‫)ށ( އިންސާނީ ޙައްޤެއް ނިގުޅައިގެންފިކަމަށް ނުވަތަ އިންސާނީ ޙައްޤެއް ނިގުޅައިގަތުމުގައި ބައިވެރިވެއްޖެކަމަށް‪ ،‬ނުވަތަ އެފަދަ‬ ‫ކަމަކަށް އެހީތެރިވެއްޖެ ކަމަށް ކޮމިޝަނަށް ފެންނަ މީހުން ނުވަތަ ފަރާތްތަކުގެ މައްސަލަތައް ތަޙްޤީޤުކޮށް ބެލުމާއި‪ ،‬ބުނެވިދިޔަ‬ ‫ފަދަ ކަމެއް ހުއްޓުވުމަށް ނުވަތަ ހިނގިޔަ ނުދިނުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާކަމަށް ކޮމިޝަނަށް ފެނިއްޖެނަމަ‪ ،‬އެ‬ ‫މައްސަލައެއް ތަޙްޤީޤުކޮށް ބެލުމާއި‪ ،‬މި ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން‪.‬‬ ‫)ނ( ރާއްޖޭގައި ޢަމަލު ކުރެވޭ އެއްވެސް އިދާރީ އުސޫލަކީ‪ ،‬އެއްވެސް މީހަކަށް ލިބިދޭ އިންސާނީ ޙައްޤަކާ ޚިލާފު އުސޫލެއްކަމަށް‬ ‫ބުނެ ހުށަހަޅާ ޝަކުވާތައް ބަލައި‪ ،‬ތަޙްޤީޤު ކުރުމާއި‪ ،‬މިޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން‪.‬‬ ‫)ރ( ސަރުކާރުގެ އިދާރާއަކުން ނުވަތަ އަމިއްލަ ފަރާތަކަށް ނިސްބަތްވާ އިދާރާއަކުން ނަމަވެސް‪ ،‬އިންސާނީ ޙައްޤުތަކާ ޚިލާފަށް‬ ‫ކަމެއް ހިންގާ ކަމަށް ބުނެ ހުށަހަޅާ ޝަކުވާތައް ބަލައި‪ ،‬އެކަމާ ގުޅޭގޮތުން އަޅަން ކޮމިޝަނަށް ފެންނަ ފިޔަވަޅުތަކާ ބެހޭގޮތުން‬ ‫އެއިދާރާއަކަށް ލަފާދިނުން‪.‬‬ ‫ކުރިޔަށް އޮތް ‪ 5‬އަހަރު ކޮމިޝަނުން ޙާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް‬ ‫‪1‬‬ ‫ނ‬ ‫ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބެލުމަށް ބޭނުންވާ މުޙިއްމު މަޢުލޫމާތު‪ ،‬ކަމާ ގުޅުންހުރި މުއައްސަސާތަކު ް‬ ‫ހޯދޭނެ ފަސޭހަ ނިޒާމެއް ޤާއިމްކުރުން‪.‬‬ ‫‪2‬‬ ‫މައްސަލަތަކުގައި ބޭނުންވާ ފަންނީ ލަފާ ލިބޭނެ އިންތިޒާމް ހަމަޖެހިފައިއޮތުން‪.‬‬ ‫‪3‬‬ ‫ކޮމިޝަންގެ މަސައްކަތްތަކާއި މައްސަލަތަ��ުގައި ދެވޭ ޤާނޫނީ ލަފާދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުން‪.‬‬ ‫‪4‬‬ ‫އެކި ދާއިރާތަކުގެ މައްސަލަތައް ތަޙްޤީޤުކުރުމުގައި ޤާނޫނީ ގޮތުން ބަލާނެ ކަންކަމުގެ ޓޫލްކިޓެއް އެކުލަވާލުން‪.‬‬ ‫‪5‬‬ ‫ކަމާބެހޭ މުވައްޒަފުންނަށް ކޯޓު މަރުހަލާގައި މައްސަލަތައް ކުރިއަށްދާގޮތުގެ ތަމްރީން ދިނުން އަދި ޢަމަލީގޮތުން‬ ‫މިމަސައްކަތްތަކުގައި ބައިވެރިވުމުގެ ފުރުޞަތުތައް ހޯދައިދިނުން‪.‬‬ ‫ސ‬ ‫ފ ދަ މޯލްޑިވް ް‬ ‫ޝން އޮ ް‬ ‫ސ ކޮމި ަ‬ ‫މން ރައިޓް ް‬ ‫ހިއު ަ‬ ‫‪12‬‬

Select target paragraph3