5.2.5ގަވާއިދުތަކާއި ،ސިޔާ ސަތުތަކާއި އަދި އުޞޫލުތައް ރިވިއުކޮށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް
ހުށަހަޅާފައިވާ ކަންކަން
5.2.5.1
ވޯޓުލާން ރަޖިސްޓްރީ ވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ހުށަހަޅާ ފޯމު ބަލައިގަތުމުގައި ޢަމަލުކުރާނެ އުޞޫލު
މި އުޞޫލަކީ ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީ ވުމަށް ހުށަހަޅާފައިވާ ފޯމު ބަލައިގަތުމުގައި ޢަމަލުކުރާނެ ކަންކަން ބަޔާންކޮށް އިލެކްޝަންސް
ކޮމިޝަނުން އެކުލަވާލާފައިވާ އުޞޫލެކެވެ.
މި އުޞޫލު އިންސާނީ ޙައްޤުތަކުގެ ނަޒަރުން ރިވިއުކުރުމަށްފަހު ހުށަހަޅާފައިވާ އިޞްލާޙުތަކުގެ ތެރޭގައި މި އުޞޫލުގެދަށުން ދިވެހިރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގައި ރީ-ރަޖިސްޓްރީކުރުމަށް ހުށަހަޅާ ކޮންމެ
ފޯމެއްގެ ޞައްޚަކަން ވަކިން ބެލޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުވޭކަން ކަށަވަރުކުރުމަށްޓަކައި ފޯމު ހުށަހަޅާ ވަގުތު ،ފޯމު ބަލައިގަންނަ ފަރާތަށް ފެންނާނެހެން ފޯމު ގެނައި ފަރާތުގެ ސޮއި ކުރުވުމަށްފަހު
އިނގިލީގެ ނިޝާން ފޯމުގައި ޖެހުމާއި ،ރީ-ރެޖިސްޓްރީކުރުމަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ފޯމުގެ ވެރިފަރާތް ނޫން އެހެން ފަރާތަކުން ހުށަހަޅާފައިވާ ،ފޯމު ބަލައިގަތުމަށް ބޭނުންވާ މަޢުލޫމާތު
ފުރިހަމަވެފައިވާ ހުރިހާ ފޯމުތައް ،މޯލް ޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވައި ،ފޯމުގައިވާ އިނގިލީގެ ނިޝާންގެ ޞައްޚަކަން ކަށަވަރުކުރުމަށް ބާރުއެޅުން ހިމެނެއެވެ.
5.2.5.2
ބްރޯޑްކާސްޓުކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް (ޞުލޫކީ މިންގަނޑު)
ގ ކޯޑް އޮފް ޕްރެކްޓިސް (ސުލޫކީ މިންގަނޑު)' އިޞްލާޙު ކުރުމަށް އެކޮމިޝަނުން ނިންމައި 13 ،ފެބުރުވަރީ 2020
މޯލް ޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ޢަމަލުކުރަމުން ދާ 'ބްރޯޑްކާސްޓުކުރުމު ެ
މށް އެދިފައިވާތީ އިންސާނީ ޙައްޤުތަކުގެ ނަޒަރުން ރިވިއުކުރުމަށްފަހު ޖުމްލަ 21ކޮމެންޓް 02ފެބުރުވަރީ 2020ވަނަ
ގައި މި ސުލޫކީ މިންގަނޑަށް ހިއުމަން ރައިޓްސް ކޮމިޝަނުން ކޮމެންޓުކޮށްދިނު ަ
ދުވަހު އެ ކޮމިޝަނާ ޙިއްޞާކޮށްފައިވާނެއެވެ.
މި ސުލޫކީ މިންގަނޑަށް ހުށަހެޅި އިޞްލާޙުތަކުގެ ތެރޭގައި ބްރޯޑްކާސްޓްކުރުމުގައި ކުޑަކުދިން ޙައްޤުތައް ޙިމާޔަތް ކުރުމުގެގޮތުން ތަފާތު ނާޒުކު ޙާލަތްތައް ކުރިމަތިވެފައިވާ ކުދިންގެ ކަރާމާތަށް އުނިކަމެއް
ލިބިދާނެ ގޮތަށް އެކުދިންގެ ޒާތީ މަޢުލޫމާތެއް ނުވަތަ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެފަދަ ތަސްވީރެއް ބްރޯޑްކާސްޓްނުކުރުމާއި ޖިންސީ ގޯނާ ނުވަތަ ގެވެށި
އަނިޔާގެ ޝިކާރައަކަށްވެފައިވާ ފަރާތެއްގެ މަޢުލޫމަތު ގެނެސްދިނުމުގައި ،އެފަރާތްތައް ދެނެނުގަނެވޭނެ ގޮތަށް ކާކުކަން އެނގިދާނެފަދަ އެއްވެސް މަޢުލޫމާތެއް އެފަރާތެއްގެ ރުހުން ލިބިފައިނުވާ ޙާލަތުގައި
ބްރޯޑްކާސްޓްނުކުރުމަށް ބާރުއަޅާފައިވާނެއެވެ.
5.2.5.3
މޯލް ޑިވްސް ކަރެކްޝަނަލް ސަރވިސް އިން އެކުލަވާލާފައިވާ ކޮރޯނާ (ކޯވިޑް )91-އާގުޅިގެން ޢަމަލުކުރާނެ ގޮތުގެ ޚާއްޞަ އުޞޫލުގެ ޑްރާފްޓް
ގ ކުއްލި ނުރައްކަލުގެ ޙާލަތު
ގ 33ވަނަ މާއްދާގެ ދަށުން ،ޢާއްމު ޞިއްޙަތު ެ
މި އުޞޫލަކީ ކޯވިޑް 19-ގެ ޙާލަތާއި ގުޅިގެން ޤާނޫނު ނަންބަރު( 7/2012 :ޢާއްމު ޞިއްޙަތު ރައްކާތެރިވުމުގެ ޤާނޫނު) ެ
ގ ސަލާމަތާއި ރައްކާތެރިކަން
އ ޤައިދީންނާއި ބަންދުމީހުން އަދި ޑިޓެއިނީސް ެ
އިޢުލާން ކުރުމާއެކު ،މޯލް ޑިވްސް ކަރެކްޝަނަލް ސަރވިސް ގައި މަސައްކަތް ކުރާ އޮފިސަރުންނަށާއި މުވައްޒަފުންނަށާ ި
ކަށަވަރުކުރުމަށްޓަކައި ޢަމަލުކުރާނެ ގޮތް ބަޔާންކޮށް މޯލް ޑިވްސް ކަރެކްޝަނަލް ސަރވިސްއިން އެކުލަވާލާފައިވާ އުޞޫލެކެވެ.
45
މި އުޞޫލު އިންސާނީ ޙައްޤުތަކުގެ ނަޒަރުން ރިވިއުކުރުމަށްފަހު ހުށަހަޅާފައިވާ އިޞްލާޙުތަކުގެ ތެރޭގައި ،ކޯވިޑް 19-އަށް ފައްސިވެފައިވާ ނުވަތަ ބަލީގެ އަލާމާތެއް ހުރި ފަރާތެއް ފާހަގަ ކުރެވިއްޖެނަމަ،
އެކަހެރި ކުރުމުގަ އާއި އެލާޓް ލެވެލްއާއި އަދި އެލާޓްކުރާނެ މުއްދަތު ކަނޑައަޅާނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާ މިންގަނޑާ އެއްގޮތްވާގޮތުގެ މަތިންކަމާއި ،ބައްޔަށް ފައްސި ވެފައިވާ
ފަރާތެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާފައިވާ ފެސިލިޓީ އަށް ގެންދިއުމުގައި ޙަރަކާތްތެރިވާ ޕްރިޒަން އޮފިސަރުން ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުކުރުމަށް
ބާރުއަޅާފައިވާނެއެވެ.
5.2.5.4
ކޯވިޑް 19-އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާގުޅޭ އުޞޫލު
މި އުޞޫލަކީ ކޯވިޑް 19-ގެ ސަބަބުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތްކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއްކޮށްފައިވާ ފަރާތްތަކަށް
ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިންކަމް ސަޕޯޓް އެލަވަންސްއެއް ދިނުމުގައި ޢަމަލުކުރާނެ ހަމަތަކާއި އިޖުރާޢަތުތައް ބަޔާންކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން
އެކުލަވާލާފައިވާ އުޞޫލެކެވެ.
މި އުޞޫލު އިންސާނީ ޙައްޤުތަކުގެ ނަޒަރުން ރިވިއުކުރުމަށްފަހު ހުށަހަޅާފައިވާ އިޞްލާޙުތަކުގެ ތެރޭގައި ،އ.ދގެ އިޤްތިޞާދީ ،އިޖްތިމާޢީ އަދި ޘަޤާފީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާގެ
7ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ،ހުރިހާ ޤައުމަކުންވެސް މަސައްކަތްކުރުމުގެ ޙައްޤު ކަށަވަރުކޮށްދިނުމުގައި ކޮންމެ މީހަކަށްވެސް އެމީހާއަށާއި އެމީހާގެ ޢާއިލާއަށް ޤަދަރުވެރި ދިރިއުޅުމެއް އުޅެވޭނެ
ފަދަ އާމްދަނީއެއް އެމީހަކު ކުރާ މަސައްކަތަކުން ލިބޭކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ،ކޯވިޑް 19-އާގުޅިގެން ވަޒީފާ ގެއްލިފައިވާ ހުރިހާ ފަރާތްކަށް އެލަވަންސްގެ ގޮތުގައި 5000/-ދިނުމަށް ކަނޑައެޅުމުގެ
ބަދަލުގައި މަހެއްގެ މައްޗަށް ދިރިއުޅުމަށް ޚަރަދުވާ ޢަދަދަށް ރިޢާޔަތްކޮށް ،އިތުރު ދިރާސާގެ އަލީގައި ،ވަޒީފާ ގެއްލުމުގެ ކުރިން 6މަސް ދުވަހު ލިބެމުންއައި އާމްދަނީގެ ވަކި ޕަރސެންޓެއް އެލަވަންސްގެ
ގޮތުގައި ދިނުމަށް ބާރުއެޅުން ހިމެނެއެވެ.
5.2.5.5
ގަވާއިދު ނަންބަރު R-35/2020އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާބެހޭ ގަވާއިދު
ނ މާއްދާގެ )ތ( އާއި ،އެ މާއްދާގެ )ލ( ގެ ދަށުން މިނިސްޓްރީ އޮފް ހެލްތުން އެކުލަވާލާފައިވާ ގަވާއިދު
މި ގަވާއިދަކީ ޤާނޫނު ނަންބަރު (7/2012ޢާއްމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނު( ގެ 94ވަ ަ
ހރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާބެހޭ ގަވާއިދެވެ.
ނަންބަރު R-35/2020އެކަ ެ
ޤާނޫނު ނަންބަރު ( 7/2012ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ކަނޑައަޅާފައިވާ ބައްޔަކާގުޅިގެން މީހުން އެކަހެރިކުރުމާއި ކަރަންޓީނުކުރުމުގެ އުޞޫލާއި ،މި ގަވާއިދުގެ ދަށުން ކަނޑައަޅާ
މަރުކަޒުތަކުގައި ހުންނަންޖެހޭކަމަށް ބަޔާންކޮށްފައިވާ މިންގަނޑުތަކަކީ އެންމެ އެކަށީގެންވާ މިންގަނޑުތަކެއްތޯ އިންސާނީ ޙައްޤުތަކުގެ ނަޒަރުން ރިވިއުކުރުމަށްފަހު ކޮމިޝަނުން އިޞްލާޙު ހުށަހަޅާފައިވާނެއެވެ.
މިގޮތުން ފާހަގަކޮށްފައިވާ ނުކުތާތަކުގެ ތެރޭގައި ،މަރުކަޒުގައި ހުންނަންޖެހޭ މިންގަނޑުތަކުގައި ފާހާނާ ކުރުމުގެ އިންތިޒާމާއި އެކަކަށްވުރެ ގިނަ މީހުން ބައިތިއްބާ ކޮޓަރި ނުވަތަ ޑޯމިޓަރީތަކުގައި ބަލިމީހާ އެގްޒޭމިން
ކުރުމުގައި މިތާގައި ތިބޭ ފަރާތްތަކުގެ އިންސާނީ ކަރާމާތަށް އުނިކަމެއް ނާންނަގޮތަށް ،އެކަކު އަނެކަކަށް ނުފެންނާނޭ ފަދައިން ފަރުމާކޮށްފައި ހުރުމަށާއި ،މަރުކަޒަށް ގެންދާ ބަލިމީހުން އެމަރޖެންސީ ޙާލަތުގައި
ފަރުވާ ދިނުމަށް ބޭނުންވާ އެމަރޖެންސީ ސެޓަޕްއާއި ޞިއްޙީ ކުއްލި ޙާލަތްތަކުގައި ބޭނުންކުރާނެ އާލާތްތަކާއި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާރުއަޅާފައިވާނެއެވެ.
ގަވާއިދު ނަންބަރު R-79/2020ޤައިދީންނާއި ،ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނާއި ،ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ
5.2.5.6
ޚިދުމަތްތަކާއި ޢިނާޔަތްތަކާބެހޭ ގަވާއިދު
ޓ އަމުރެއްގެ ދަށުން ބަންދުކޮށްފައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ
ކ ގަވާއިދު ނަންބަރު R-34/2016ޤައިދީންނާއި ،ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ،ކޯ ު
މި ގަވާއިދަ ީ
އ ޢިނާޔަތްތަކާބެހޭ ގަވާއިދު އިޞްލާޙުކޮށް މޯލް ޑިވްސް ކަރެކްޝަން ސާވިސްއިން އެކުލަވާލާފައިވާ ގަވާއިދެކެވެ.
ޚިދުމަތްތަކާ ި
ގަވާއިދު ނަންބަރު R34-/2016ޤައިދީންނާއި ،ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ،ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި
ޢިނާޔަތްތަކާބެހޭ ގަވާއިދަށް 15 ،ސެޕްޓެމްބަރ 2019ގައި ކޮމިޝަނުން ހުށަހެޅި އިޞްލާޙުތައް ހިމަނާފައިވޭތޯ ބެލުމަށް ތައްޔާރުކުރެވުނު ފޮލޯއަޕް ރިވިއު ކަރުދާސް އެކުލަވާލައި މި ގަވާއިދުގައި ހިމަނާފައިނުވާ
ކޮމިޝަނުގެ ހުށަހެޅުންތައް ފާހަގަކޮށް އަލުން ގަވާއިދު އިޞްލާޙުކުރުމަށް 16ނޮވެންބަރު 2020ގައި މޯލް ޑިވްސް ކަރެކްޝަން ސާވިސްއަށް ދަންނަވާފައިވާނެއެވެ.
46