3.2މިން ީތގެ ހަމަހަމަކަމާއި ސް ީޓރިއޯޓައިޕްސް
ޤާނޫނު ނަންބަރު ( 18/2016ޖެންޑަރ އިކުއަލިޓީގެ
ޤާނޫނު)ގެ މަޤްޞަދަކީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުން
ލިބިދޭ އަސާސީ ޙައްޤުތަކާއި މިނިވަންކަން ،ވަކި ޖިންސަކަށް
ނުވަތަ ޖެންޑަރއަށް ބަލައި ތަފާތުކުރުމެއްނެތި ،ހަމަ ކޮންމެ
މީހަކަށްވެސް ފުރިހަމައަށް ލިބިގެންވާކަން ކަށަވަރުކޮށްދިނުމެވެ.
އަންހެނުންނާއި ފިރިހެނުންގެ ދައުރާމެދު ޢާއްމުކޮށް ހުރި
ގަބޫލުކުރުންތަކާއި ،ވަކި ޖިންސެއްގެ މީހުންނަކީ މޮޅު ބައެއްކަން،
ނުވަތަ ވަކި ޖިންސެއްގެ މީހުންނަކީ ނިކަމެތި ބައެއްކަމަށް ދެކި
ހިންގާ އަމަލުތަކާއި ،ވަކި ކޮޅަކަށް ބުރަވުމާއި ،އާދަތަކުގައި
ހުރި އެފަދަ ކަންކަން ނައްތާލުމުގެ މަޤްސަދުގައި ،އިޖްތިމާޢީ
އަދި ސަގާފީ ގޮތުން ކަންކަން ކުރެވޭ ގޮތްތައް ބަދަލުކުރުމަށް
ސީޑޯ ގެ 5ވަނަ މާއްދާއިން ދައުލަތަށް ލާޒިމްކުރެއެވެ.
26.ކޮމިޝަނުން ޝާއިޢުކޮށްފައިވާ “ރިފްލެކްޓިންގ 15އިޔަރސް -ދަ ރައިޓްސް ސައިޑް އޮފް ލައިފް” ސަރވޭގެ ހޯދުންތައް ދައްކާ
ގޮތުން ،އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ހަމަހަމަކަން މުޖުތަމަޢު ބަލައިގަންނަ މިންވަރު ދަށްވަމުންދާކަން ފާހަގަކުރެވިފައިވެއެވެ.
30
27.މި ދިރާސާގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ގިނަ އަންހެނުން ގަބޫލުކުރާ ގޮތުގައި ފިރިންނަށް ބޯލަނބަންވާނެކަމާއި 31،މިންތީގެ
ހަމަހަމަކަމަކީ އިސްލާމްދީނާ ފުށުއެރުން ހުރި ކަމެއްގެ ގޮތުގައި ގަބޫލުކުރެއެވެ.
32
28.ހަނގުރާމަވެރި ޖަމާޢަތްތަކާ ގުޅިފައިވާ ދިވެހިންގެ ތެރޭގައި 35އަންހެނުން ހިމޭނޭކަން
ހޯމް އެފެއާޒުން 2020ވަނަ އަހަރު ހިއްސާކޮށްފައިވާ މަޢުލޫމާތުން
ކޮމިޝަނަށް މިނިސްޓްރީ އޮފް
ފާހަގަކުރެވިފައިވެއެވެ 33.ނަމަވެސް ކޮމިޝަނަށް ކަމާއި
ގުޅުންހުރި އެހެން މުއައްސަސާތަކުން ހިއްސާކޮށްފައިވާ ސިއްރު މައުލޫމާތާއި މި މަޢުލޫމާތާއި ފުށުންއެރުން ހުރިކަމާއި މި
އަދަދު މިއަށްވުރެ ގިނަކަން ފާހަގަކުރެވިފައިވެއެވެ .ހަނގުރާމަވެރި ޖަމްޢިއްޔާތައް ހަރަކާތްތެރިވާ ޤައުމުތަކަށް ދަތުރުކޮށްފައިވާ
އަންހެނުން އެތަންތަނަށް ގޮސްފައިވަނީ އަމިއްލައަށް ބޭނުންވެގެންކަމަށާއި ނަމަވެސް ކަމާގުޅުން ހުރި މުއައްސަސާތަކަށް މައުލޫމާތު
ހިއްސާކުރާއިރު ،ހަނގުރާމަވެރި ޤައުމުތަކަށް ގޮސްފައިވަނީ މަޖްބޫރީ ހާލަތުގައިކަމަށް ބުނާކަމަށާއި މިގޮތަށް ބުނަނީ ދަޢުވާ
އުފުލުމުން ސަލާމަތްވުމަށް ކަމަށް ކަމާ ގުޅުންހުރި މުއައްސަސާތަކުންދެކޭކަން ފާހަގަކުރެވިފައިވެއެވެ 34.ހަނގުރާމަވެރި ގައުމުތަކަށް
އަންހެނުން ދާ މަޤްސަދު ދެނެގަތުމަށް ދައުލަތުން އެކަށީގެންވާ މަސައްކަތްކުރެވިފައި ނެތްކަމާއި ،އަންހެނުން ހަނގުރާމަވެރި
ގައުމުތަކަށް ދަނީ މަޖުބޫރީ ހާލަތެއް ނެތި އަމިއްލައަށް ބޭނުންވެގެންކަމުގައި ނިންމަންވާނީ އެކަށީގެންވާ ހެކީގެ މައްޗަށް
ބިނާކޮށްކަން ކޮމިޝަނުން ފާހަގަކުރަމެވެ.
29.ގައުމީ މަންހަޖު އެކުލަވާލުމުގައި މިންތީގެ ހަމަހަމަކަމަށް ރިޢާޔަތްކޮށްފައިވީނަމަވެސް ،ޓީޗަރުންގެ މެދުގައި ޖެންޑަރ
ސްޓީރިއޯޓައިޕްސްއާއި މިންތީގެ ހަމަހަމަކަމަށް ހޭލުންތެރިވެފައިވާ މިންވަރު ކުޑަވުމުގެ ސަބަބުން ،ކުދިންނަށް ކިޔަވައި ދިނުމުގައި
އެންމެ އެކަށީގެންވާގޮތަށް މިބައިތައް ބުނެނުދެވޭކަން ކޮމިޝަންގެ އެޑްވޮކަސީ މަސައްކަތުން ފާހަގަކުރެވެއެވެ.
30.ބައެއް މީޑިއާގައި ރިޕޯޓުކުރުމުގައި މިންތީގެ ހަމަހަމަކަމާއި އަންހެނުންގެ ޙައްޤުތަކަށް އެންމެ ފުރިހަމައަށް ހޭލުންތެރިވެފައި
ނުވާކަމާއި ރިޕޯޓުކުރުމުގައި އަނިޔާގެ ޝިކާރައަށް ވާ އަންހެނުން އިތުރަށް އަނިޔާއަށް ހުށަހެޅޭކަން ކޮމިޝަނުންގެ މީޑިއާ
މޮނިޓަރިންގ މަސައްކަތުން ފާހަގަކުރެވެއެވެ .މީޑިއާގައި އަންހެނުންގެ ޙައްޤުތަކާގުޅޭ މަޢުލޫމާތު ގެނެސްދިނުމާ ގުޅޭގޮތުން މީޑިއާގެ
ފަރާތްތައް ހޭލުންތެރިކުރުމަށް އެދެވޭ މަސައްކަތްތަކެއް ކުރެވިފައި ނުވާކަމާއި ،ކުރެވިފައިވާ މަސައްކަތްތަކުންވެސް އެކަށީގެންވާ
ނަތީޖާ ޙާޞިލުކުރެވިފައިނުވާކަން ފާހަގަކުރެވިފައިވެއެވެ.
35
31.އިންސާނީ ޙައްޤުތަކާއި މިންތީގެ ހަމަހަމަކަމަށް ވަކާލާތުކުރާ ފަރާތްތަކަށް އިންޒާރުލިބޭކަމާއި އެފަރާތްތައް ސްޓިގްމަޓައިޒްވާކަމަށް
އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ކޮމިޝަނާ ހިއްސާކޮށްފައިވާ މަޢުލޫމާތުން ފާހަގަކުރެވިފައިވެއެވެ.
36
32.ދިވެހިރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 6%މީހުންނަކީ އަންހެނުންނެވެ 37.ޢާއްމުގޮތެއްގައިވެސް އަންހެނުންނަކީ
މުޖްތަމަޢުގައި ޚާއްޞަރައްކާތެރި ކަމަށް ބޭނުންވާ ބަޔަކަށްވީ ހިނދު ،ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނާއި އަންހެން ކުދިން
އަދި ބިދޭސީ އަންހެނުންގެ ހާލަތު އިތުރަށް ނިކަމެތިވެގެންދާކަން ފާހަގަކުރަމެވެ.
މލްޑިވްސް | ރިޕޯރޓް 2020
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ
23