‫ހުށަހަޅާފައިވެއެވެ‪ 25.‬ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވެސް ވަނީ އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ ޚިލާފުކަމެއް‬ ‫ނޫންކަމަށް ކަނޑައަޅައި ހައިކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ‪.‬‬ ‫‪26‬‬ ‫ ‪21.‬ޢާއްމު އަދި ސިޔާސީ މަޤާމްތަކުގައި އަންހެނުންގެ ބައިވެރިވުމަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި މާލީ ތަނަވަސްކަން ނެތުމާއި‪،‬‬ ‫ޢާއިލާއާއި މުޖްތަމަޢުގެ އެއްބާރުލުން ނުލިބުމާއި‪ ،‬ކެމްޕެއިނުގެ ތެރޭގައި އަންހެން ކެންޑިޑޭޓުންނަށް ފުރައްސާރަކުރުމާއި‪ ،‬މީޑިއާގައި‬ ‫ޢާއްމު އަދި ސިޔާސީ މަޤާމުތަކުގައި އުޅޭ އަންހެނުން ނޭދެވޭ ގޮތުގައި ތަމްސީލްކުރުމާއި‪ ،‬އަންހެނުންގެ ގާބިލްކަމާމެދު ސުވާލު‬ ‫އުފެއްދުން އަދި އަންހެނުންނާއި ފިރިހެނުންގެ ގާބިލްކަން މިނެކިރުމުގައި ތަފާތުކުރުން ގެންގުޅުން ހިމެނޭކަން ފާހަގަކުރެވެއެވެ‪.‬‬ ‫މީގެ އިތުރުން‪ ،‬ގޭތެރޭގެ ދިރިއުޅުމުގައި ކުރަންޖެހޭ ކަންކަމަކީ އަންހެނުންގެ ޒިންމާކަމުގައި ދުށުމަށް މާބޮޑު ބަދަލެއް އައިސްފައި‬ ‫ނެތްކަމާއި ދަރިން އަދި އުމުރުން ދުވަސްވީ މައިންބަފައިން ބެލުމުގެ ޒިންމާ ގިނަފަހަރަށް އުފުލަންޖެހެނީ އަންހެނުން ކަމަށްވީއިރު‪،‬‬ ‫މިފަދަ ޒިންމާތަކަށް ލުއި ލިބޭނޭ އިންތިޒާމް ދައުލަތުން ހަމަޖައްސައިދިނުމަށް މިހާތަނަށް ފިޔަވަޅުތަކެއް އަޅާފައި ނެތްކަން‬ ‫ފާހަގަކުރެވެއެވެ‪ .‬އެގޮތުން‪ ،‬ވަޒީފާއަދާކުރާ ވަގުތު ކުދިން ބޭތިއްބޭނެ ޑޭކެއަރ ސެންޓަރފަދަ ފެސިލިޓީތަކާއި އުމުރުން ދުވަސްވީ‬ ‫ފަރާތްތައް ބޭތިއްބޭނެފަދަ އެލްޑަރލީ ހޯމް ހަމަޖެހިފައި ނެތްކަން ފާހަގަކުރެވެއެވެ‪ .‬މީއީ އަންހެނުން ސިޔާސީ މައިދާނަށާއި ވަޒީފާގެ‬ ‫މައިދާނަށް ނިކުތުމަށް ހުރި ގޮންޖެހުމެއްކަން ފާހަގަކުރެވެއެވެ‪.‬‬ ‫ ‪22.‬ކެބިނެޓްގެ މަޤާމުތަކުގައި އަންހެނުންގެ އިންސައްތަ އިތުރުވެފައި ވީނަމަވެސް‪ ،‬އެހެނިހެން ސިޔާސީ މަޤާމުތަކުގައި އަންހެނުން‬ ‫ތަމްސީލު ކުރަނީ ‪ 25%‬ކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪27‬‬ ‫ ‪23.‬ސިޔާސީ އަދި އިޖްތިމާޢީ މައިދާނުގައި އަންހެނުން ބައިވެރިވެ އުޅުމަށް ޤާނޫނީގޮތުން ހުރަސްތަކެއް ނެތްނަމަވެސް‪ ،‬މުޖްތަމަޢުގައި‬ ‫އަންހެނުންގެ ފުރިހަމަ ބައިވެރިވުމަށް ގިނަ ގޮންޖެހުން ހުރިކަން ފާހަގަކުރެވެއެވެ‪ .‬އަދި މީގެ ސަބަބުން ޖެންޑަރ އިކުއާލިޓީ‬ ‫ޤާނޫނުގައިވާ ކަންކަން އެދެވޭ ގޮތުގައި ތަންފީޒުކުރެވިފައި ނުވާކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪28‬‬ ‫ ‪24.‬ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން ޢައްޔަން ކުރެވިގެންދިއުމަކީ ގޮތްނިންމާ ފެންވަރުގައި އަންހެނުންގެ‬ ‫ބައިވެރިވުން އިތުރުކުރުމަށާއި‪ ،‬ޝަރުޢީ ދާއިރާގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަށް ލިބިގެންދިޔަ މުހިއްމު ކުރިއެރުމެއް‬ ‫ކަމުގައި ފާހަގަކުރަމެވެ‪.‬‬ ‫ ‪25.‬ރައްޔިތުންގެ މަޖިލީހުގެ ނިސްބަތަށް ބަލާއިރު‪ ،‬އަންހެން މެންބަރުން ތަމްސީލް ކުރާ މިންވަރު މަދެވެ‪ .‬އެގޮތުން‪ ،‬މަޖިލީހުގައި‬ ‫އަންހެނުންގެ ނިސްބަތަކީ ‪ 4.5%‬އެވެ‪ .‬އެއީ ‪ 87‬މެންބަރުންގެ ތެރެއިން ‪ 4‬މެންބަރުންނެވެ‪ 29.‬ރައްޔިތުންގެ މަޖިލީހުގައި‬ ‫އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އެކަށީގެންވާ ޙައްލެއް ހޯދުމަށް ޤާނޫނު ނަންބަރު ‪( 4/2013‬ސިޔާސީ ޕާޓީތަކުގެ‬ ‫ޤާނޫނު) އަށް އިޞްލާޙު ގެންނަންޖެހޭކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪22‬‬ ‫މލްޑިވްސް | ރިޕޯރޓް ‪2020‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ‬

Select target paragraph3