‫‪ .3‬އިންސާ ީނ ޙައްޤުތަކުގެ ހާލަތު‬ ‫‪ .1‬ޢުމުރުން ދުވަސްވީ ީމހުންގެ ޙައްޤު‬ ‫ޤާނޫނު އަސާސީގެ ‪ 35‬ވަނަ މާއްދާގައި ބަޔާންކޮށްފައިވާ‬ ‫ގޮތުގެމަތިން‪ ،‬ޢާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ ފަރާތުންނާއި‬ ‫ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން‬ ‫ލިބުމަކީ ޢުމުރުން ދުވަސްވީ މީހުންނާއި ޚާއްޞައެހީއަށް‬ ‫‪1‬‬ ‫ބޭނުންވާ މީހުންނަށް ލިބިގެންވާ ޙައްޤެކެވެ‪.‬‬ ‫ގ މުޢާހަދާތަކުގެ‬ ‫މ އިންސާނީ ޙައްޤުތަކު ެ‬ ‫ބައިނަލްއަޤްވާ ީ‬ ‫ނގެ ޙައްޤުތަކަށް‬ ‫ރން ދުވަސްވީ މީހު ް‬ ‫ތެރޭގައި ޢުމު ު‬ ‫ދ ނެތްނަމަވެސް‪،‬‬ ‫އވާ މުޢާހަދާއެއް އަ ި‬ ‫ޙާއްޞަކުރެވިފަ ި‬ ‫އ‪.‬ދގެ ޖެނެރަލް އެސެމްބްލީއިން ‪ 1991‬ވަނަ އަހަރު‬ ‫ފާސްކޮށްފައިވާ ‘ޔުނައިޓެޑް ނޭޝަންސް ޕްރިންސިޕަލްސް ފޯ‬ ‫އޯލްޑަރ ޕަރސަންސް’ ގައި ޢުމުރުން ދުވަސްވީ މީހުންގެ‬ ‫ޙައްޤުތައް ރައްކާތެރިކުރުމަށް‪ ،‬އެމީހުންގެ މިނިވަންކަމާއި‪،‬‬ ‫ބައިވެރިވުމާއި‪ ،‬އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާއި‪،‬‬ ‫ނަފްސު ތަރައްޤީކުރުމާއި‪ ،‬ގަދަރުވެރިކަމާ ކަރާމާތްތެރިކަމާއެކު‬ ‫ދިރިއުޅުމަށް ބޭނުންވާ ކަންކަން ކަށަވަރުކޮށްދިނުމުގެ‬ ‫‪2‬‬ ‫މުހިންމުކަން ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪1.‬އާބާދީއަށް އަންނަމުންދާ ބަދަލުތަކާއެކު ދުނިޔޭގެ ގިނަ ޤައުމުތަކުގައި ދޮށީ ޢުމުރުގެ މީހުންގެ އާބާދީ އިތުރުވަމުން ދިއުމާއެކު‪،‬‬ ‫އެ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި މިހާރު އެކުލަވާލެވިފައިވާ އުސޫލުތަކާއި މިންގަނޑުތައް ތަންފީޒުކުރުން‬ ‫ހަރުދަނާކުރުން ނުވަތަ މި ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާއެއް ވުޖޫދުކުރުމުގެ މުހިއްމުކަން‬ ‫ކަމާގުޅުންހުރި ފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ‪.‬‬ ‫‪3‬‬ ‫‪2.‬މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ‪ 2018‬ވަނަ އަހަރު ދޮށީ ޢުމުރުގެ މީހުންނާބެހޭ ޤައުމީ‬ ‫ސިޔާސަތެއް ވަނީ އެކުލަވާލާފައެވެ‪ .‬މި ސިޔާސަތުގެ މަޤްސަދަކީ ދޮށީ ޢުމުރުގެ މީހުންނަށް އިޖުތިމާޢީ ގޮތުންނާއި‪ ،‬އިޤްތިޞާދީގޮތުން‬ ‫ދިމާވާ ގޮންޖެހުންތައް ދެނެގަތުމާއި‪ ،‬ރައްކާތެރިކަން ހޯދައި ދިނުމާއި‪ ،‬މުޖުތަމަޢުގައި ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތައް ހޯދައި‬ ‫ދިނުމާއި‪ ،‬ޢާއިލާގެ ތެރޭގައާއި‪ ،‬މުޖުތަމަޢުގައި ޒިންމާދާރު މެންބަރުންގެ ގޮތުގައި ފާގަތި‪ ،‬އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތްތަކަށް‬ ‫މަގު ތަނަވަސް ކޮށްދިނުމެވެ‪.‬‬ ‫‪4‬‬ ‫‪3.‬ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން‪ 2050 ،‬ވަނަ އަހަރާ ހަމައަށް ‪60‬‬ ‫އަހަރުން މަތީގެ އާބާދީ ދެ ބިލިއަނާ ގާތްކުރާނެކަމަށް ލަފާކުރެވެއެވެ‪ .‬އަދި ދިވެހިރާއްޖޭގެ ‪ 2014‬ވަނަ އަހަރުގެ ބޯހިމެނުމުގެ‬ ‫ތަފާސްހިސާބުތައް ދައްކާގޮތުން‪ 2045 ،‬ވަނަ އަހަރު‪ ،‬ޢުމުރުން ‪ 45‬އަހަރުން މަތީގެ އާބާދީ އެއަށްވުރެ ދަށުގެ ޢުމުރުފުރާގެ އާބާދީއާ‬ ‫އަޅާބަލާއިރު އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ‪ 5.‬މި ސަބަބަށްޓަކައި‪ ،‬ދޮށީ ޢުމުރުގެ އާބާދީއަށް ކުރިމަތިވާ ގޮންޖެހުންތަކަށް‬ ‫ރިޢާޔަތްކުރ��ވި‪ ،‬އެ ކަންކަމަށް ޙައްލު ހޯދުމަށްޓަކައި ދުރާލައި މަސައްކަތްކުރުމަކީ މުހިއްމުކަމެވެ‪.‬‬ ‫‪4.‬ކޮމިޝަނުން ބަލަމުން ދިޔަ މައްސަލައެއްގައި ޢުމުރުން ދުވަސްވީ މީހަކު ބޯހިޔާވަހިކަމާއި‪ ،‬ޞިއްޙަތަށް ރަނގަޅު ފައިދާހުރި‬ ‫ކާނާއާއި އަންނައުނު އަދި ބަލިވުމުން އަޅާލުންފަދަ އަސާސީ ޙައްޤުތަކުން މަޙުރޫމްވެފައިވާ ފަރާތެއްކަން އެނގެން އޮތުމުން‪ ،‬މި‬ ‫މައްސަލައަށް ދާއިމީ ޙައްލެއް ލިބެންދެން އޭނާއަށް ބޭނުންވާ ބޯހިޔާވަހިކަމާއި‪ ،‬ޞިއްޙަތަށް ފައިދާހުރި ރަނގަޅު ކާނާއާއި‪ ،‬ސާފު‬ ‫ފޭރާން އަދި ބޭސްފަރުވާއާއި މިނޫންވެސް ދިރިއުޅުމުގެ ޟަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އެހީތެރިކަން ލިބޭނެ އިންތިޒާމު‬ ‫ހަމަޖެއްސުމަށް އަންގައި ‪ 5‬ނޮވެންބަރު ‪ 2020‬ގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ މައްޗަށް ކޮމިޝަނުން ވަނީ އަމުރެއް‬ ‫ނެރެފައެވެ‪ .‬މި އެންގުން ތަންފީޒުކޮށްފައި ނުވާތީ ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއާއި މިނިސްޓްރީ އޮފް ޖެންޑަރ‪،‬‬ ‫ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މައްޗަށް މި އެންގުން ތަންފީޒުކުރުމަށް އެދި އިތުރު އަމުރެއް ‪ 7‬ޑިސެންބަރު ‪2020‬‬ ‫މލްޑިވްސް | ރިޕޯރޓް ‪2020‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ‬ ‫‪15‬‬

Select target paragraph3