.8ތިމާވެށިރައް ާކތެރިކުރުން
ޤާނޫނު އަސާސީގެ 22ވަނަ މާއްދާގައި ދިވެހިރާއްޖޭގެ
ޤުދުރަތީ ތިމާވެށްޓާއި ،ދިރޭތަކެތީގެ މުއްސަނދިކަމާއި،
ޤުދުރަތީ ވަސީލަތްތަކާއި ރީތިކަން މިހާރުގެ ޖީލުތަކަށާއި
އަންނާން އޮތް މަންފާއަށްޓަކައި ރައްކާތެރިކޮށް ދެމެހެއްޓުމަކީ
ދައުލަތުގެ އަސާސީ ވާޖިބެއްކަމުގައި ބަޔާންކޮށްފައިވެއެވެ.
އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުން ހޯދުމަށް ކުރެވޭ
މަސައްކަތްތަކަކީ ތިމާވެށި ހިމާޔަތްކުރެވޭ ،ދެމެހެއްޓެނިވި
ތަރައްޤީގެ އުސޫލުތަކުގެ މަތީން ކުރެވޭ ކަންތައްތައް ކަމަށް
ހެދުމަށާއި ،މިފަދަ ހަރަކާތްތަކުގެ ސަބަބުން ތިމާވެށި
ތަޣައްޔަރުވިޔަ ނުދިނުމަށާއި ،ދިރޭތަކެތީގެ ނަސްލެއް
ނެތިގެން ދިޔަނުދިއުމަށާއި ،ތިމާވެށި ހަލާކުވެނުދިއުމަށާއި،
ޤުދުރަތީ ވަސީލަތްތައް ބޭކާރުވިޔަ ނުދިނުމަށް ދައުލަތުން
ބާރުއަޅާންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
158.މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން 2030އާއި 2050ދެމެދު 1.5ޑިގްރީ ސެލްސިއަސްއަށް ދުނިޔެ ހޫނު
ވެގެންދާނެކަމަށް ލަފާކުރެވިފައިވާއިރު،
213
ދުނިޔެ ހޫނުވުމުން އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނެ އެއްބަޔަކީ ރާއްޖެފަދަ ކުދި
ޖަޒީރާ ގައުމުތަކަކަށް ކަން ފާހަގަކުރެވެއެވެ .މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރާ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ކަނޑުގެ
ލޮނުގަނޑު އުފުލުމާއި ވިއްސާރަކުރާ މިންވަރު އިތުރުވުން ނުވަތަ ދަށްވުމާއި މޫސުން ގޯސްވުމާ ގުޅިގެން ހިނގާ ކާރިސާތައް
އިތުރުވެގެންދިޔުން ހިމެނެއެވެ .އަދި 2ޑިގްރީ ސެލްސިއަސްއަށް ދުނިޔެ ހޫނުވެއްޖެނަމަ މިފަދަ ކާރިސާތައް އިތުރުވެގެން
ދާނެކަމަށް ހޯދުންތަކުން ދައްކައެވެ.
214
159.އިންޓަރ ގަވަރމެންޓަލް ޕެނަލް އޮން ކަލައިމެޓް ޗޭންޖް (އައި.ޕީ.ސީ.ސީ) އިން އޯގަސްޓް 2021ގައި ޢާންމު ކުރި މޫސުމަށް
އަންނަ ބަދަލުތަކާ ބެހޭ 6ވަނަ އެސެސްމެންޓް ރިޕޯޓުގައި ވޭތުވެ ދިޔަ 2000އަހަރުތެރޭގައި އިންސާނުންގެ ޢަމަލުތަކާއި
ގުޅިގެން ދުނިޔޭގެ މޫސުން ވަރަށް ބާރުމިނުގައި ވަރަށް ބޮޑުތަން ހޫނުވެގެން ގޮސްފައިވާކަން ފާހަގަކޮށްފައިވެއެވެ .އަދި ޖައްވަށް
ދޫކުރާ ވިހަގޭހުގެ މިންވަރު އެކަށީގެންވާ މިންވަރަކަށް މަދުކުރެވިއްޖެނަމަ ،މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރު
ކުޑަކުރެވޭނެކަމަށް ފާހަގަކޮށްފައިވެއެވެ.
215
160.ކަނޑުގެ ލޮނުގަނޑު އުފުލުމުގެ އިތުރުން ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި ދެމެހެއްޓެނިވި ގޮތްތައް
ބޭނުންކުރެވިފައި ނުވާތީ ރާއްޖޭގެ ރަށްތަކުގައި ރަށްގިރުމާ ކުރިމަތިލާން ޖެހިފައިވާކަމާ އަދި މިކަމުގެ ސަބަބުން ބޯހިޔާވަހިކަން
ގެއްލިގެން ގޮސްފައިވާކަން ފާހަގަކުރެވިފައިވެއެވެ.
216
161.ތަރައްޤީގެ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމަށް ގުދުރަތީގޮތުން ހެދިފައި ހުންނަ އިކޯ ސިސްޓަމްތައް ހަލާކުކުރުމުގެ
ސބަބުން ،މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އެތައް ގުނައެއް އިތުރުވެގެންދާކަން ފާހަގަކުރެވެއެވެ.
ަ
217އެގޮތުން ،ފަހަކަށް އައިސް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހި ވައިގަދަވެ އަދި ފެންބޮޑުވެ ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުން
ލިބެމުންދާކަން ފާހަގަކުރެވެއެވެ.
218
162.މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މުރަކަ ފަރުތައް ހަލާކުވަމުންދާކަން ފާހަގަކުރެވިފައިވެއެވެ.
219
މުރަކަ ފަރުތަކަކީ ރަށް
ގިރުމާއި ބޮޑެތި ރާޅުތަކުންނާއި ތޫފާނުން ރަށްތައް ސަލާމަތްކޮށްދޭ ގުދުރަތީ ނިޒާމެކެވެ .ހަމައެހެންމެ މުރަކަ ފަރުތަކަކީ މަސްވެރިކަމާއި
ފަތުރުވެރި ކަމާއިވެސް ގުޅިފައިވާ ތަންތަނެވެ.
220
ފިނިހޫނުމިނަށް އަންނަ ބަދަލުތަކާއެކު މުރަކަތަކަށް ބަދަލުއަންނައިރު ،ކަނޑުގެ
ލޮނުގަނޑު ހޫނުވުމުގެ ސަބަބުން މުރަކަ ފަރުތައް ބްލީޗްވާ މިންވަރު އިތުރުވެގެންގޮސް ފަރުތައް ހަލާކުވެގެންދެއެވެ .އަދި ،1998
،2010އަދި 2016ވަނަ އަހަރު ހިނގައިދިޔަ ގްލޯބަލް ކޮރަލް ބްލީޗިންގ އިވެންޓްތަކުގައި ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ
އިތުރުން އެލް ނީނޯ ފެނޯމެނާގެ ސަބަބުން ފަރުތަކަށްވީ ގެއްލުން އިތުރުވެފައިވެއެވެ.
ފަހަރުމަތިން ބްލީޗްވެ ހަލާކުވެފައިވާކަން ފާހަގަކުރެވެއެވެ.
50
221
ރާއްޖޭގެ މުރަކަ ފަރުތައްވެސް އެކި
222
މލްޑިވްސް | ރިޕޯރޓް 2020
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ