‫‪ .18‬ދިރިހުރުމުގެ ޙައްޤު‬ ‫ޑ އޮޕްޝަނަލް‬ ‫ވ ބައިނަލްއަޤްވާމީ މުޢާހަދާ‪‘ ،‬ސެކަން ް‬ ‫މަރުގެ އަދަބު ތަންފީޒުކުރުން ހުއްޓުވުމާ ގުޅޭގޮތުން ތަޢާރަފުކޮށްފައި ާ‬ ‫ޓ ދަ އެބޮލިޝަން‬ ‫ޑ ޕޮލިޓިކަލް ރައިޓްސް‪ ،‬އެއިމިންގ ު‬ ‫ޕްރޮޓޮކޯލް ޓު ދަ އިންޓަނޭޝަނަލް ކޮންވެންޝަން އޮން ސިވިލް އެން ް‬ ‫އޮފް ޑެތް ޕެނެލްޓީ’ ގައި ދިވެހިރާއްޖެއިން ސޮއިކޮށްފައި ނުވެއެވެ‪.‬‬ ‫ވ ‪ 15‬މީހަކު ތިބިއިރު‪ ،‬އެންމެ ފަހުން ދިވެހިރާއްޖޭގައި މަރުގެ ޙުކުމް‬ ‫ދިވެހިރާއްޖޭގައި މި ވަގުތު މަރުގެ ޙުކުމްކޮށްފައި ާ‬ ‫ވނަ އަހަރުކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫ތަންފީޒުކޮށްފައިވާކަމަށް އެނގިފައިވަނީ ‪ަ 1954‬‬ ‫ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ‪ ،‬ނީލްސް މެލްޒަރ‪ ،‬މާފުށީ ޖަލަށް ކުރެއްވި ޒިޔާރަތުގައި‪ ،‬ދަންޖައްސައިގެން މަރުގެ ޙުކުމް‬ ‫ތަންފީޛުކުރަމަށް އިމާރާތްކޮށްފައިވާ ފެސިލިޓީ އިންސްޕެކްޓް ކުރައްވާފައިވާކަމާއި‪ ،‬މި ފެސިލިޓީގެ ބޭނުން ކޮށްފައިނުވިނަމަވެސް‬ ‫އަދިވެސް ޤާއިމުވެފައި ހުރުމަކީ ރާއްޖޭގައި ޒަމާނުއްސުރެ މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލާފައި އޮތް އޮތުން ދެމެހެއްޓުމަށް‬ ‫ދަޢުލަތުން ދޭ އަހައްމިއްޔަތުކަމާ ފުށުއަރާކަމެއްކަމަށް ވަނީ ފާހަގަކުރައްވައިފައެވެ‪.‬‬ ‫‪ .19‬ޤާނޫނީ ހިމާޔަތުން ބޭރުން މީހުން ''ގެއްލުން'' ނުވަތަ ސިއްރުން ހިފެހެއްޓުން‬ ‫މ‪ .‬ޝައިނިންގ ސްޓަރ‪ ،‬އަޙުމަދު ރިޟްވާން ޢަބްދުﷲ ‪ 2014‬ވަނަ އަހަރުގެ އޮގަސްޓު މަހުގެ ‪ 8‬ވަނަ ދުވަހުން ފެށިގެން‬ ‫ގެއްލިފައިވާ މައްސަލާގައި ކަމާ ގުޅުންހުރި އިދާރާތަކުން މިމައްސަލާގައި ޢަމަލުކުރަމުންދާ ގޮތް މޮނިޓަރ ކުރަމުންގެންދިޔުމަށްފަހު‬ ‫މި މައްސަލައަކީ އެތަކެއް އިންސާނީ ޙައްޤެއް ގެއްލިފައިވާ މައްސަލައެއްކަން ކޮމިޝަނުން ބެލިބެލުމުން އެނގެން އޮތުމުން‬ ‫ދަޢުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ޢަމަލުކޮށްފައިވާ ގޮތްތައް ދެނެގަތުމަށާއި‪ ،‬މި މައްސަލާގައި އެއްވެސް މުއައްސަސާއަކުން‬ ‫އިހުމާލުވެފައިވޭތޯ ދެނެގަތުމަށް ތަޙްޤީގުކުރަން ފެންނާތީ‪ ،‬މި މައްސަލަ މޮނީޓަރިންގ ފޭސްއިން އިންވެސްޓިގޭޝަން ފޭސްއަށް‬ ‫ބަދަލުކުރުމަށް ވަނީ ނިންމާފައެވެ‪.‬‬ ‫‪ .20‬އަނިޔާ ކުރުމާއި ލާއިންސާނި ޢަމަލުތަކުން މިނިވަންވެގެންވުން‬ ‫ޓޯޗަރގެ ‪ 88‬މައްސަލައެއްގެ ތަޙްޤީޤު ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވެއެވެ‪.‬‬ ‫ޓޯޗަރގެ މައްސަލަތައް ކުރިއަށް ގެންދިއުމުގައި އެންމެ އެދެވޭ ގޮތެއްގައި ތަޙްޤީޤުކޮށް‪ ،‬ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ‬ ‫ތެރޭގައި ނިންމުމަށް ކޮމިޝަނަށް ދަތިވާ ސަބަބުތަކުގެ ތެރޭގައި މައްސަލަތައް ސާބިތުކުރެވޭ މިންވަރަށް ހެކި ނެތުމާއި ޕޮލިސް‬ ‫ސްޓޭޝަންތަކާއި ޖަލުތަކުގައި ސީ‪.‬ސީ‪.‬ޓީ‪.‬ވީ ޤާއިމުކުރެވިފައި ނެތުމާއި ތަޙްޤީޤުތަކުގައި ލިބޭ ފޮރެންސިކް ހެކި އެކަށީގެންވާ‬ ‫ގޮތުގައި ރައްކާކުރެވޭނެ އިންތިޒާމާއި‪ ،‬ތަޙްލީލުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިނުވުމާއި އާންމު ފަރާތްތަކުން އަނިޔާގެ ނިޝާން‬ ‫ފޮޓޯ ނަގާފައިހުންނައިރު ޝަރީޢަތަށް ހެއްކެއްގެ ގޮތުގައި ހުށައެޅޭ މިންވަރަށް ފޮޓޯ ނަގާފައި ނުހުންނަކަމާއި ޓޯޗަރގެ‬ ‫މައްސަލަތަކުގައި މައްސަލަ ހިނގާތާ ގިނަދުވަސް ފަހުން މައްސަލަ ކޮމިޝަނަށް ހުށަހެޅުމާއި ޓޯޗަރގެ ގެ މައްސަލަތައް‬ ‫ސާބިތުކުރުމުގައި ހެކީގެ ގޮތުގައި ބަލައިގަނެވޭނެ ހެކީގެ މިންވަރު‪/‬ތަފްސީލް ނެތުން ހިމެނެއެވެ‪.‬‬ ‫‪12‬‬ ‫މލްޑިވްސް | ރިޕޯރޓް ‪2020‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ‬

Select target paragraph3