28ވަނަ މާއްދާގައި ބަޔާންކުރާ ނޫސްވެރިކަމުގެ މިނިވަންކަމާއި 29 ،ވަނަ މާއްދާގައި ބަޔާންކުރާ މަޢުލޫމާތު ލިބުމާއި ފެތުރުމުގެ
މިނިވަންކަމާ އަދި އދ .ގެ މަދަނީ އަދި ސިޔާސީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާގެ 19ވަނަ މާއްދާގެ ( )1އަދި ()2
ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ޙަވާލާދީފައިވާނެއެވެ .އަދި ހަމަ އެއާއެކު ،ޤާނޫނަކުން
ނަފްރަތުގެ ކުށުގެ ގޮތުގައި ޢަމަލުތަކެއް ކަނޑައަޅާއިރު ،ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16ވަނަ މާއްދާއާއި
އ.ދ .ގެ މަދަނީ އަދި ސިޔާސީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާގެ 19ވަނަ މާއްދާގެ ( )3އަދި 20ވަނަ މާއްދާގައި
ބުނާ ހަމަތަކުގެ މަތިން ޤާނޫނު އެކުލާވާލުމަށްޓަކައި ރިޢާޔަތްކުރަން ޖެހޭނެ ޢަސާސްތަކާއި ހަމަތަކަށް ބިނާކޮށް ލަފާދީފައި ވާނެއެވެ.
209.މީގެ އިތުރުން ،މަދަނީ އަދި ސިޔާސީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާގެ 20ވަނަ މާއްދާގައި ވަކި ޤައުމެއްގެ ނުވަތަ
ވަކި ނަސްލެއްގެ ނުވަތަ ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށް ނަފްރަތާއި ފަސާދަ އުފެއްދުމާއި ،ނަފްރަތާއި ފަސާދައަށް ބާރުއެޅުމުގެ
ސަބަބުން އެބަޔަކަށް ކުރިމަތިވާ އަނިޔާވެރިކަމާއި ތަފާތުކުރުންތައް ޤާނޫނުން މަނާ ކުރެވިދާނެކަމަށް ބަޔާންކޮށްފައިވާއިރު ،މި
މުއާހަދާގެ މައްޗަށް ހެދިފައިވާ ބައިނަލްއަޤްވާމީ މިންގަނޑުތަކުގެ ތެރެއިން ‘ކެމްޑެން ޕްރިންސިޕަލްސް’ގެ 12ވަނަ ޤާއިދާގައާއި
އ.ދ .ގެ ‘ސްޓްރެޓެޖީ އެންޑް ޕްލޭން އޮފް އެކްޝަންސް އޮން ހޭޓް ސްޕީޗް’ ގައި ބުނާ މިންގަނޑުތަކުގައި ނަފްރަތުގެ ޢަމަލެއް
ނަފްރަތުގެ ކުށަކަށް ހެދުމުގައި ފުރިހަމަ ވާންޖެހޭ އުންސުރުތައް ފުރިހަމަވުމުގެ މުހިންމުކަމަށް ރިޢާޔަތްކޮށް ލަފާދީފައިވާނެއެވެ.
އަދި ނަފްރަތުގެ އަމަލުތަކުގެ އިންތައް ކަނޑައެޅުމުގައި ނަފްރަތުގެ އަމަލުތައް މަނާކުރުމާ ގުޅޭގޮތުން އ.ދ .އިން އެކުލަވާލާފައިވާ
‘ރަބާތް ޕްލޭން އޮފް އެކްޝަން’ ގައި ހިމެނޭ ‘ 6ޕާޓް ތްރެޝްހޯލްޑް ޓެސްޓް’ އާ އެއްގޮތްވާ ގޮތުގެމަތިން ވަކި ޢަމަލަކީ
ނަފްރަތުގެ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި އެ މިންގަނޑުތައް ބޭނުންކުރުމަށާއި ބައިނަލްއަޤްވާމީ ‘ގުޑް ޕްރެކްޓިސް’ ގައި
ބަޔާންކޮށްފައިވާ އިރުޝާދުތަކާއި އެއްގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 28 ،27އަދި 29ވަނަ މާއްދާގައި
ކަށަވަރުކޮށްދޭ ޙައްޤުތަކާއި މިންގަނޑުތައް ނެގެހެއްޓޭނެ ގޮތުގެމަތިން މިބިލުގެ މާއްދާތައް އިޞްލާޙުކުރުމަށްވެސް ކޮމިޝަނުން
ވާނީ ހުށަހަޅާފަ އެވެ.
2013210.ވަނަ އަހަރުން ފެށިގެން ‘ވަރލްޑް ޕްރެސް ފްރީޑަމް އިންޑެކްސް’ގައި ރާއްޖޭގެ ރޭންކް ދަށްވަމުންގޮސް 2018ވަނަ
އަހަރު 120ވަނައިގައި އޮތުމަށްފަހު 2019އިން ފެށިގެން ކޮންމެ އަހަރަކު މަތިވަމުން ގޮސް 2021ގައި ވޯލްޑް ޕްރެސް
ފްރީޑަ��ް އިންޑެކްސްގައި ދިވެހިރާއްޖެގެ ރޭންކް ވަނީ 72އަށް މައްޗަށް އަރާފައެވެ.
314
14.1ނޫސްވެރިންގެ މިނިވަންކަމަށް ހުރަސްއެޅޭފަދަ ޢަމަލުތައް
211.ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭފަދަ އަމަލުތައް ކުރާކަމަށް އެންމެ ގިނައިން ފާހަގަކުރެވޭ ގްރޫޕްތަކުގެ ތެރޭގައި
ގޭންގް އަދި ކުށްކުރާ ޖަމާއަތްތަކާއި ،ސިޔާސީ ޕާޓީތަކާއި ،މަޖްލިސް މެންބަރުންނާއި ،ދީނީ ލީޑަރުން އަދި ދީނީ ގްރޫޕްތަކާއި
ފުލުހުންނާއި ސަރުކާރުގެ އިސްވެރިން ހިމެނޭކަމަށް މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނުން “ޗޭސިންގ ޖަސްޓިސް:
ސްޓަޑީ އޮން އިމްޕިއުނިޓީ ފޯ ކްރައިމްސް އަގެއިންސްޓް ޖަރނަލިސްޓްސް”ގެ ނަމުގައި މިއަހަރު އެކުލަވާލާފައިވާ ރިޕޯޓުގައި
ފާހަގަކޮށްފައިވެއެވެ.
315
212.ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި 60%ނޫސްވެރިންނަށް އޮންލައިކޮށް ވަޔަލަންސާއި ކުރިމަތިލާން ޖެހިފައިވާއިރު38% ،
ނޫސްވެރިންނަށް އޮފްލައިންކޮށް ވަޔަލަންސާއި ކުރިމަތިލާން ޖެހުނުކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މާރާމާރީއާއި ޤާނޫނާ ޚިލާފަށް ހައްޔަރުކުރުމާއި ،ބިރުދެއްކުމާއި ފުރައްސާރަކުރުން އަދި
digital attacksހިމެނޭކަންވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
316
މީގެތެރޭގައި
hackingއާއި phishingފަދަ
317
213.ސިޔާސީ ކޮރަޕްޝަންގެ ވާހަކަތައް ރިޕޯޓުކުރާ ނޫސްވެރިންނަށް ބިރުދައްކާ އެމީހުންގެ މަސައްކަތަށް ބާރުފޯރުވަން އުޅޭކަން
މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
318
214.އަންހެން ނޫސްވެރިންގެ ތެރެއިން 29%އޮންލައިން ވަޔަލަންސާއި ކުރިމަތިލާން ޖެހިފައިވާއިރު 21% ،އަންހެން ނޫސްވެރިން
މލްޑިވްސް | ރިޕޯރޓް 2020
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ
63