44.އަންހެނުންނަށް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކުގައި ދަޢުވާކުރެވޭ އަދަދު މަދުކަން ފާހަގަކުރެވުނެވެ 2015 .އިން
2020އާއި ދެމެދު އަންހެނުންނަށް އަނިޔާކޮށްގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބެލި މައްސަލަތަކުގެ ތެރެއިން ދަޢުވާކުރަން
ފޮނުވާފައިވަނީ ހަމައެކަނި 14%މައްސަލަކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކޮމިޝަނާއި ހިއްސާކޮށްފައިވާ މަޢުލޫމާތުން
ފާހަގަކުރެވުނެވެ 2016 .އާއި 2019އާއި ދެމެދު އަންހެނުންނަށް އަނިޔާ ކޮށްފައިވާ 60މައްސަލައެއްގެ ދަޢުވާކޮށްފައި ވާއިރު،
ކުށް ސާބިތުވެފައިވަނީ 10މައްސަލައެއްގައި ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ލިބިފައިވެއެވެ .މިފަދަ
މައްސަލަތަކުގައި ދަޢުވާކުރުމުގައި ދިމާވާ ދަތިތަކުގެ ތެރޭގައި ،ޢާއިލާއިން ނުވަތަ ތުހުމަތުކުރެވޭ ފަރާތުން އަނިޔާ ލިބުނު ފަރާތަށް
ނުފޫޒު ފޯރުވައިގެން މައްސަލަ އަނބުރާ ގެންދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ .ނަމަވެސް ،ވިޓްނެސް ޕްރޮޓެކްޝަން ބިލާއި
ހެއްކާބެހޭ ބިލު ފަދަ ޤާނޫނުތައް ވުޖޫދަށް އައުމުން މިފަދަ މައްސަލަތަކުގައި ދަޢުވާކުރާއިރު އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު
ހޯދުމަށް ފަސޭހަވެގެން ދާނެކަން ފާހަގަކުރެވެއެވެ.
45.ކޯވިޑް 19-އާއި ގުޅިގެން އައި ފުރަބަންދުގެ މުއްދަތަށް ފަހު ވަކި ޖިންސަކަށް ވީތީ އަނިޔާކޮށްގެން ނުވަތަ ގެވެށި އަނިޔާކޮށްގެން
ހުށަހެޅުނު މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.
52
46.އަންހެނަކު ގެއިން ބޭރަށް ނުދެވޭގޮތަށް ގޭގައި ބަންދުކޮށްފައިވާކަމަށްބުނެ ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ހިންގުނު ތަޙްޤީޤުގައި
ކޮމިޝަނަށް ފާހަގަކުރެވިފައިވާ ގޮތުގައި ،އަންހެން މީހާއަށް ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާއިރު އެފަދަ އެހީތެރިކަމެއް
ލިބިފައި ނުވާކަމާއި ،އަންހެން މީހާ އަކީ މުޖުތަމަޢުން އެކަހެރިވެ މުޖުތަމަޢުގެ ޢާއްމުންނާއެކު އުޅޭ މީހެއް ނޫންކަން އޭނާގެ
ވާހަކަތަކާއި އަދި ޢަމަލުން ފާހަގަކުރެވިފައިވާތީ ،އޭނާ މުޖުތަމަޢަށް ނެރެ ރީއިންޓަގްރޭޓްކޮށް ،އޭނާ ބާރުވެރިކުރުވަން މަސައްކަތް
ކުރަންޖެހޭކަމާއި ،މިފަދަ ކޭސްތަކުގައި މަސައްކަތްކުރާނޭ ވަކި ޕްރޮސީޖަރއެއް ކަނޑައެޅިފައި ނެތްކަމާއި ،ވިކްޓިމައިޒް ވެފައިވާ
ފަރާތްތައް ގްރޫމް ކުރެވިފައިވަނީ ކިހާ މިންވަރަކަށްކަން އެނެލައިޒް ކުރެވޭނެ އުސޫލެއްޤާއިމު ކުރެވިފައިނުވާކަމާއި ،އަތޮޅު ތެރޭގައި
އެފަދަ ޓްރެއިނިންގއެއް ލިބިފައި ހުރި މުވައްޒަފުން ނެތްކަންވަނީ ފާހަގަކުރެވިފައެވެ.
53
47.އަންހެނުންނަށް ކުރާ އަނިޔާއާ ގުޅިގެން ކޮމިޝަނަށް 9މައްސަލަ ހުށައަޅާފައިވެއެވެ .އޭގެ ތެރޭގައި ނަފްސާނީ އަނިޔާ
ލިބިފައިވާކަމަށްބުނެ ހުށައަޅާފައިވާ މައްސަލައާއި ޖިސްމާނީ އަނިޔާ ލިބިގެން ހުށައަޅާފައިވާ މައްސަލައާއި ޖިންސީ ފުރައްސާރަ
ލިބިގެން ހުށައަޅާފައިވާ މައްސަލައާއި ގެވެށި އަނިޔާގެ މައްސަލައާއި ޖިންސީ ގޯނާގެ މައްސަލަ ހިމެނެއެވެ .ޤާނޫނުއަސާސީއާއި
ކަމާގުޅުންހުރި އެހެން ޤާނޫނު ތައްކަމުގައިވާ ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ޤާނޫނާއި ޖިންސީ ކުށުގެ
ޤާނޫނާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް ރިޢާޔަތްކޮށް ކޮމިޝަނަށް ހުށައެޅޭ މިބާވަތުގެ މައްސަލަތަކަށް ރިޢާޔަތްކުރާއިރު
ވަޒީފާގެ މާޙައުލުންނާއި ޢާއިލާގެ ތެރެއިންނާއި މުޖުތަމަޢުގެ ތެރެއިން އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށްޓަކައި
ޤާނޫނީ ބާރުވެރިކަން ލިބިފައިވާކަން ފާހަގަކުރެވެއެވެ .އެހެންނަމަވެސް މި ޤާނޫނުތަކަށް އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުން
ހޭލުންތެރިވެފައި ނުވުމުގެ ސަބަބުން މިފަދަ މައްސަލަތައް މަދުކުރުމަށް ކަމާގުޅުންހުރި އިދާރަތަކަށް ގޮންޖެހުންތަކާ ދިމާވެއެވެ.
ހަމައެހެންމެ ،ހުށައެޅޭ މައްސަލަތައް ބަލައި ތަޙްޤީޤުކުރުމަށް ބޭނުންވާ ހެކި ހޯދުމަށް މިފަދަ މައްސަލަތަކުގައި އުނދަގޫކަންވެސް
ފާހަގަކުރެވިފައިވެއެވެ.
26
މލްޑިވްސް | ރިޕޯރޓް 2020
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ