިސާ‬ ‫ނެގުމަކީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވެފައިވާ ގޮންޖެހުމެކެވެ‪.‬‬ ‫‪4545‬ކޮމިޝަނުން ޝާއިއުކޮށްފައިވާ ''ގްރޭޓާ މާލޭގައި ފުރޮޅުލީގޮނޑީގައި އެއްތަނުން އަނެއްތަނަށް ގޮސްއައިސް އުޅުމުގައި ހުރި‬ ‫ގޮންޖެހުންތައް ދެނެގަތުން ‪'' 2021‬ދިރާސާގައި ގައި ފާހަގަކޮށްފައިވާ ގޮތުން މާލޭ ސިޓީގައި ދުއްވާ ބަސްތަކުގައި ފުރޮޅުލީގޮނޑީގައި‬ ‫އުޅޭ ފަރާތްތަކަށް ޒޯނެއް ޚާއްޞަކުރެވިފައިވެއެވެ‪ .‬ނަމަވެސް ބަސް ހުއްޓިތައް ފަރުމާކުރެވިފައިވާ ގޮތުން ފުރޮޅުލީ ގޮނޑީގައި‬ ‫އުޅޭ ފަރާތްތައް ބަސްހުއްޓިއަށް ވަނުމަށް ކައިރި ހިސާބެއްގައި ސްލޯޕެއް ނެތުމާއި ބަސްހުއްޓިއަށް ފުރޮޅުލީގޮނޑީގައި ވަދެވޭނެ‬ ‫ޖާގަނެތުމާއި ފުރޮޅުލީގޮނޑީގައި މަޑުކުރުމަށް ޖާގަނެތްކަން މި ދިރާސާގައި ފާހަގަވެފައިވެއެވެ‪.‬‬ ‫ހމަޖެހިފައެވެ‪.‬‬ ‫‪4646‬ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޕަބްލިކް ޓްރާންސްޕޯޓް ވަނީ ހިލޭ ަ‬ ‫ވަކި ޚާއްޞަ ގޮނޑިތަކެއް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކަނޑައަޅާފައިވެއެވެ‪.‬‬ ‫‪25‬‬ ‫އެކްސެސިބިލިޓީ ޚިދުމަތްތަކެއް ޤާއިމުވެފައިނުވެއެވެ‪.‬‬ ‫‪26‬‬ ‫‪24‬‬ ‫އަދި ޕަބްލިކް ޓްރާންސްޕޯޓުގައި‬ ‫ފެރީތަކަށް އަރާ ފޭބުމަށް ބިލްޓްއިން‪-‬‬ ‫ހުރިހާ ބާވަތެއްގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދަތުރުކުރުމަށް‬ ‫ފަސޭހަކުރުމުގެ ގޮތުން ޕަބްލިކް ޓްރާންސްޕޯޓު ސިސްޓަމްތަކުގައި ދަތުރާގުޅޭ މަޢުލޫމާތު ފެންނާނެހެން ހުރުމާއި ޓެކްޓައިލް‬ ‫ފޯމެޓާ އަދި ރިއަލް ޓައިމްކޮށް އަޑުއިވޭނޭ ގޮތަށް އަދި ރިކޯޑްކޮށްފައިވާ މެސެޖްތައް ފޯރުކޮށްދިނުމަށް އިންތިޒާމްތަކެއް‬ ‫ހަމަޖެހިފައިނުވާކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪4747‬އަތޮޅުގައި ވެރިކަންކުރާ ރަށްރަށުން ލިބޭ ޚިދުމަތްތައް ހޯދުމަށް‪ ،‬ނުކުޅެދުންތެރިކަން ހުންނަ މީހުން އަތޮޅުގެ ވެރިކަން ކުރާ‬ ‫ރަށަށް ދަތުރު ކުރާއިރު އެހެން މީހުންނަށް ބަރޯސާވާން ޖެހިފައިވުމުގެ ސަބަބުން‬ ‫މިފަދަ ޚިދުމަތްތައް ހޯދުމަށް ދަތިވާކަން‬ ‫ފާހަގަކުރެވެއެވެ‪.‬‬ ‫‪4848‬އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުމަށް މާލެ ސަރަހައްދުގައި ޤާއިމުކޮށްފައިވާ ޚާއްޞަ ކްލާހަށް‬ ‫ހާޒިރުވާ ދަރިވަރުން މުއާމަލާތްކުރުމުގައި ބޭނުންކުރަނީ އެމެރިކަން ސައިން ލެންގުއޭޖު ކަމާއި އެހެންކަމުން ހަރަކާތުން‬ ‫މުޢާމަލާތްކޮށްގެން މާސް މީޑިއާ މެދުވެރިކޮށް ގެނެސްދޭ މަޢުލޫމާތުތައް ހަމައެކަނި ފަހުމްވާނީ އަޑުއިވުމުގެ ނުކުޅެދުންތެރިކަން‬ ‫ހުންނަ ކުދިންގެ ތެރެއިން ތަޢުލީމު ހާސިލްކުރުމަށް މި ފުރުޞަތު ތަނަވަސްވެފައިވާ ފަރާތްތަކަށް އެކަނިކަން ފާހަގަކުރެވުނެވެ‪.‬‬ ‫‪27‬‬ ‫‪4949‬އޮންލައިންކޮށް ލިބޭ މަޢުލޫމާތުގެ ތެރެއިން ދިވެހި ބަހުން ހުންނަ ލިޔުންތަކާއި ޚަބަރު‪ ،‬ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ‬ ‫މީހުންނަށް މީގެ ކުރިން ފަހުމު ނުވިޔަސް ޔޫ‪.‬އެން‪.‬ޑީ‪.‬ޕީ މޯލްޑިވްސްގެ އެހީތެރިކަމާއެކު ޖޫން ‪ 2020‬ގައި ތައާރަފްކޮށްފައިވާ‬ ‫ތާނަ މެލޯ އެޕްލިކޭޝަން (ސްކްރީން ރީޑަރ) ބޭނުންކޮށްގެން އޮންލައިން މަޢުލޫމާތު ފަސޭހަކަމާއެކު ލިބިދެއެވެ‪.‬‬ ‫‪28‬‬ ‫‪5050‬ކޮމިޝަންގެ ‪ 2021‬ވަނަ އަހަރުގެ އިންސާނީ ޙައްޤުތަކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަދައިން މިރިޕޯޓުގެ މުއްދަތުގައި ވެސް‬ ‫އެހެން މީހުންނެކޭވެސް އެއްފަދައިން ކަރާމާތްތެރިކަމާއި ހަމަހަމަކަމާއެކު ޢިމާރާތްތަކަށް ފަސޭހަކަމާއެކު ނުކުޅެދުންތެރިކަން‬ ‫ހުންނަ މީހުނަށް ވަދެ ނުކުމެއުޅުމަށް ދަތިތަކާ ކުރިމަތިވާކަން ފާހަގަކުރެވެއެވެ‪.‬‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬ ‫‪25‬‬

Select target paragraph3