ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
1 .1ޢުމުރުން ދުވަސްވީ މީހުންގެ ޙައްޤު
ދިވެހިރާއްޖޭގެ އާބާދީ ކުރިއަށް އޮތްތަނުގައި ބޮޑު އަދަދަކުން އިތުރުވާނެކަމަށް އަނަދާޒާ ކޮށްފައިވާއިރު އުމުރުންދުވަސްވީ މީހުންގެ ޙައްޤުތައް
ކަށަވަރަރު ކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަކީ މުހިއްމުކަމެކެވެ .ދިވެހިރާއްޖޭގެ ޖުމްޙޫރިއްޔާގެ ޤާނޫނުއަސާސީގެ 35
ވަނަ މާއްދާގެ ދަށުން އުމުރުން ދުވަސްވީމީހުންނަށް ޢާއިލާގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ޙާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން
ލިބުމަކީ އެމީހުންނަށް ލިބިގެންވާ ޙައްޤެއްކަމުގައި ބަޔާންކޮށްފައިވެއެވެ .ގަދަރުވެރިކަމާ ކަރާމާތްތެރިކަމާއެކު އުމުރުން ދުވަސްވީ މީހުންނަށް
ދިރިއުޅުމުގެ ކަންކަން ފުރިހަމަކުރުމަށް މަގުފަހި ކުރުމުގެގޮތުން ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުން އުމުރުން 65އަހަރުން މަތީގެ
ކޮންމެ މީހަކަށް އަސާސީ ޕެންޝަނެއްވަނީ ކަނޑައަޅައިފައެވެ .ޢުމުރުން ދުވަސްވީ މީހުނަށް ބޭނުންވާ އަޅައިލުމާއި ރައްކާތެރިކަން
ފޯރުކޮށްދިނުމަށްޓަކައި އުމުރުންދުވަސްވީ މީހުންގެ ރެޒިޑެންޝަލް މަރުކަޒެއް ރާއްޖޭގައި މިހާތަނަށް ގާއިމު ކުރެވިފައިނުވެއެވެ .އަދި
އުމުރުންދުވަސްވީ މީހުންނާ ގުޅޭ މައްސޫލިއްޔަތުތައް ކަނޑައަޅައި ،އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތަކާގުޅޭ ބިލެއް އެކުލަވައިލުމުގެ
މަސައްކަތް ކުރެވެމުންއައުމަކީ އެމީހުންގެ ޙައްޤުތައް ތައްކާތެރިކުރުމަށް ކުރާ މަސައްކަތުގައި އެޅިގެންދިއަ ހަރުދަނާ ފިޔަވަޅެއްކަން
ފާހަގަކުރަމެވެ.
.1
'1މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަން '2054 -2014ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގެ އާބާދީ ކުރިއަށް
އޮތްތަނުގައި ބޮޑު އަދަދަ��ުން އިތުރުވާނެއެވެ .ދިވެހިރާއްޖޭގެ އާބާދީ 2054ވަނަ އަހަރު އެއް މިލިއަނާ ގާތްކުރާ އަދަދަކަށް
އިތުރުވާނެކަމަށް ބެލެވެއެވެ .މި ބަދަލާއެކު ،އާބާދީގެ 64%އަށްވުރެ ގިނަ މީހުން ވަޒަންވެރިވާނެކަމަށް ބެލެވިފައިވަނީ ގްރޭޓަރ
މާލެ ސަރަހައްދުގައި ކަމާއި 2045 ،ވަނަ އަހަރު ،ޢުމުރުން 45އަހަރުން މަތީގެ އާބާދީ އެއަށްވުރެ ދަށުގެ ޢުމުރުފުރައިގެ
އާބާދީއަށްވުރެ އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ .މި ސަބަބައްޓަކައި އެ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އިތުރަށް
ހަރުދަނާކޮށް ،ޤަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް މިހާރުންފެށިގެން ނިޒާމުތައް ބައްޓަންކުރުމުގެ މުހިންމުކަން
ފާހަގަކުރަމެވެ.
.2
1
2ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35ވަނަ މާއްދާގެ ދަށުން އުމުރުން ދުވަސްވީ މީހުންނަށް ޢާއިލާގެ ފަރާތުންނާއި
ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ލިބުމަކީ އެމީހުންނަށް ލިބިގެންވާ ޙައްޤެއްކަމުގައި ބަޔާންކޮށްފައިވެއެވެ.
އުމުރުންދުވަސްވީ މީހުންނަށް ދިމާވާ ތަރިކައިގެ މައްސަލަތަކާއި ،ފައިސާ އާއި ދަރަނީގެ މައްސަލަތަކުގައި އިންސާފަށް
ވާސިލްވުމަށް ހުރި ތަފާތު ގޮންޖެހުންތައް ނައްތައިލުމަށް އެފަރާތްތަކަށް ހާއްސަކޮށް އަމާޒުކުރެވިފައިވާ ޤާނޫނީ ނިޒާމެއް
ޤާއުމުކުރެވިފައިނުވާކަން ފާހަގަކުރެވެއެވެ.
.3
3ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ 2023 – 2018ގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ބިލު އެކުލަވައިލުން
ހިމެނިފައިވީނަމަވެސް މިއަދާ ހަމައަށް މިފަދަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިނުވާކަން ފާހަގަކުރެވިފައިވެއެވެ.
.4
4ޤާނޫނު ނަންބަރު
( 8/2009ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު)ގެ 11ވަނަ މާއްދާގެ ދަށުން އުމުރުން 65އަހަރުގެ
ކޮންމެ މީހަކަށް އުމުރުންދުވަސްވީ މީހުންނަށް ދޭ އަސާސީ ޕެންޝަނެއްވަނީ ކަނޑައަޅާފައެވެ .އުމުރުން ދުވަސްވީމީހުންނަށް ލިބޭ
އަސާސީ ޕެންޝަން ލިބުމުން އިސްތިސްނާ ކުރެވޭ މީހުންނަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި މީހުންނާއި ،ކުށެއް ސާބިތުވެ
ޖަލުގައި ހުކުމް ތަންފީޛުކުރަމުންދާ މީހުންނަށެވެ 2.އަދި އެ ޤާނޫނުގެ ދަށުން ލިބޭ ރިޓަޔަރމެންޓް ޕެންޝެއް ނުވަތަ ސަރުކާރު
މުވައްޒަފުންގެ ޕެންޝަން ނުވަތަ އެހެންވެސް ޕެންޝަނެއްގެ ގޮތުގައި ލިބޭ އަދަދަކީ އަސާސީ ޕެންޝަނުގެ ދެ ގުނަ އަށް ވުރެ
ހިއުމަން ރައިޓްސް ރިޕޯޓް 2022
13