‫‪5.6.9‬‬ ‫އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުން‬ ‫ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި މި އަހަރު ކަނޑައަޅާފައިވަނީ 'ފުރިހަމަ އެނބުރި އައުމަކަށް އިންސާނީ ޙައްޤުތަކަށްޓަކައި ތެދުވަމާ!' އެވެ‪ .‬ބައިނަލްއަޤްވާމީ‬ ‫ގޮތުން ފާހަގަކުރާ އިންސާނީ ޙައްޤުތަކުގެ ދުވަހާއި ކޮމިޝަނުގެ އަހަރީ ދުވަސް (‪ 10‬ޑިސެންބަރު) ކުރީ އަހަރުތަކުގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރިނަމަވެސް‪ ،‬ކޯވިޑު‪ 19-‬ގެ ބަލިމަޑުކަމާ ގުޅިގެން އަޅާފައިވާ‬ ‫ފިޔަވަޅުތަކަށް ރިޢާޔަތްކޮށް މިއަހަރު މި ދުވަސް ކޮމިޝަނުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާނީ ވަރޗުއަލް ޕްލެޓްފޯމެއްގައެވެ‪ .‬އެގޮތުން‪ ،‬މަދަނީ ޖަމްޢިއްޔާތަކާ ގުޅިގެން 'ކޯވިޑް‪ 19-‬އާއި އިންސާނީ‬ ‫ޙައްޤުތައް' މި މަޢުޟޫއަށް ވެބިނަރއެއް ކުރިއަށް ގެންގޮސްފައިވާނެއެވެ‪ .‬އަދި މި ދުވަހުގެ މުނާސަބަތުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލް ޑިވްސް އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް‬ ‫ފަންޑު އަދި ފެމިލީ ޕްރޮޓެކްޝަން އެޖެންސީއާ ގުޅިގެން ކުރިއަށްގެންގޮސްފައިވާ 'ރިފްލެކްޓިންގ ‪ 15‬އިޔަރސް‪ :‬ދަ 'ރައިޓްސް' ސައިޑް އޮފް ލައިފް' ދިރާސާ ރިޕޯޓު ރަސްމީކޮށް ޢާއްމުކޮށްފައިވާނެއެވެ‪.‬‬ ‫‪ 5.7‬ވި ސް ލް ބް ލޯ ވަރ ޕްރޮ ޓެ ކްޝަ ން ޔު ނި ޓް‬ ‫‪ 2019‬ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ‪ 17‬ވަނަ ދުވަހު ތަޞްދީޤުކޮށް‪ ،‬ޢަމަލުކުރަން ފެށުނު ޤާނޫނު ނަންބަރު ‪( 16/2019‬ވިސްލްބްލޯކުރާފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ‪ 23‬ވަނަ މާއްދާގައި‬ ‫މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު‪ ،‬ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ ނަމުގައި ހިއުމަން ރައިޓްސް ކޮމިޝަނުގައި ޔުނިޓެއް އުފައްދާފައިވެއެވެ‪ .‬އަދި ‪ 2019‬ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ‪21‬‬ ‫ވަނަ ދުވަހު ބޭއްވުނު އޭރުގެ ކޮމިޝަނުގެ ނަންބަރު (‪ 941)4‬ބައްދަލުވުމުގައި ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ އިސްވެރިޔެއްގެ ގޮތުގައި ހުންނާނީ އެއިރެއްގައި ކޮމިޝަނުގެ ނާއިބު ރައީސްގެ‬ ‫މާޤާމުގައި ހުންނަ ފަރާތްކަމުގައި ނިންމާފައިވެއެވެ‪ .‬ނަމަވެސް ޔުނިޓުގެ އިސްވެރިޔާއަކީ މިނިވަން ކަމާއެކު މި ޔުނިޓަށް ހުށަހެޅޭ މައްސަލަތައް ނިންމުމުގެ އިޙްތިޔާރު ލިބިގެންވާ މީހަކަށްވާންޖެހޭކަމަށް‬ ‫ކޮމިޝަނުގެ ‪ 5‬ވަނަ ދައުރުގެ މެންބަރުންނަށް ފެންނާތީއާއި މިވަގުތު ކޮމިޝަނަށް ނައިބު ރައީސްއެއް އައްޔަނުކޮށްފައިނުވާތީ‪ ،‬ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަށް ދާއިމީ އިސްވެރިޔަކު އައްޔަން‬ ‫ކުރެވެންދެން ވަގުތީ އިސްވެރިޔެއްގެ ގޮތުގައި މި ކޮމިޝަނުގެ ސެކްރެޓަރީ ޖެނަރަލް އައްޔަން ކުރުމަށް ކޮމިޝަނުގެ ‪ 90 )5(16‬ނޮވެންބަރު ‪ 2020‬ވަނަ ޖަލްސާއިން ނިންމާފައި ވެއެވެ‪.‬‬ ‫ޤާނޫނު ނަންބަރު ‪( 16/2019‬ވިސްލްބްލޯކުރާފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ”ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަށް ސިއްރުކޮށް މަޢުލޫމާތު ހުށަހެޅުމާއި‪ ،‬ބަލައިގަތުމާއި‪ ،‬މަޢުލޫމާތުތައް‬ ‫ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމުގެ ގަވައިދު» ޑްރާފްޓްކޮށް ‪ 2‬މާރިޗް ‪ 2020‬ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެވިފައިވެއެވެ‪ .‬އަދި މި ޤާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުގެ އެތެރޭގައި‬ ‫އިންތިޒާމުތައް ހަމަޖެއްސުމާއި‪ ،‬މަޢުލޫމާތުތައް ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެގޮތުގެ ގައިޑްލައިނެއް އެކުލަވާލާ ‪ 27‬ފެބްރުއަރީ ‪ 2020‬ގައި ދައުލަތުގެ އިދާރާތަކާއި‪ ،‬ދައުލަތުގެ މާލިއްޔަތުން‬ ‫ފައިސާ ދެވޭ ކުންފުނިތަކާއި އެހެނިހެން އިދާރާތަކާއި ޖަމުޢިއްޔާތަކާއި ސިޔާސީ ޕާޓީތަކަށް ޙިއްސާކޮށް‪ ،‬ކޮމިޝަނުން ސަރކިއުލަރއެއް ޢާންމުކޮށްފައިވެއެވެ‪ .‬ދައުލަތުގެ އިދާރާތަކުގެ އެތެރޭގައި އިންތިޒާމުތައް‬ ‫ހަމަޖެއްސުމާއި ގުޅޭގޮތުން މަޢުލޫމަތު ސާފުކުރުމަށް ދައުލަތުގެ އިދާރާތަކާއި އަދި ދައުލަތް ޙިއްސާވާ ކުންފުނިތަކުން މި ޔުނިޓާ ބައްދަލުކޮށް އަދި ފޯނުން ގުޅައިގެން މަޢުލޫމާތު ދެވިފައިވެއެވެ‪ .‬އެގޮތުން‬ ‫މައުލޫމާތު ދިނުމަށް ޔުނިޓުގެ ފަރާތުން އިންފޮމޭޝަން ކޮމިޝަނަރސް އޮފީސް‪ ،‬ޓްރާންސްޕޭރަންސީ މޯލް ޑިވްސް‪ ،‬މޯލް ޑިވްސް ޕޮލިސް ސަރވިސް‪ ،‬ދިވެހިރާއްޖޭގެ ހައިކޯޓު‪ ،‬އެންޓި ކޮރަޕްޝަން ކޮމިޝަން‬ ‫އަދި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްއާ ބައްދަލުކޮށްފައި ވެއެވެ‪ .‬ޤާނޫނާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް އައްޑޫ ސިޓީގެ ދައުލަތުގެ އިދާރާތަކަށް ‪ 09‬މާރިޗް ‪ 2020‬އިން‬ ‫‪ 12‬މާރިޗް ‪ 2020‬އަށް ޔުނިޓުގެ ފަރާތުން ކުރިއަށް ގެންދެވިފައިވެއެވެ‪ .‬އަދި ޔުނިޓަށް މިއަހަރު މިހާތަނަށް ‪ 06‬މައްސަލައެއް ހުށަހެޅި ބަލަމުން ދެއެވެ‪.‬‬ ‫ށ ވަރަށް ބޮޑަށް ދަތިތަކާ ކުރިމަތި ވިއެވެ‪ .‬ނަމަވެސް‪،‬‬ ‫‪ 2019‬ވަނަ އަހަރަށް ޔުނިޓަށް ބަޖެޓު ލިބިފައިނުވާތީ ޔުނިޓަށް މުވައްޒަފުން ނެގުމާއި‪ ،‬މައްސަލަތަށް ބެލުމާ އަދި ޔުނިޓުގެ އެހެނިހެން މަސައްކަތްކުރުމަ ް‬ ‫ރމް ހިންގުމަށާއި‪ ،‬އަދި މުވައްޒަފުންނެގުމަށް ޔުނިޓުން‬ ‫‪ 2021‬ވަނައަހަރަށް ކޮމިޝަނަށް ކަނޑައަޅަފައިވާ ބަޖެޓުގައި ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަށް ބަޖެޓު ހަމަޖެހި މި ބަޖެޓުގެ ތެރެއިން ޕްރޮގު ާ‬ ‫ވަނީ ނިންމާފައެވެ‪.‬‬ ‫‪100‬‬ ‫‪6‬‬ ‫ކޮ މިޝަ ނު ގެ މަ ސަ އް ކަ ތަ ށް ދި މާވި ދަ ތި ތަ އް‬ ‫ދިވެހިރާއްޖޭގައި އިންސާނީ ޙައްޤު ރައްކާތެރިކޮށް ދެމެހެއްޓުމުގެ މަސައްކަތަށް ‪ 17‬އަހަރު ފުރުނު އަހަރަކީ ހިއުމަންރައިޓްސް ކޮމިޝަނުގެ ތާރީޚުގައި ވެސް އެންމެ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވި އަހަރެވެ‪.‬‬ ‫އެގޮތުން‪ ،‬މުޅި ދުނިޔެއަށާއި ރާއްޖެއަށް ކުރިމަތިވެފައިވާ ކޯވިޑް‪ 19-‬ގެ ޙާލަތުގެ ސަބަބުން‪ ،‬ކޮމިޝަނުގެ އަހަރީ ޕްލޭނުގައި ހުރި ގިނަ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް ވަރަށް ގިނަ ހުރަސްތަކަކާ ކުރިމަތިވިއެވެ‪.‬‬ ‫އެގޮތުން‪ 2020 ،‬ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ވެރިރަށް މާލޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށް ފުރަބަންދަށް ދިޔުމާއެކު ކޮމިޝަނުގެ މަސައްކަތް ކުއްލިގޮތަކަށް ވާޗުއަލް ނިޒާމަކަށް ބަދަލުކުރުންވީ‬ ‫ވަރަށް ދަތިކަމެކެވެ‪ .‬އެކަމުގެ ސަބަބުން ކޮމިޝަނުގެ އިދާރާ ހިންގުމަށް ގިނަގޮންޖެހުންތަކެއް ކުރިމަތިވިނަމަވެސް‪ ،‬ދިމާވި ޙާލަތާ އެކުވެސް ކޮމިޝަނުގެ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް ވަނީ ގިނަގުނަ‬ ‫މަސައްކަތްތަކެއްކޮށްފައެވެ‪.‬‬ ‫ކޯވިޑް‪ 19‬ގެ މުއްދަތުގެ ތެރޭގައި ކޮމިޝަނަށް ހުށަހެޅުނު މައްސަލަތައް އިތުރުވެގެން ދިޔައިރު‪ ،‬ދިމާވެފައިވާ ކާރިޘާގެ ސަބަބުން މައްސަލަތަކުގެ ބަޔާންތައް ނެގުމާއި ތަޙްޤީޤުތައް ކުރިޔަށް ގެންދިޔުމުގައި‬ ‫ދަތިތަކާކުރިމަތިވިއެވެ‪ .‬ވަކިން ޚާއްޞަކޮށް‪ ،‬ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކުން ހުށަހަޅާ މައްސަލަތަކުގައި އެފަރާތްތަކުގެ ބަޔާން ނެގުމާއި އެފަރާތްތަކުގެ ޙާލަތު ބެލުމަށް ފުރަބަންދުގެ މުއްދަތުގައި ހުރަސްތަކެއް‬ ‫ކުރިމަތިވެގެން ދިޔައެވެ‪ .‬މީގެ އިތުރުން‪ ،‬މި މުއްދަތުގެ ތެރޭގައި މައްސަލަތައް ތަޙްޤީޤު ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ކަމާބެހޭ އިދާރާތަކުން ލިބުން ލަސްވުމުގެ ސަބަބުން އެންމެ ފުރިހަމަ ގޮތުގައި މައްސަލަތައް‬ ‫ކުރިޔަށް ގެންދިޔުމަށް ނުހަނު ގިނަ ދަތިތަކާ ކުރިމަތިވިއެވެ‪.‬‬ ‫މިނިވަންކަން ގެއްލޭގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަންދުކޮށްފައި ނުވަތަ ބައިތިއްބާފައި ތިބޭ ތަންތަނަށް ޒިޔާރަތްކޮށް‪ ،‬އެފަދަ ތަންތަނުގައި‪ ،‬އަނިޔާވެރި‪ ،‬ލާއިންސާނީ އަދި ދަށުދަރަޖައިގެ ޢަމަލުތައް‬ ‫ހިންގާތޯ ބަލައި މޮނިޓަރކުރުމަށް މިއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމުގައިވިޔަސް‪ ،‬ކޯވިޑް ‪ 19‬ގެ ޙާލަތުގައި މިފަދަ ތަންތަނަށް ކޮމިޝަނުން ޒިޔާރާތްކުރުމަށް ދަތިވިއެވެ‪ .‬އެގޮތުން ކުރިން‬ ‫އެނގުމަކާނުލައި ކުރާ މި ޒިޔާރާތްތައް ވާޗުއަލީ ކުރަންޖެހުމުގެ ސަބަބުން އޭގެ އެންމެ ފުރިހަމަ ނަތީޖާ ނުލިބުނު ކަމުގައިވިޔަސް ކޯވިޑުގެ ޙާލަތުގައި މިފަދަ ތަންތަނުގެ ޙާލަތު ކޮމިޝަނުން ބަލާފައިވާނެއެވެ‪.‬‬ ‫ނ ޙައްޤުތަކަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގިނަ ހަރަކާތްތަކާއި ޙާލަތު ވަޒްނ ކުރުމަށް ކުރާ މޮނިޓަރިންގ ޒިޔާރާތްތަކުގެ މަސައްކަތް އަހަރުގެ ކުރީކޮޅު ފެށުނު‬ ‫‪ 2020‬ވަނަ އަހަރު ފެށިގެން އައިއިރު‪ ،‬އިންސާ ީ‬ ‫އ މަޑުޖައްސާލައި ހޭލުންތެރިކުރުމުގެ ހަރަކާތްތަކާއި މޮނިޓަރިންގ އަދި ރިސާރޗް މަސައްކަތްތައް ވީވަރަކުން ވާޗުއަލީ ކުރިޔަށް ގެންދިޔުންވީ ކޮމިޝަނަށް ދިމާވި‬ ‫ކަމުގައިވިޔަސް‪ ،‬ފުރަބަންދާއެކު މިފަދަ ހަރަކާތްތަ ް‬ ‫އކު އޮންލައިންކޮށް މި ހަރަކާތްތައް ކޯވިޑުގެ ޙާލަތަށް އަމާޒުކޮށް ކުރިޔަށް ގެންދިޔުމަށް މުވައްޒަފުން ފަރިތަވެ މި މަސައްކަތްތައް އަދާ ކުރުމުގައި މުވައްޒަފުންވަނީ‬ ‫ދަތިކަމަކަށެވެ‪ .‬އެހެންނަމަވެސް‪ ،‬ކޯވިޑް ‪ 19‬އާ ެ‬ ‫ކެނޑިނޭޅި މަސައްކަތްކޮށްފައެވެ‪.‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަން ހިންގަމުންދާ ޢިމާރާތަކީ ގިނަގިނައިން މަރާމާތު ކުރަންޖެހޭ އަދި އެކަމަށް ގިނަ ޚަރަދުތަކެއް ކުރަންޖެހޭ ޢިމާރާތަކަށްވެފައި‪ ،‬ފުރަބަންދުގެ މުއްދަތުގައި ދެފަހަރުމަތިން ކޮމިޝަންހިންގާ‬ ‫ޢިމާރާތުގައި ފެންލީކުވުމުގެ ޙާދިސާ އެއް ހިނގައި ކޮމިޝަނުގެ ބައެއް ހަރުމުދަލަށް ގެއްލުންވުން ވެގެންދިޔައީ ދިމާވި ގޮންޖެހުމަކަށެވެ‪ .‬މީގެ އިތުރުން‪ ،‬މިއަހަރުގެ ތެރޭގައި ކޮމިޝަނުގެ ސަދަން ރީޖަނަލް އޮފީހުގައި‬ ‫ހިނގައިދިޔަ ވައްކަމުގެ ޙާދިސާއެއްގައި އެ އިދާރާގައި ހުރި ކޮމިޝަނުގެ ހަރުމުދާތަކެއް ވަގަށް ގެންދިޔުމުގެ ސަބަބުން ދިމާވި ދަތިތަކަކީވެސް މި އަހަރުގެ ތެރޭގައި ކޮމިޝަނުގެ މަސައްކަތަށް ދިމާވި ނުހަނު ބޮޑު‬ ‫ގޮންޖެހުމެކެވެ‪.‬‬ ‫އ ދިމާވާ ދައްޗެކެވެ‪ .‬އެހެންނަމަވެސް‪ ،‬ކޮމިޝަނުގެ ‪ 5‬ވަނަ ދައުރުގެ މެންބަރުން އައްޔަނުވެ‬ ‫ކޮމިޝަން ހިންގުމަށްޓަކައި ލިބިގެންދާ ބަޖެޓަކީ އެންމެ އެކަށީގެންވާ ބަޖެޓަކަށް ނުވުމަކީ ކޮމިޝަނުގެ އިދާރާ ހިންގުމުގަ ި‬ ‫ށ އަންނަން އޮތް އަހަރުގެ ބަޖެޓަށް އެހެނިހެން އަހަރުތަކަށްވުރެ އިތުރަށް ދައުލަތުން ބަޖެޓު‬ ‫މި އަހަރުގެ ތެރޭގައި އަންނަ އަހަރުގެ ބަޖެޓުގެ މަޝްވަރާ މަޖިލިސްތަކުގައި ކުރެވުނު މަޝްވަރާތަކަށްފަހު މިކޮމިޝަނަ ް‬ ‫އިތުރުކޮށްދީފައިވާކަން ފާހަގަކުރަމެވެ‪.‬‬ ‫ކޮމިޝަން ހިންގުމުގައި ތަފާތު ދަތިތަކާ ކުރިމަތިލާންޖެހުނު ކަމުގައިވިޔަސް‪ ،‬ކޮމިޝަނަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާ އަދާ ކުރުމުގައި ކޮމިޝަނުން ފަސްޖެހުމެއްނެތި ކުރާ މަސައްކަތުގައި ބަރަކާތް ލައްވާށިއެވެ‪.‬‬ ‫އާމީން‪.‬‬ ‫‪101‬‬

Select target paragraph3