‫‪5.2.1.9‬‬ ‫ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ‪ 1‬ވަނަ އިސްލާޙު ގެނައުމުގެ ބިލު‬ ‫•ބިލުގެ މަޤްޞަދަކީ ޤާނޫނު ނަންބަރު ‪( 18/2019‬ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ޤާނޫނުގެ މަޤްޞަދު އެންމެ ފުރިހަމައަށް ޙާޞިލު ކުރުމާއެކު‬ ‫ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ އަސާސްތަކާ އެއްގޮތަށް ޝަރީޢަތްތައް ހިންގޭނޭ މަގުފަހިކޮށްދިނުމާއި‪ ،‬ކުއްޖާ ބަންދު ކުރެވޭ ޙާލަތްތަކުގައި ކުއްޖާ އޭނާގެ ޢާއިލާއާ އެކަހެރިކޮށް‬ ‫ބަންދުކުރުމަކީ ކުއްޖާއަށް ނޭދެވޭ އަސަރު ކުރާނެ ކަމަކަށްވާތީ ކުއްޖާއަށް އެންމެ މަސްލަހަތު ބޮޑުގޮތަކީ ކުއްޖާއަށް އޭނާގެ ޢާއިލާގެ ގާތުގައި ބަންދުގައި ހުރުން ކަމަށްވާތީ‪ ،‬އެފުރުޞަތު‬ ‫ފަހިކޮށްދިނުމާއި ކުށަށް އަދަބު ކަނޑައަޅާނެގޮތް ޤާނޫނުގައި ބަޔާންކޮށްފައިނުވާތީ އަދަބު ކަނޑައެޅުމުގައި މައިގަނޑު އުޞޫލުތަކެއް ޤާނޫނުގައި ބަޔާންކުރުމެވެ‪ .‬މި ބިލަށް ކޮމިޝަނުން‬ ‫‪ 6‬އިޞްލާޙު ހުށަހަޅާފައިވާނެއެވެ‪.‬‬ ‫‪ 5.2.3‬ކޮމިޝަ ނުން އެކުލަވާލާ ޤަވާޢިދުތައް‬ ‫•ޤާނޫނު ނަންބަރު ‪( 6/2006‬ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު)ގެ ދަށުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ތަޙްޤީޤުކުރުމުގައި ޢަމަލުކުރާނެ ގަވާއިދު‬ ‫•ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ ހިންގުމުގެ ގަވާއިދު‬ ‫‪5.2.2‬‬ ‫ކޮމިޝަ ނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ޝަރުޢީ ކޯޓަށް ހުށަހެޅުން‬ ‫•މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ބައިތިއްބާފައިތިބޭ ބަންދުމީހުންނާއި ޤައިދީންނަށް ޑޮކްޓަރުގެ އިރުޝާދާއި އެއްގޮތްވާގޮތުގެ މަތިން ބަލިކޮއްތު‬ ‫ފޯރުކޮށްދިނުމަށް ކޮމިޝަނުން ‪ 2019‬ވަނަ އަހަރު އަންގާފައިވާ އެންގުމާއި އެއްގޮތަށް ބަލިކޮއްތު ފޯރުކޮށްދެމުން ނުދާތީ‪ ،‬ކޮމިޝަނުގެ އަމުރު ތަންފީޛުކުރުމަށާއި ޑޮކްޓަރުގެ‬ ‫އިރުޝާދާއި އެއްގޮތަށް ބަންދުމީހުންނާއި ޤައިދީންނަށް ބަލިކޮއްތު ފޯރުކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި ސިވިލްކޯޓަށް‬ ‫‪ 16‬މާރިޗް ‪ 2020‬ގައި ހުށަހެޅި މައްސަލަ ވަނީ ‪ 15‬ޑިސެންބަރު ‪ 2020‬ގައި ނިންމާފައެވެ‪ .‬މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުން ނިންމި ނިންމުމަކީ ޤާނޫނީ ހަމަތަކާއި‬ ‫އެއްގޮތްވާ ގޮތުގެމަތިން ބަންދު ފަރާތްތަކާއި ޤައިދީންނަށް ލިބެންޖެހޭ އަސާސީ ޙައްޤަށް ރިޢާޔަތްކުރުމެއްނެތި ނިންމާފައިވާ ނިންމުމަކަށް ވާތީ‪ ،‬އެ ނިންމުން ‪ 30‬ޑިސެންބަރު‬ ‫‪ 2020‬ގައި އިސްތިޢުނާފުކުރުމަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލަ‪.‬‬ ‫•ކޮމިޝަންގެ ނެޝެނަލް ޕްރިވެންޓިވް މެކޭނިޒަމް އިން ‪ 2020‬އޮކްޓޫބަރު ‪ 20‬އިން ‪ 2020‬އޮކްޓޫބަރު ‪ 22‬އަށް ދޫނިދޫ ކަސްޓޯޑިއަލް އަށް ކުރި ފޮލޯއަޕް ދަތުރުގައި‪ ،‬ދޫނިދޫ‬ ‫ކަސްޓޯޑިއަލްގައި ބޭނުންކުރާ ފެން ތަޙްލީލުކުރުމުން އެފެނަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ދިވެހިރާއްޖޭގެ ހެދިފައިވާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކާއި އަދި‬ ‫އުޞޫލުތަކުގެ އިތުރުން ބުއިމަށް ފޯރުކޮށްދޭ ފެނުގައި ހުންނަންވާނެކަމަށް ޑަބްލިއު‪.‬އެޗް‪.‬އޯ އިން ބަޔާންކޮށްފައިވާ ސްޓޭންޑާރޑް ނެތް ފެނަކަށްވާތީ‪ ،‬އެ ފެނަކީ ބަންދުފަރާތްތަކާއި‬ ‫ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުން ބުއިމަށް އެކަށީގެންވާ ފެންކަމުގައި ހެދުމަށްފަހު އެކަމާއިގުޅޭ ތަފްޞީލީ މަޢުލޫމާތު ކޮމިޝަނަށް ލިޔުމުން ޙިއްޞާކުރުމަށް ކޮމިޝަނުން‬ ‫އެންގި ނަމަވެސް‪ ،‬އެފަދައިން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ޢަމަލުކޮށްފައިނުވާތީ ކޮމިޝަނުގެ އެންގުމާއި އެއްގޮތަށް ދޫނިދޫ ކަސްޓޯޑިއަލް އިން ފޯރުކޮށްދެމުންދާ ފެން‬ ‫ވަގުތުން ވަގުތަށް ހުއްޓާލުމަށްފަހު ދޫނިދޫ ކަސްޓޯޑިއަލް އިން ފޯރުކޮށްދޭ ފެނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި‪ ،‬ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި‬ ‫ގަވާއިދުތަކާއި އުޞޫލުތަކުގެ އިތުރުން ޑަބްލިއު‪.‬އެޗް‪.‬އޯ ގެ މިންގަނޑަށް ފެތޭ ފެން ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ސިވިލްކޯޓަށް‬ ‫ހުށަހެޅި މައްސަލަ‪.‬‬ ‫‪43‬‬ ‫‪CV-c 972//2020‬‬ ‫•ކޮމިޝަނުގެ މުވައްޒަފަކު ޚިދުމަތުގެ ބޮންޑުކޮށް ޚިދުމަތްކުރުމުގެ ބޮންޑާއި އެއްގޮތަށް ޚިދުމަތް ކޮށްފައިނުވާތީ‪ ،‬ސިވިލް ކޯޓަށް ހުށަހެޅުނު ނަންބަރު‪:‬‬ ‫‪ 970/Cv-C/2020‬ޤަޟިއްޔާ‪.‬ކޮމިޝަނުގެ ތަޙުޤީޤަށް ހޯދުމަށް އެދިފައިވާ މަޢުލޫމާތު ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އިންކާރުކޮށްފައިވާ މައްސަލައިގައި‬ ‫ކޮމިޝަނުގެ ތަޙުޤީޤަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމަށް އެދި ‪ 2019‬އޮގަސްޓު ‪ 6‬ގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ‪ 2019‬އޮގަސްޓު ‪ 25‬އާއި ‪2019‬‬ ‫ސެޕްޓެންބަރު ‪ 5‬ގައި ސިވިލް ކޯޓުގެ ޞުލްޙައިގެ މަޖިލީހަށް ހާޒިރުވެ‪ ،‬ކޮމިޝަން ތަމްޞީލުކޮށްފައިވެއެވެ‪ 0202 .‬ސެޕްޓެންބަރު ‪ 1‬ގައި ކޮމިޝަނުން އެދުނު ލިޔުންތައް‬ ‫ހިއްސާކޮށްދިންނަމަވެސް ‪ 5‬މަސް ވަންދެން ކޮމިޝަނުގެ ތަޙުޤީޤަށް ބޭނުންވި ލިޔެކުޔުންތައް ހިއްސާނުކޮށް ކޮމިޝަނުގެ ތަޙުޤީޤަށް ހުރަސްއަޅާފައިވާތީ އެކަން ޝަރިޢަތަށް‬ ‫ހުށަހެޅުމަށް ކޮމިޝަނުން އެދުމުން‪ 2019 ،‬ސެޕްޓެންބަރު ‪ 24‬ގައި ޝަރިޢަތުގެ މަޖިލީހަށް ހާޒިރުވެފައިވާނެއެވެ‪ .‬އަދި އެޓަރނީ ޖެނެރަލްގެ އޮފީހުން ނަންގަވާފައިވާ އިޖުރާޢީ‬ ‫ނުކުތާއާ ގުޅިގެން ކޮމިޝަނުން ހުށަހަޅާ ބަޔާން ‪ 2019‬އޮކްޓޫބަރު ‪ 7‬ގައި ސިވިލް ކޯޓަށް ހުށަހަޅައި‪ 2020 ،‬ޖަނަވަރީ ‪ 5‬އާއި ‪ 2020‬ނޮވެންބަރު ‪ 19‬ވަނަ ދުވަހު އޮތް‬ ‫‪/‬‬ ‫ޝަރީޢަތުގެ އަޑުއެހުންތަކަށް ކޮމިޝަނުން ހާޒިރުވެފައިވާނެއެވެ‪ 2020 .‬ނޮވެންބަރު ‪ 19‬ގައި މައްސަލަ ކުރިއަށްގެންދާނެ ހުސޫމާތެއްނެތްކަމަށް ސިވިލް ކޯޓުގެ ނަންބަރު‪:‬‬ ‫‪ 2831/ Cv-C/2019‬ގަޞިއްޔާއިންވަނީ ކަނޑައަޅާފައެވެ‪.‬‬ ‫•ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަޙުޤީޤުކުރުމުގެ ގަވާއިދު‬ ‫•އެންޓި‪-‬ޓޯޗަރ ޤާނޫނުގެ ދަށުން ހުށަހަޅާ މައްސަލަތައް ތަޙުޤީޤުކުރުމުގެ ގަވާއިދު‬ ‫•ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ ހިންގުމުގެ ގަވާއިދަށް ‪ 1‬ވަނަ އިސްލާޙު ގެނައުމުގެ ގަވާއިދު‬ ‫‪5.2.4‬‬ ‫ކޮމިޝަ ނުން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅިގެން އެހެނިހެން މުއައްސަ ސާތަކާއެކު‬ ‫ވެވޭ ފަހުމުނާމާ‬ ‫•އިންސާނީ ޙައްޤުތައް ދަމަހައްޓާ ކުރިއެރުވުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި‪ ،‬ހިއުމަން ރައިޓްސް‬ ‫ކޮމިޝަނުން ތަހުޤީޤު ކުރަމުންދާ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ އައިޑެންޓިފިކޭޝަންއާ ގުޅޭގޮތުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައި‪.‬ޑީ) ކާޑުގެ ޑޭޓާބޭސްއިން‬ ‫އެއްވެސް މަޢުލޫމާތެއް ހޯދުމަށް ބޭނުންވެއްޖެ ހިނދެއްގައި ކޮމިޝަނަށް އެ މަޢުލޫމާތު ފަސޭހައިން ހޯދުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ ޑޭޓާބޭސް‬ ‫ބޭނުންކުރުމުގެ ހުއްދަ ކޮމިޝަނަށް ދިނުމާއި‪ ،‬މަޢުލޫމާތު ހޯދުމުގައި ދިމާވާ ދަތިތައް ޙައްލުކުރާނެ ގޮތްތައް ބަޔާންކޮށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީ‪.‬އެން‪.‬‬ ‫އާރް) އާއެކު ‪ 2020‬ފެބުރުވަރީ ‪ 12‬ވަނަ ދުވަހު އެއްބަސްވުމެއް ޤާއިމުކުރެވިފައިވެއެވެ‬ ‫‪44‬‬

Select target paragraph3