ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ޤަވާއިދުގެ 19ވަނަ މާއްދާގައި ޢިމާރަތުގެ ބާވަތް ( 1ލިސްޓްގައި 11ތަނެއް ހިމެނޭ) ޢިމާރަތްކުރަންވާނީ ޢިމާރަތްކުރުމުގެ
ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަދެ ނިކުތުމުގެ އިތުރަށް
އެފަރާތްތަކަށްވެސް ބޭނުންކުރެވޭނެގޮތަށްކަމަށާއި މި މާއްދާގައި އެތަންތަނަށް ވަދެނިކުތުމުގެ އިންތިޒާމް ހުންނަންޖެހޭގޮތުގެ
ތަފްޞީލު ހިމަނާފައިވެއެވެ .ހަމައެހެންމެ މި ޤަވާއިދުގެ 67ވަނަ މާއްދާގައި ބާވަތް 2ގައި ހިމެނޭ ޢިމާރަތްތައް ޑިޒައިންކޮށް،
ޢިމާރަތްކުރަންވާނީ ޢިމާރަތްކުރުމުގެ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ނުކުޅެދުންތެރިކަން ހުންނަ
ފަރާތްތަކަށް ފަސޭހަކަމާއެކު ވަދެނިކުތުމަށް މަގުފަހިވާނެގޮތަށް ކަމުގައި ބަޔާންކޮށްފައިވެއެވެ .ޤަވާއިދު ނަންބަރު 1020-R/2019
(ބިލްޑިންގ ކޯޑް) 30މާރިޗު 2019ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވުނު ދުވަހުން ފެށިގެން ޢަމަލުކުރަން
ފެށިފައިވާއިރު ،ޤަވާއިދަށް ޢަމަލުކުރުމަށް ފެށުނު ތާރީޚުން ފެށިގެން ބިލްޑިންގ ކޯޑު ތަންފީޛުކުރުމަށް ބޭނުންވާ ރެފަރެންސް
ސްޓޭންޑަޑް ނުވަތަ ޑިޒައިން ކޯޑްސް (ކޮމްޕްލައަންސް ޑޮކިއުމަންޓްތައް) އެކަށައެޅުމަށް ކަނޑައަޅާފައިވާ މުއްދަތުތައް ،ޤަވާއިދު
ނަންބަރު ،10-R/2021ޤަވާއިދު ނަންބަރު ( 1020/R-2019ބިލްޑިންގ ކޯޑަށް 1ވަނަ އިޞްލާޙު ގެނައުމުގެ ޤަވާއިދު)
އިން އިތުރުކުރެވިފައިވެއެވެ .މިގޮތުން ބާވަތް 1ގައި ހިމެނޭ ޢިމާރަތްތަކުގެ ކޮންޕްލަޔަންސް ޑޮކިއުމަންޓްސް އެކުލަވާލުމުގެ
މުއްދަތުތަކެއް އެކަށައަޅާފައިވާއިރު އެންމެ ކުރު މުއްދަތުވެސް 32މަސްދުވަހަށް އިތުރުކުރެވިފައިވެއެވެ .ހަމައެހެންމެ ބާވަތް
2ގައި ހިމެނޭ ޢިމާރަތްތަކުގެ ކޮންޕްލަޔަންސް ޑޮކިއުމަންޓްސް އެކުލަވާލުމުގެ މުއްދަތު 05އަހަރަށް އިތުރުކުރެވިފައިވާކަން
ފާހަގަކުރެވިފައިވެއެވެ.
4141ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާއެކު އެއްތަނުން އަނެއްތަނަށް ވަދެނުކުތުން ޤާނޫނީ އޮނިގަނޑުގެ ތެރެއިން
ފުރަތަމަ ކަށަވަރުކޮށްދީފައިވަނީ 18ޖުލައި 2010ގައި ރައީސުލްޖުމްޙޫރިއްޔާ ތަސްދީޤުކުރި ޤާނޫނު ނަންބަރު 8/2010
(ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) އިން
ކަމުގައިވާއިރު ،އެކްސަސިބިލިޓީ މިންގަނޑުތަކާ ގަވާއިދުތަކަށް އެ ޤާނޫނަށް ޢަމަލުކުރަންފަށާތާ
06މަސް ދުވަސްތެރޭ
އެކަށައަޅާ އެކަށޭނަ މުއްދަތެއްގައި ޢަމަލުކުރުމަށް ލާޒިމްކޮށްފައިވީނަމަވެސް ،ޤާނޫނީ އޮނިގަނޑު އިތުރަށް ތަފްސީލުވެ ޤާނޫނު
ނަންބަރު ( 4/2017ޢިމާރަތްކުރުމުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ބާރުލިބިގެން އެކަށައަޅާފައިވާ ޤަވާއިދުތަކުގައި
ޢިމާރަތްކުރުމުގެ މިންގަނޑުތަކާ ގުޅޭ މުއްދަތުތަކެއް ކަނޑައަޅާފައިވެއެވެ .އެހެންކަމުން ޢަމަލީ ސިފައެއްގައި ނުކުޅެދުންތެރިކަން
ހުންނަ ފަރާތްތަކަށް ފަސޭހަކަމާއެކު ވަދެނިކުތުން ތަންފީޛުކުރުމުގައި އެކަށީގެންނުވާ ލަސްތަކެއް ހުރިކަމާ ކޮމިޝަނުން 2021
ވަނަ އަހަރު ހެދި ދިރާސާއިންވެސް ގްރޭޓާ މާލޭގެ ޢާއްމު ތަންތަނަށް ފުރޮޅުލީ ގޮޑީގައި ވަދެނިކުތުމަށް 46%ތަންތަނުގައި
ގޮންޖެހުންތައް ހުރިކަން ފާހަގަކުރެވިފައިވެއެވެ.
އަދި ވޯލްޑް ބޭންކު ގްރޫޕުން އޯގަސްޓް 2020ގައި ޝާއިޢުކޮށްފައިވާ
''މެނޭޖިންގ ރިސްކްސް ފޮ އަ ސޭފަރ ބިލްޓް އެންވަޔަރަންމަންޓް އިން ދަ މޯލްޑިވްސް .ބިލްޑިންގ ރެގިއުލޭޓަރީ ކެޕޭސިޓީ
އެސެސްމަންޓް'' ގައި ކަމާބެހޭ އިދާރާތަކުން ބިލްޑިންގ ކޯޑަށް އަމަލުކުރަމުންދާ މިންވަރު މޮނިޓަރކުރުމުގެ ގޮތުން އިމާރާތްތަކުގެ
އިންސްޕެކްޝަންގެ މަސައްކަތް އެންމެ އެކަށީގެންވާ
ގޮތަށް ކުރިއަށް ގެންދެވިފައިނުވެއެވެ.
19
4242އާންމުންނަށް ޚިދުމަތްދޭ ޢިމާރާތްތަކަށް ވަދެނުކުމެ އުޅުމުގައި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން
ވަދެނުކުމެވޭނެ އިންތިޒާމްތައް ބައެއް ޢިމާރާތްތަކުގައި ގާއިމުކޮށްފައިވާކަން ފާހަގަކުރެވެއެވެ .އެހެންނަމަވެސް ،އެހެން
މީހުންނެކޭވެސް އެއްފަދައިން ކަރާމާތްތެރިކަމާއި ހަމަހަމަކަމާއެކު މަގުތަކާއި ޕާކުފަދަ ތަންތަނާއި ވިޔަފާރިކުރާ ސުޕަރމާކެޓް
ނުވަތަ ކޮމްޕްލެކްސް ފަދަ ތަންތަނާއި މިސްކިތްތަކާއި ދަތުރުފަތުރުގެ ވަސީލަތްތަކާއި ސްކޫލްތަކާއި ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ
ތަންތަނާއި ވަޒީފާއަދާކުރާ ތަންތަނަށް ނުކުޅެދުންތެރިކަން ހުންނަ މީހުން ވަނުމަށް ކުރިމަތިވެފައިވާ ހުރަސްތަކުގެ ސަބަބުން
މުޖުތަމަޢުގައި ފުރިހަމައަށް އަދި އެހެން މީހުންނެކޭ އެއްހަމައެއްގައި ބައިވެރިވުމަށް ދަތިވެއެވެ.
20
4343ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޢުމުރުން ދުވަސްވީ ފަރާތްތަކަށް ބޭނުންވާ
24
ހިއުމަން ރައިޓްސް ރިޕޯޓް 2022
ޚިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމުގެ