154.ބޯހިޔާވަހިކަމާ ގުޅުންހުރި 14މައްސަލައެއް ކޮމިޝަނަށް ހުށަހެޅިފައިވާއިރު 8މައްސަލައެއް ހުށަހެޅިފައިވަނީ ހިޔާ ފްލެޓް
މަޝްރޫޢާ ގުޅިގެންކަން ފާހަގަކުރެވެއެވެ .އަދި މިމައްސަލަތަކުގައި ފްލެޓް ލިބުނު ފަރާތްތަކަށް ކުރިން ޕޮއިންޓް ދީފައިވާ
އުޞޫލު ބަދަލުކޮށް އަލުން ޕޮއިންޓް ދިނުމުން ބައެއް ފަރާތްތައް ޝަރުޠު ހަމަނުވާކަމަށް ނިންމާފައިވާ ކަމަށް މައްސަލަ ހުށަހެޅި
ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
155.ބޯހިޔާވަހިކަމުގެ ވަކިވަކި މަޝްރޫޢު ތަކުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ބޯހިޔާވަހިކަމަށް
ބޭނުންޖެހިފައިވާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވެމުން އައި ނަމަވެސް ،ކަނޑައެޅިފައިވާ ވަކި ސިޔާސަތެއްގެ ދަށުން ނުވަތަ
ވަކި ގަވާޢިދެއްގެ ތެރެއިން އެ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިގެނެއް ނުދެއެވެ .މީގެ ސަބަބުން ޖުމްލަކޮށް ރައްޖޭގައި
ކުރިއަށްގެންދެވޭ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި އެފަރާތްތަކަށް އިސްކަން ދެވޭނޭ އުސޫލެއް ޤާއިމުވެފައެއްނުވެއެވެ.
210
156.ހިޔާ މަޝްރޫޢުގެ ދަށުން ދޫކުރާ 6720ހައުސިންގ ޔުނިޓްގެ ތެރެއިން އެޗް 10ކެޓަގަރީގެ ދަށުން (ނުކުޅެދުންތެރިކަން
ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް) 200ހައުސިންގ ޔުނިޓް ވަނީ ޚާއްޞަކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ.
211
އާބާދީގެ ކޮންމެ 10މީހުންގެ ތެރެއިން އެކަކަކީ ނުކުޅެދުންތެރިކަންހުންނަ މީހަކަށްވީ ހިނދު ،ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި
ނުކުޅެދުންތެރިކަންހުންނަ މީހުންނަށް ހައުސިން ޔުނިޓްތައް ޚާއްސަކުރާއިރު އާބާދީގެ ނިސްބަތަށް ބެލުމަކީ މުހިއްމުކަމެއްކަމުގައި
ދެކެމެވެ.
157.ދައުލަތުން ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދެވުނު ހިޔާ މަޝްރޫއަށް
ކުރިމަތިލީ ފަޤީރު ހާލަތުގައި ތިބި ނުކުޅެދުންތެރިކަންހުންނަ ބައެއް ފަރާތްތަކަށް ފްލެޓް ލިބިފައިނުވާކަމާއި ،މި މަޝްރޫގައި އެންމެ
ފުރަތަމަ އާންމުކުރެވުނު ލިސްޓުގައި ހިމެނުނު ފަރާތްތައްވެސް ލިސްޓް ރިވިއުކުރުމަށްފަހު ދެން އާންމު ކުރެވުނު ލިސްޓުގައި
ހިމެނިފައިނުވާކަމަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުގައި މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ދީފައިވާ މަޢުލޫމާތުގައި
ފާހަގަކޮށްފައިވެއެވެ.
212
މލްޑިވްސް | ރިޕޯރޓް 2020
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ
49