60.ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8ވަނަ މާއްދާގެ (ހ)ގައި ،ދައުލަތުގެ އިދާރާތަކުންނާއި ،ޝަރުޢީ
ކޯޓުތަކުންނާއި ،ރައްޔިތުންގެ މަޖިލީހުންނާއި ،އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދޭ ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތަކުން އަދި
ބެލެނިވެރިން ކުޑަކުއްޖަކާގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްކަމެއް ދޭންވާނީ ،އެކުއްޖާގެ މަސްލަޙަތު ހިމާޔަތްކުރުމަށްކަމަށް
ބަޔާންކޮށްފައިވެއެވެ .އާއިލާއާބެހޭ ޤާނޫނުގެ 42ވަނަ މާއްދާގެ (ހ)ގައި ޙަޟާނަތު ހަވާލުކޮށްފައިވާ މީހާއަކީ ،ކުއްޖާގެ
މަންމަކަމަށްވާނަމަ ،އެ މަންމަ ،ކުއްޖާގެ މަޙްރަމަކާ ނޫން ފިރިހެނަކާ ކާވެނިކުރުމަކީ ޙަޟާނަތުގެ ޙައްޤު ގެއްލޭނެ ސަބަބެއްކަމަށް
ބަޔާންކޮށްފައިވެއެވެ 69.އާއިލާއާބެހޭ ޤާނޫނުގެ އިސްވެދެންނެވި މާއްދާގައި މިފަދައިން ބަޔާންކޮށްފައިވާތީ ،ކުއްޖާގެ ލާބައާއި މަންފާއަށް
އެންމެ ރަނގަޅު ގޮތަކީ ކުއްޖާގެ މަންމަ ގާތުގައި ހުރުން ކަމުގައިވާ ޙާލަތްތަކުގައިވެސް ،ކުއްޖާގެ މަންމައަށް ކުއްޖާގެ ޙަޟާނަތު
ގެއްލުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރެވެއެވެ .ކަންމިހެން އޮތުމުގެ ސަބަބުން ،ޙަޟާނަތުގެ މުއްދަތުގައި ކުއްޖާގެ މަންމަ
އާއިލާއެއް ބިނާކުރަން ބޭނުންވާ ޙާލަތުގައިވެސް ،ކުއްޖާގެ ޙަޟާނަތު ގެއްލިދާނެކަމުގެ ބިރުއޮތުމުން ،އާއިލާއެއް ބިނާކުރުމުގެ
ޙައްޤުން އެފަދަ ފަރާތްތައް މަޙުރޫމްވާކަން ފާހަގަކުރެވެއެވެ.
61.ނަސަބު ސާބިތުކުރުން (ޑެކްލެރޭޝަން އޮފް ޕެޓަރނިޓީ)އާ ގުޅޭގޮތުން އެވަރެޖްކޮށް 23މައްސަލަ ޝަރުޢީ ކޯޓުތަކަށް ހުށަހެޅެއެވެ.
ކޯޓުތަކުގައި ‘ޑީއެންއޭ’ ގަރީނާގެ ގޮތުގައި ބަލައިގަނެވުނު ނަމަވެސް ،ސައިންޓިފިކް ހެކި ބޭނުންކުރުމުގައި ޤާނޫނީގޮތުން ޢަމަލުކުރާ
މިންގަނޑުތަކާ ގުޅިގެން ،ކުދިންގެ ނަސަބު ސާބިތުކުރުމަށް ‘ޑީއެންއޭ’ ބަލައިނުގަނެވެއެވެ.
70
62.ކައިވެނިކުރުމާއި ޢާއިލާ ބިނާކުރުމުގެ ޙައްޤާއި ގުޅުންހުރި 7މައްސަލަ މި ކޮމިޝަނަށް ހުށައަޅާފައިވެއެވެ .ޢާއިލާ ބިނާކުރުމާއި
ކައިވެނި ކުރުމުގެ ޙައްޤަށް ބަލާއިރު ،ދެފަރާތުގެ ޢާއިލާގެ ސަބަބުން ނުވަތަ ވަލީވެރިޔާގެ ސަބަބުން ނުވަތަ ޝަރުޢީ މަރުޙަލާގައި
ޢާއިލާ ބިނާކުރުމަށް ހުރި ދަތިތަކުގެ ސަބަބުން ކޮމިޝަނަށް މައްސަލަ ހުށައެޅެއެވެ .ހަމައެހެންމެ ،މަންމައާ ބައްޕަ ވަރިވުމުގެ
ސަބަބުން ކުއްޖާގެ ޙަޟާނަތާއި ކުއްޖާގެ ބަދަލުވެރިކަން ހޯދުމާމެދު ދެފަރާތުގެ އާއިލާގެ މެދުގައި އުފެދޭ ހިތްހަމަނުޖެހުމުގެ
ސަބަބުން އާއިލާ ބިނާކުރުމުގެ ޙައްޤުތަކަށް އަސަރުކުރަމުންދާކަން ފާހަގަކުރެވިފައިވެއެވެ.
63.ޝަރީއަތް ނިމެންދެން ވާނުވާ ބަންދުގައި ހުރި ފަރާތެއް ބަންދުގައި ހުރިކަމުގައި ވީނަމަވެސް ކައިވެނި ކުރަން އެދޭކަމަށް ބުނާ
މައްސަލައަކީ ގުޅިގެން ކޮމިޝަނުގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވަނީ 2015ވަނައަހަރުން ފެށިގެން ޖަލުގައި ތިބޭ ފަރާތްތައް
ކައިވެނި ކުރުމާއި ގުޅޭ ޤަވާޢިދު އެކުލަވާލުމުގެ މަސައްކަތްކުރަމުން ގެންދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން
މަޢުލޫމާތު ޙިއްސާކޮށްފައިވާކަމެވެ.
އެހެންނަމަވެސް 2015 ،އިން ފެށިގެން މިހާތަނަށް ޤަވާޢިދު އެކުލަވާލެވިފައިނުވާކަން
ފާހަގަކުރެވެއެވެ.
30
މލްޑިވްސް | ރިޕޯރޓް 2020
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ