195.ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުގައި މަސައްކަތްކުރާ ޖަމުޢިއްޔާތަކަށް އެ ފަރާތްތަކުގެ މަސައްކަތްތައް ކުރިއަށް
ގެންދިއުމުގައި ގޮންޖެހުންތައް ނުހަނު ބޮޑުކަމާއި ،ޚާއްޞަކޮށް މާލެ ސަރަހައްދުގައި ކުއްޔާއި އެހެނިހެން ޚަރަދުތައް ބޮޑުވުމުގެ
ސަބަބުން މަދަނީ ޖަމުޢިއްޔާތަކަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވެއެވެ .ކޯވިޑް 19-ގެ ލޮކްޑައުންގެ ދުވަސްވަރުގައި
މިފަދަ ބައެއް މަދަނީ ޖަމްޢިއްޔާތަކަށް އެފަރާތްތަކުގެ އޮފީސްތައް ބަންދުކޮށް އަމިއްލަ ގެއިން މަސައްކަތްކުރަން މަޖުބޫރުވިކަން
ފާހަގަކުރެވިފައިވެއެވެ.
295
196.ކޯވިޑް 19-އާ ގުޅިގެން ތަފާތު ގްރޫޕްތަކަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވީނަމަވެސް އިންސާނީ ޙައްޤުގައި
މަސައްކަތްކުރާ މަދަނީ ޖަމުޢިއްޔާތަކަށް މާލީ އެހީތެރިކަމެއް ލިބިފައި ނުވާކަން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުގައި
މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާތަކުން ފާހަގަކޮށްފައިވެއެވެ.
296
197.އިންޑަސްޓްރިއަލް ރިލޭޝަން ޤާނޫނެއް މިހާތަނަށް ވުޖޫދުކުރެވިފައި ނުވާތީ ދިވެހިރާއްޖޭގައި ރަސްމީ ސިފައެއްގައި ޓްރޭޑް
ޔޫނިއަން ތަމްސީލު ނުކުރެވެއެވެ .އަދި މިފަދަ ޖަމާޢަތްތައް ރަޖިސްޓްރީ ކުރެވިފައިވަނީ މަދަނީ ޖަމްޢިއްޔާގެ ހައިސިއްޔަތުން
ކަމަށްވާތީ ،މުވައްޒަފުންގެ ފަރާތުން ކަލެކްޓިވް ބާގެއިންކުރުމުގެ ފުރުސަތު ނުލިބޭކަން ފާހަގަކުރެވިފައިވެއެވެ.
297
198.އަންހެނުންނާމެދު ކުރެވޭ އެންމެހާ ތަފާތުކުރުންތައް ނައްތާލުމާބެހޭ އ.ދ .ގެ ބައިނަލްއަޤުވާމީ މުޢާހަދާ (ސީޑޯ)ގެ ކޮމިޓީއަށް
ހުށަހެޅުމަށް އުތެމަ ޖަމްޢިއްޔާއިން ތައްޔާރުކޮށްފައިވާ ޝެޑޯ ރިޕޯޓާ ގުޅޭގޮތުން ބައެއް ޖަމްޢިއްޔާތަކުން ނުރުހުންފާޅުކޮށް ،ޖަމްޢިއްޔާ
އުވާލުމަށް ގޮވާލައި ސޯޝަލްމީޑިއާގައި ކެމްޕެއިނެއް ކުރިއަށްގެންގޮސްފައިވެއެވެ.
298
މިކަމާ ގުޅޭގޮތުން އުތެމައިން ނެރެފައިވާ
ބަޔާނުގައި ،އިންސާނީ ޙައްޤުތަކަށް ދިވެހިރާއްޖޭގައި އަޑުއުފުލުމަކީ ނުރައްކާތެރި ކަމަކަށް ހެދުމަށް ބަޔަކު މަސައްކަތް ކުރާކަމާއި،
ރާއްޖޭގެ ނޫސްތަކާއި މީސްމީޑިއާއަކީ ޙަޤީޤަތާ ޚިލާފު ވާހަކަ އުފައްދާ ވަކި ބަޔަކު ޝިކާރަކޮށް ،ލޭބަލްކޮށް ،ފުރައްސާރަކޮށް،
ބިރުދައްކާ ،ގޯނާ ކުރުމަށް އޮތް ވަސީލަތަކަށް ހެދުމުގެ ފުރުސަތު ނުދިނުމަށް
ހިފެހެއްޓުމަށް އުފައްދާފައިވާ މުއައްސަސާތަކަށް ގޮވާލާފައިވެއެވެ.
ނޫސްވެރިންނަށާއި ،ނޫސްވެރިކަމުގެ ފެންވަރު
299
199.ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގެ ދަށުން ،ޖަމްޢިއްޔާތަކުގެ ރަޖިސްޓްރަރ އަށް ލިބޭ ބާރުތަކުގެ ދަށުން އެއްވެސް ސަބަބެއް
ދެއްކުމަކާ ނުލައި ޖަމްޢިއްޔާއެއް ރަޖިސްޓްރީ ކޮށްނުދިނުމުގެ އިޚްތިޔާރު ްރަޖިސްޓްރަރ އަށް ލިބިދީފައިވެއެވެ .މިފަދައިން
ރަޖިސްޓްރަރ ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ ހެދޭނެ ގޮތެއްވެސް ބަޔާންކޮށްފައެއް ނުވެއެވެ .އަދި ރަޖިސްޓްރަރ
ޒިންމާދާރު ކުރެވޭނެ ގޮތެއްވެސް ޤާނޫނުގައި ބަޔާންކޮށްފައި ނުވެއެވެ.
މލްޑިވްސް | ރިޕޯރޓް 2020
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ
300
59