3.5އަންހެނުންނަށް ކުރާ އަނިޔާ
އަސާސީ ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި އެމީހެއްގެ
ޖިންސަށް ނުވަތަ އެނޫންވެސް ކަންކަމަށް ބަލައި ތަފާތުކޮށްގެން
ނުވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
17ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
ޤާނޫނު އަސާސީގެ 20ވަނަ މާއްދާގައި ބަޔާންކޮށްފައިވާ
ގޮތުގައިޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ
ހަމަ ކޮންމެ މީހެއްގެ ވެސް ޙައްޤެކެވެ.
އަންހެނުންނާ ދެކޮޅަށް ކުރެވޭ އެންމެހާ ތަފާތުކުރުންތައް
ނައްތާލުމާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގައި ބަޔާންކޮށްފައިވާ
ގޮތުގައި މި މުޢާހަދާގައި ބައިވެރިވާ ދައުލަތްތަކުން ،އަންހެނުންނާ
ދެކޮޅަށް ކުރެވޭ ތަފާތުކުރުންތަކާއި ،އޭގެ އެންމެހައި ބާވަތްތައް
ކުށްވެރިކޮށް ،އެކަށީގެންވާ ހުރިހާ ގޮތަކުން ،ލަސްނުކޮށް،
އަންހެނުންނާ ދެކޮޅަށް ކުރެވޭ ތަފާތުކުރުންތައް ނައްތާލުމަށް
ސިޔާސަތުތައް ކަނޑައަޅަންވާނެއެވެ.
ޤާނޫނު ނަންބަރު ( 3/2012ގެވެށި އަނިޔާ ހުއްޓުވުމުގެ
ޤާނޫނު)ގެ މަޤްޞަދަކީ ދިވެހިރާއްޖޭގައި ހިނގާ ގެވެށި
އަނިޔާގެ ޢަމަލުތައް ހުއްޓުވުމާއި މަނާކުރުމުގެ އުސޫލުތައް
ކަނޑައެޅުމާއި ،ގެވެށި އަނިޔާގެ ޢަމަލުތައް ހިންގާ
މީހުންނާމެދު ފިޔަވަޅު އެޅުމުގެ އުސޫލުތައް ކަނޑައެޅުމާއި،
ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ރައްކާތެރިކޮށްދިނުމާއި
އެހީތެރިވެދިނުމުގެ އުސޫލުތައް ކަނޑައެޅުމާއި ،ކަމާގުޅޭގޮތުން
އޮތް ދައުލަތުގެ މުއައްސަސާތަކުގެ ދައުރު ކަނޑައެޅުމާއި ،އެއް
މުއައްސަސާ އަނެއް މުއައްސަސާއާ ގުޅިގެން މަސައްކަތްކުރެވޭނެ
ގޮތްތައް ކަނޑައެޅުމެވެ.
މި ޤާނޫނުގެ ތެރެއިން ކޯޓުން ތަފްރީޤުކުރުމުގެ އަމުރަކާއެކު،
އިސްލާމީ ޝަރީޢަތުގައި އަންހެންމީހާއަށް ލިބިގެންވާ
ޙައްޤެއްކަމުގައިވާ ތަފްރީޤުކުރުން“ ،އެދެމީހުންގެ ދެމެދުގައިވާ
ކައިވެނީގެ ގުޅުން ކަނޑާލުމާއި ކައިވެނި ރޫޅާލުމުގެ ޙައްގު”
އަންހެންމީހާއަށް ލިބިގެންވެއެވެ.
ޤާނޫނު ނަންބަރު ( 17/2014ޖިންސީ ކުށުގެ ޤާނޫނު)
ގައިވާ ގޮތުގެ މަތިން ރޭޕްކުރުމާއި ،މީހަކަށް ޖިންސީ އަނިޔާ
ކުރުމާއި ޖިންސީގޯނާ ކުރުމަކީ ކުށެކެވެ .އަދި މިދެންނެވުނު
އަމަލެއްގެ ތެރެއިން އަމަލެއްކުރަން އުޅުމާއި ބައިވެރިވުމާއި
އެހީތެރިވެދިނުމަކީވެސް ކުށެކެވެ.
39.އަނިޔާއަށް ހުށަހެޅޭ އަންހެނުންގެ ތެރެއިން އެހީތެރިކަން ހޯދަނީ ފަސްބައިކުޅަ ދެބައި މީހުންކަން ފާހަގަކުރެވެއެވެ 46.އަނިޔާއަށް
ހުށަހެޅޭ އަންހެނުން ރިޕޯޓުކުރުމަށް ފަސްޖެހޭ ސަބަބުތަކުގެ ތެރޭގައި ނިޒާމަށް އިތުބާރު ނުކުރެވުމާއި ،ސިއްރު ނުހިފެހެއްޓުމާއި،
ރިޕޯޓުކުރާ ފަރާތްތަކަށް އޮންނަ ރައްކާތެރިކަން ކުޑަވުން ހިމެނޭކަން ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތުތަކުން ފާހަގަކުރެވެއެވެ.
47
މީގެ އިތުރުން ،ޖެންޑަރ ބޭސްޑް ވަޔަލެންސްގެ މައްސަލަތައް ހުށަހެޅުމަށް ހަދާފައިވާ ނިޒާމްތަކަކީ ޝަކުވާ ހުށެހުޅަށް ފަސޭހަ
ނިޒާމްތަކެއް ނޫންކަން ފާހަގަކުރެވެއެވެ.
48
40.އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅުމަށް ދީން ބޭނުންކުރާކަން
ފާހަގަކުރެވިފައިވެއެވެ 49.އަދި އަންހެނުންނަށް އަނިޔާކުރުމަށް ދީން ހަތިޔާރެއްގެ ގޮތުން ބޭނުންކުރާކަން ފާހަގަކުރެވިފައިވެއެވެ.
50
41.ނޮން-ކޮންސެންޝުއަލް ޕޯނޯގްރަފީ ،ރެކޯޑެޑް ސެކްޝުއަލް އެސޯލްޓް އަދި ސެކްސްޓޯޝަން ފަދަ ސައިބަރ ކްރައިމްސް
މުޖްތަމަޢުގައި އިތުރުވަމުންދާކަން ފާހަގަކުރެވިފައިވެއެވެ .އަދި މިފަދަ މައްސަލަތައް ރިޕޯޓުކުރަމުން ދާތީ ތަންފީޒީ އިދާރާތަކުން
އަނިޔާ ލިބުނު ފަރާތަކީ ކުށްކުރި ފަރާތެއްކަމުގައި ބެލެވިދާނެތީ ،އަނިޔާ ލިބިފައިވާ ފަރާތް އިތުރު އަނިޔާއަށް ހުށަހެޅިގެންދާކަމާއި
މިކަމުގެ ސަބަބުން ރިޕޯޓުކުރަން ފަސްޖެހޭކަން ފާހަގަކުރެވުނެވެ.
42.ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު މާނަކުރުމާއި ކޮޑިފައި ކުރުމުގައި މުއައްސަސާތަކުގެ މެދުގައި ތަފާތުކުރުން އުޅޭކަން
ފާހަގަކުރެވެއެވެ .އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގައި ގެވެށި އަނިޔާއަކީ ޖިނާއީ ކުށެއްކަމުގައި ކަނޑައަޅާފައި ނުވުމުގެ
ސަބަބުން ،ގެވެށި އަނިޔާގެ މައްސަލަތަކަށް ދަޢުވާކުރަނީ އެހެނިހެން ޤާނޫނުތަކުގެ ދަށުންކަން ފާހަގަކުރެވެއެވެ.
201543.ވަނަ އަހަރާއި 2020ވަނަ އަހަރު ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން
ގިނަ މައްސަލަތަކަކީ އަންހެނުންނަށް އަނިޔާކޮށްގެން ހުށަހެޅުނު މައްސަލަތައްކަން ފާހަގަކުރެވެއެވެ.
މލްޑިވްސް | ރިޕޯރޓް 2020
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ
51
25