‫ ‪86.‬އޮންލައިންކޮށް ލިބޭ މަޢުލޫމާތުގެ ތެރެއިން ދިވެހި ބަހުން ހުންނަ ލިޔުންތަކާއި ޚަބަރު‪ ،‬ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ‬ ‫މީހުންނަށް މީގެ ކުރިން ފަހުމްނުވިޔަސް ޔޫ‪.‬އެން‪.‬ޑީ‪.‬ޕީ މޯލްޑިވްސްގެ އެހީތެރިކަމާއެކު ޖޫން ‪ 2020‬ގައި ތައާރަފްކޮށްފައިވާ ތާނަ‬ ‫މެލޯ އެޕްލިކޭޝަން (ސްކްރީން ރީޑަރ) ބޭނުންކޮށްގެން އޮންލައިން މަޢުލޫމާތު ފަސޭހަކަމާއެކު ލިބިދެއެވެ‪ .‬އެހެންނަމަވެސް ޕީ‪.‬ޑީ‪.‬‬ ‫އެފް ޑޮކިއުމަންޓް ފޯމެޓުގައި ހުންނަ ދިވެހި ލިޔެކިޔުންތައް ކިޔުމަށް ދަތިވެއެވެ‪.‬‬ ‫‪102‬‬ ‫ ‪87.‬ބިލްޑިންގް ކޯޑުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިމާރާތްތަކަށް ވަދެ ނިކުމެ އުޅުމަށް ފަހި ގޮތްތަކެއް ހުރުމަށް‬ ‫ކަނޑައަޅައިފައިވީނަމަވެސް މި ކޯޑު އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވިގެނެއް ނުދެއެވެ‪ .‬ބިލްޑިންގެ ކޯޑު ތަންފީޒުކުރުން‬ ‫މައިގަނޑު ގޮތެއްގައި ދޫކުރެވިފައިވަނީ އާކިޓެކްޓުންގެ އަތްމައްޗަށްކަމާއި ކަމާގުޅުންހުރި މިނިސްޓްރީއިން ބިލްޑިންގ ކޯޑާ‬ ‫އެއްގޮތްވާ ގޮތުގެމަތިން އިމާރާތްތަކަށް ފަސޭހަކަމާއެކު ތަފާތުކުރުމެއްނެތި ނުކުޅެދުންތެރިކަންހުންނަ މީހުންނަށް ވަދެ ނިކުމެއުޅުން‬ ‫ރެގިއުލޭޓްކުރެވެނީ ބޮޑެތި މަދު އިމާރާތްތަކުގައި ކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪103‬‬ ‫ ‪88.‬ޑިމޮގްރަފިކް ކެރަކްޓަރިސްޓިކްސް ބައި ޑިސްއެބިލިޓީ ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ ސަރވޭ ‪ 2019‬އިން ދައްކާ‬ ‫ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ‪ 11%‬މީހުން މޯޓަރ ސައިކަލް ބޭނުންކުރެއެވެ‪ 104.‬ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ‬ ‫މީހުން މަދުންނަމަވެސް ��ީލްޗެއަރގެ ބަދަލުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަކޮށްފައިވާ ސައިކަލް ބޭނުންކުރެއެވެ‪.‬‬ ‫މިކަމަށް އަލިއަޅުވާލާ ސަބަބަކީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން އެހެން މީހަކަށް ބަރޯސާނުވެ އަމިއްލައަށް‬ ‫މިނިވަންކަމާއެކު ގެއިން ބޭރަށް ނުކުމެ އެއްތަނުން އަނެއްތަނަށް ގޮސްއުޅުމުން އެމީހުން އަމިއްލަ ނަފްސަށްކުރާ އިތުބާރާ އަދި‬ ‫މާލީގޮތުން އެހެންމީހެއްގެ އެހީތެރިކަން ހޯދަންނުޖެހި ފުދިގެން ދިރިއުޅުމެއް އުޅުމަށް މަގުފަހިކުރުވާ ކަމަށްވާތީއެވެ‪ .‬ބޭންކް އޮފް‬ ‫މޯލްޑިވްސްއިން ‪ 2017‬ވަނަ އަހަރު ‪ 65‬މޮޓަރައިޒްޑް ވީލްޗެއަރ ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކަށް ހަދިޔާކޮށްފައިވެއެވެ‪.‬‬ ‫‪105‬‬ ‫ ‪89.‬އަތޮޅުތަކުގެ ވެރިކަންކުރާ ރަށްރަށުގެ ހޮސްޕިޓަލުން ފޯރުކޮށްދޭ ފިޒިއޮތެރަޕީގެ ޚިދުމަތްތައް ނުކުޅެދުންތެރިކަން ހުންނަ މީހުން‬ ‫ހޯދާކަން ފާހަގަކުރެވިފައިވެއެވެ‪ .‬ނަމަވެސް ރަށްރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުން ފިޒިއޮތެރަޕީގެ ޚިދުމަތްތައް‬ ‫ހޯދުމަށް‬ ‫އަތޮޅުގެ ވެރިކަން ކުރާ ރަށަށް ދަތުރުކުރުމަށް އެހެން މީހުންނަށް ބަރޯސާވާންޖެހިފައިވުމުގެ ސަބަބުން‪ ،‬މިފަދަ‬ ‫ޚިދުމަތްތައް ހޯދުމަށް ނުކުޅެދިފައިވާކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪36‬‬ ‫މލްޑިވްސް | ރިޕޯރޓް ‪2020‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ‬

Select target paragraph3