233.ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ،ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ދިވެހިރާއްޖެއިން
ބައިވެރިވެފައިވާ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތަކުގައި ބަޔާންކޮށްފައިވާ ޙައްޤުތައް އަނިޔާލިބޭ ފަރާތަށާއި ދަޢުވާކުރާ ފަރާތަށާއި
ދިފާޢީ ވަކީލުންނަށާއި ،ޝަރީޢަތްތައް އަނޑުއެހުމަށް ހާޒިރުވާ މީޑިއާގެ ފަރާތްތަކާއި ،ޢާންމުންނަށް ޝަރުޢީ މަރުހަލާގައި ލިބިދޭކަން
ކަށަވަރުކުރުމުގެ ގޮތުން ،ޝަރީޢަތްތައް ކުރިއަށްދާ ގޮތް އޮބްޒަރވްކޮށް އިންސާނީ ޙައްޤުތަކުގެ ނަޒަރުން އިޞްލާޙުކުރަން ފެންނަ
ކަންކަން ކޯޓުތަކަށާއި ،ޖުޑީޝަލް ސަރވިސް ކޮމިޝަނަށާއި ،އެޓަރނީ ޖެނެރަލްގެ އޮފީހަށާއި ،ޑިޕާޓްމަންޓް އޮފް ޖުޑިޝަލް
އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުމުގެ ގޮތުން ،ކޯޓު މޮނިޓަރިންގ ޙަރަކާތް ކޮމިޝަނުން ކުރިއަށްގެންދާނެ ގޮތުގެ ކޮންސެޕްޓެއް
އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމުގައި ފާހަގަކުރަމެވެ.
347
234.ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓްގެ ކަންޓްރީ ރިޕޯޓް އޮން ހިއުމަން ރައިޓްސް ޕްރެކްޓިސަސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި،
މަދަނީ ޖަމްޢިއްޔާތަކުގެ ފަރާތުން މަޢުލޫމާތު ދީފައިވާގޮތުގައި ،ޝަރުޢީ ދާއިރާގައި ހުރި މައްސަލަތައް ބެލުމުގައި ޖުޑީޝަލް
ސަރވިސް ކޮމިޝަނުން އެދެވޭ ކުރިއެރުންތައް ހޯދާފައިވީނަމަވެސް ،ބައެއްފަހަރު މައްސަލަތައް ބެލުމުގައި ދިގު މުއްދަތެއް
ހޭދަވާކަމާއި ،އެ މައްސަލަތައް ބަލަމުންދާ މުއްދަތުގައި ގާޒީން ބެންޗުގައި ދެމިހުރުމުގެ ފުރުސަތު ދީފައިވާވުމަކީ ވަކިގޮތަކަށް
ޝަރީއަތް ކުރިއަށްގެންދިއުމަށް ނުފޫޒު ފޯރުވިދާނެކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.
348
235.ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި 349،ޢާންމު ރައްޔިތުންނާއި 350،ސަރުކާރުގެ އޮފިޝަލުންނާއި ،މެޖިސްޓްރޭޓުންނާއި،
ސ 352ޝަރުޢީ ނިޒާމުގެ ނަޒާހަތްތެރިކަމާއި ،މިނިވަންކަމާއި،
ޤާނޫނީ ވަކީލުންނާއި 351،ސިޔާސީ މީހުންނާއި ،ރައީސުލްޖުމްހޫރިއްޔާވެ ް
ޒިންމާދާރުކުރުވުމާއި ،ރައްޔިތުންނަށް ފުރިހަމަގޮތުގައި މި ނިޒާމަށް ވާސިލުވުމާގުޅޭ ކަންބޮޑުވުންތައް ފާޅުކޮށްފައިވާކަން
ފާހަގަކުރެވިފައިވެއެވެ.
353
236.ޝަރީޢަތުގައި ހިންގާ މައްސަލަތައް ގިނަފަހަރަށް ދިގުލައިގެންދާކަމާއި،
354
ކްރިމިނަލް ކޯޓުގައި 2019ވަނަ އަހަރުގައި
1،910މައްސަލައެއް ބެކްލޮގްވެފައި ހުރިއިރު ،މީގެތެރޭގައި 10އަހަރަށްވުރެ ގިނަދުވަސްވެފައިވާ މައްސަލަތައްވެސް ހުރިކަން
ފާހަގަކުރެވިފައިވެއެވެ.
355
237.ޔޫއެންޑީޕީ މޯލްޑިވްސް އިން ތައްޔާރުކޮށްފައިވާ ‘ރީސަރޗް އޮން ވިމެންސް އެކްސެސް ޓު ޖަސްޓިސް’ އިން ދައްކާގޮތުގައި
އަންހެނުންނަށް ޢަދުލު އިންޞާފު ލިބުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ފޯރަނީ ހަމައެކަނި އެ
އިންޞާފު ހޯދާ އަންހެނުންނަށް އެކަނި ނޫންކަމާއި ،މި ކަމުގެ އަސަރު ދަރިންގެ ލާބައާއި މަންފާއަށްވެސް ކުރެއެވެ .އިންސާފު
ލިބޭނޭ މަގު ފަހިވެފައި ނެތުމާއި ،އިޤްތިޞާދީ މިނިވަންކަން ލިބިފައި ނެތުމާއެކު ގިނަ ފަހަރަށް އަންހެނުންނަށް އަނިޔާވެރިވާ
ފިރިންގެ ގާތުން ވަރިވާން ޖެހިލުންވެ ،އެ ނިކަމެތިކަމުގައި ދިރިއުޅެމުން ގެންދިއުމަށް މަޖުބޫރު ކުރުވާކަން ވަނީ ފާހަގަކޮށްފައެވެ
356
238.ޝަރުޢީ ކޯޓުތަކުގައި ޝަރީއަތްތައް ކުރިއަށްދާގޮތް އޮބްޒަރވްކޮށް އިޞްލާޙު ހުށަހަޅާފައިވާނެކަމާއި ،ކޮމިޝަނުން ހުށަހަޅާފައިވާ
އިޞްލާޙުތައް ތަންފީޛުކުރެވޭ މިންވަރު ދެނެގަތުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ.
239.ޢަދުލުވެރިކަމާއެކު ޝަރީޢަތް ނުކުރާކަމަށްބުނެ 7މައްސަލައެއް ކޮމިޝަނަށް ހުށައަޅާފައިވެއެވެ .ހުށައެޅިފައިވާ މައްސަލަތަކުގެ
އަޞްލަކީ ޝަރީޢަތް ލަސްވުންކަމަށް ވީހިނދު ،މި މައްސަލައަކީ ދާއިމީ ޙައްލެއް ލިބިގެން މެނުވީ ޙައްލުނުކުރެވޭނެ މައްސަލައެއްކަން
ކޮމިޝަނުގެ ތަޙްޤީޤުތަކަށްވަނީ ފާހަގަކުރެވިފައެވެ .އަދިހަމަ އެހެންމެ ،މިފަދަ މައްސަލައެއްގައި ޝަރީޢަތް ނިމުމަށްފަހު ޙުކުމް
ނުކޮށް ލަސްވުމުގެ ސަބަބުން ޙައްޤު ގެއްލިފައިވާކަމަށް ކޮމިޝަނުގެ ތަޙްޤީޤަށްފަހު ވާނީ ނިންމާފައެވެ .ޝަރީޢަތް ކުރުމާބެހެޭ
ޤަވާޢިދުގައިވާ މުއްދަތުގައި ޝަރީޢަތުގެ ކަންކަން ފުރިހަމަކުރުމަށް ޤާނޫނު ނަންބަރު ( 12/2016ޖިނާޢީ ޢިޖުރާއަތުގެ ޤާނޫނު)ގައި
ވެސް ބަޔާންކޮށްފައިވާ ހިނދު ،އެގޮތުގެމަތިން ޝަރީޢަތުގެ މަޖިލިސްތަކުން ނިންމުން ނުނިންމުމުގެ ސަބަބުން އެކަމުގެ ޝަކުވާ
ހުށައެޅިގެންދެއެވެ .ހަމައެހެންމެ ޣައިރު ޙާޟިރުގައި ޙުކުމް ކުރުމުގެ ސަބަބަބުން ޙުކުމްކުރާ ފަރާތުގެ ޙައްޤު ގެއްލިފައިވާކަމަށްބުނެ
1މައްސަލަ ހުށައެޅިފައިވެއެވެ .މިފަދަ މައްސަލަތަކަށް ރިޢާޔަތްކޮށް މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި ކަމާގުޅުންހުރި
އިދާރާތަކާއެކު ކޮމިޝަނުން ބޭއްވި ތަފާތު ބައްދަލުވުންތަކުގައި އެކަން ވާނީ ފާހަގަކޮށްފައެވެ.
68
މލްޑިވްސް | ރިޕޯރޓް 2020
ހިއުމަން ރައި��ްސް ކޮމިޝަން އޮފް ދަ ޯ