5.2
އި ން ސާ ނީ ޙަ އް ޤު ތަ ކާގު ޅޭ ޤާ ނޫ ނީ ނި ޒާމު ހަ ރު ދަ ނާ ކު ރު ން
5.2.1.4
•މި ބިލުގެ މަޤްޞަދަކީ ޖިންސީ ކުށަކީ ކުށުގެ ޝިކާރައަކަށްވާ މީހާއަށް ޖިސްމާނީ އަނިޔާ ލިބުމުގެ އިތުރުން ބައެއްފަހަރު މުޅި އުމުރަށް އޭގެ ސަބަބުން ނަފްސާނީ ނޭދެވޭ އަސަރުކުރާ
ބާވަތުގެ މައްސަލަތަކަށްވާތީ ،އަދި މިއީ އިންސާފު ނުލިބިއްޖެނަމަ ،ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހާ އިތުރަށް ނިކަމެތިވާ ޒާތުގެ ނާޒުކު މައްސަލަތަކަކަށްވާތީ ،ޖިންސީ ކުށުގެ
ޝިކާރައަކަށްވާ މީހާއާމެދު ޚާއްޞަ އުޞޫލުތަކަކުން އޭނާއަށް އިތުރު ބުރައެއް ނުވަތަ އަނިޔާއެއް ނުލިބޭގޮތަށް ޢަމަލުކުރަންޖެހޭ ޒާތުގެ މައްސަލަތަކެއް ކަމުގައިވާތީއާއި ،މިފަދަ
މައްސަލތަކަކީ ސާބިތު ކުރަން އުނދަގޫ މައްސަލަތަކަކަށްވާތީ ،ޖިންސީ ކުށުގެ މައްސަލަތަކުގައި ހޯދާ ފޮރެންސިކް ހެކި ހޯދުމުގައާއި ހެކި ރައްކާތެރިކުރުމުގައި ޚާއްޞަ އުޞޫލުތަކެއް
ކަނޑައަޅާ ޖިންސީ ކުށުގެ އަނިޔާލިބޭ ފަރާތްތަކަށް އިންސާފު ހޯދައިދިނުމެވެ .މި ބިލަށް ކޮމެންޓު ކުރުމުގައި މިދެންނެވުނު ކަންކަމަށް ރިޢާޔަތްކޮށް ހިއުމަން ރައިޓްސް ކޮމިޝަނުން 4
އިޞްލާޙެއް ހުށަހަޅާފައިވާނެއެވެ.
އިންސާނީ ޙައްޤުތައް ނިގުޅައިގަތުން ހުއްޓުވުމަށާއި މުޖުތަމަޢުގައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމު ކުރުމުގެ ރޫޙު އަށަގެންނެވުމަށްޓަކައި އެކުލަވާލެވޭ
ޤާނޫނުތަކުގައި އިންސާނީ ޙައްޤުތަކުގެ މިންގަނޑުތައް ހުރިކަން ކަށަވަރުކުރުމަކީ މުހިއްމުކަމެއް ކަމުގައި ވާތީ ،ކޮމިޝަނުން ބިލްތަކަށް އިންސާނީ
ހައްޤުތަކުގެ ނަޒަރިއްޔާތުން ރިވިއުކޮށް ހުށަހެޅުންތައް ހުށަހަޅާފައިވެއެވެ .މިގޮތުން 2020 ،ވަނަ އަހަރުގެ ތެރޭގައި 09ބިލަކަށް އިންސާނީ ޙައްޤުގެ
ނަޒަރިއްޔާއިން ކޮމިޝަނުން ކޮމެންޓު ކޮށްފައިވާނެއެވެެ.
5.2.1ކޮމިޝަ ނުން ކޮމެންޓު ހުށަހެޅި ބިލުތައް
5.2.1.1
5.2.1.5
ޤާނޫނު ނަންބަރު ( 12/2016ޖިނާއީ ޢިޖުރާއަތު ޤާނޫނު) ގެ 2ވަނަ އިޞްލާޙު ގެނައުމުގެ ބިލު / .ޤާނޫނު ނަންބަރު ( 12/2016ޖިނާއީ ޢިޖުރާއަތު ޤާނޫނު) ގެ 3ވަނަ އިޞްލާޙު
ގެނައުމުގެ ބިލު.
5.2.1.6
•މި ބިލުގެ މަޤްޞަދަކީ 01ޖަނަވަރީ 2012އިން ފެށިގެން 17ނޮވެންބަރު 2018އާދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން
ނުވަތަ އެއިންތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން ،ރައްޔިތުންގެ އިންސާނީ ޙައްޤުތަކާ އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ބޮޑެތި ޢަމަލުތައް ބަލައި އެފަދަ ކަންކަމުގެ ސަބަބުން
އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނީ އޮނިގަނޑު އެކުލަވާލާ ،ފަރުދުންގެ މެދުގައި ޞުލްޙަކޮށް މުޖުތަމައު އެއްބައިވަންތަ ކުރުވުމަށް
މަސައްކަތް ކުރުވުމަށާއި ޤައުމުގެ އަމަން އަމާންކަން ދަމަހައްޓާ މަދަނީ މަސަލަސްކަމަށް ޖާގަ ދިނުމާއި ޤާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކޮށް
ރައްޔިތުންނަށް ޢަދުލު އިންޞާފަށް ވާޞިލު ކޮށްދިނުމެވެ .މި ބިލަށް ކޮމެންޓު ކުރުމުގައި ރައްޔިތުންނަށް އިންޞާފު ހޯދައިދިނުމަށްޓަކައި އިންސާނީ ޙައްޤުގެ ނަޒަރުން ކަންކަން ކުރިއަށް
ގެންދިއުމަށް ބާރުއަޅާ ،ހިއުމަން ރައިޓްސް ކޮމިޝަނުން މި ބިލަށް 23އިޞްލާޙު ހުށަހަޅާފައިވާނެއެވެ.
ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020
•މި ބިލުގެ މަޤްޞަދަކީ ކޯވިޑް 19އާ ގުޅިގެން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ،ވަކިވަކި ފަރުދުންނާއި ،ޢާއިލާތަކާއި ،ވިޔަފާރިތަކަށް
އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށާއި ،ދައުލަތް ހިންގުމުގެ ނިޒާމު މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުމަށްޓަކައި
ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކުރާ އިޖުރައާތުތައް ޤާއިމު ކުރުމަށް ކަމާގުޅޭގޮތުން ޢަމަލު ކުރާނެ ޚާއްޞަ އުޞޫލުތައް ކަނޑައެޅުމަށް ވަގުތީ ޤާނޫނެއް އެކުލަވާލުމަށްޓަކައި މަޖިލީހަށް
ހުށަހެޅިފައިވާ ބިލެކެވެ .މި ބިލަށް ކޮމެންޓު ކުރުމުގައި ކޯވިޑު 19އިގެ ބަލިމަޑުކަމުގެ ޙާލަތަށް ރިޢާޔަތްކޮށް ،ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ބާރުއަޅާ ،އެކަންކަން ތަންފީޛު
ކުރުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޝަނުން 21އިޞްލާޙު ހުށަހަޅާފައިވާނެއެވެ.
ޤާނޫނު ނަންބަރު ( 5/2008ފުލުހުންގެ ޤާނޫނު) އަށް އިސްލާޙު ހުށަހެޅުމުގެ ބިލު.
•މި ބިލުގެ މަޤްޞަދަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ކަންކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި އެ ޤާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ ދުސްތޫރީ ހަމަތަކާއި
އިންސާނީ ޙައްޤުތަކަށް އިޙްތިރާމު ކުރުމާއެކު މިހާރު ޢަމަލު ކުރަމުންގެންދާ ޤާނޫނު ނަންބަރު ( 5/2008ފުލުހުންގެ ޤާނޫނު) ގެ ބަދަލުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދީ ރައްޔިތުންނަށް
ޚިދުމަތް ދިނުމުގައި ވީހާވެސް އިންސާނީ ޙައްޤުތަކަށް އިޙުތިރާމު ކުރާފަދަ ގޮތަކަށް ފުލުހުންގެ ޚިދުމަތް ދިނުމުގައި ފުލުހުންގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި ފުލުހުން ފޯރުކޮށްދޭ
އެންމެހައި ޚިދުމަތްތައް ކަނޑައެޅުމެވެ .މި ބިލަށް ހިއުމަން ރައިޓްސް ކޮމިޝަނުން 13އިޞްލާޙެއް ހުށަހަޅާފައިވާނެއެވެ
5.2.1.2އިންތިޤާލީ އިންސާފުގެ ބިލު
41
ޖަމްޢިއްޔާތަކުގެ ބިލު
•މި ބިލުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 30ވަނަ މާއްދާގެ (ށ) ގެ ދަށުން ކޮންމެ މީހަކަށްމެ ލިބިދޭ ޖަމްޢިއްޔާތަކާ ޖަމާޢަތްތައް ހެދުމުގެ ޙައްޤު ފުރިހަމަ
ގމާގުޅޭ އެންމެހައި އުޞޫލުތައް ބަޔާންކޮށް އެފަދަ ޖަމްޢިއްޔާތަކަށް ވިޔަފާރިކުރެވޭނެ ދާއިރާތަކާއި
ގޮތުގައި ލިބިދިނުމަށްޓަކައި ދިވެހިރާއްޖޭގައި އެފަދަ ޖަމްޢިއްޔާތައް ރަޖިސްޓަރީކޮށް ހިން ު
ކށްގެން ހިންގާ ޖަމްއިއްޔާތަކުގެ ހަރަކާތްތައް ޒިންމާދާރު ގޮތެއްގައި ހިންގޭނެ ނިޒާމެއް ޤާއިމު
ފައިސާ ހޯދުމާއި ދަރަންނަށް ޒިންމާވުމާގުޅޭ އުސޫލުތައް ބަޔާންކުރުމާއި ރަޖިސްޓަރީ ޮ
ކޮށްދިނުމެވެ .މި ބިލަށް ހިއުމަން ރައިޓްސް ކޮމިޝަނުން 8އިޞްލާޙެއް ހުށަހަޅާފައިވާނެއެވެ.
ލ ކުރަންފެށުމަށްފަހު އެ ޤާނޫނު ތަންފީޛު ކުރުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށާއި
ށ ޢަމަ ު
•މި ބިލުގެ މަޤްޞަދަކީ ޤާނޫނު ނަންބަރު ( 12/2016ޖިނާއި ޢިޖުރއަތުގެ ޤާނޫނު) އަ ް
ށ ހިއުމަން ރައިޓްސް ކޮމިޝަނުން 9އިޞްލާޙު ހުށަހަޅާފައިވާނެއެވެ.
މ ބިލަ ް
އިތުރަށް ބަޔާން ކުރަންޖެހޭ އިޖުރައާތުތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ ބިލެކެވެި .
5.2.1.3
ޤާނޫނު ނަންބަރު ( 17/2014ޖިންސީ ކުށުގެ ޤާނޫނު) އަށް އިޞްލާޙު ހުށަހެޅުމުގެ ބިލު /ޤާނޫނު ނަންބަރު ( 17/2014ޖިންސީ ކުށުގެ ޤާނޫނު) ގެ 2އަދި 3ވަނަ އިޞްލާޙު ހުށަހެޅުމުގެ
ބިލު.
5.2.1.7
ޤާނޫނު ނަންބަރު ( 2/2008ވަޒީފާއާބެހޭ ޤާނޫނު) އަށް 6ވަނަ އިސްލާޙު ގެނައުމުގެ ބިލު.
ހ ޤާނޫނު) ގައި
•މި ބިލުގެ މަޤްޞަދަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކަށް އެންމެކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުމާގުޅޭގޮތުން ޤާނޫނު ނަންބަރު ( 2/2008ވަޒީފާއާބެ ޭ
ނށް ގެންނަންޖެހޭ
ރމަށްޓަކައި އެ ޤާނޫ ަ
ބަޔާންކުރާ އުޞޫލުތައް އިތުރަށް ތަފްޞީލު ކުރުމަށާއި އެ ޤާނޫނުގައި ބަޔާންކުރާ ވަޒީފާއާގުޅޭ އެނޫންވެސް ކަންކަން އިތުރަށް ހަރުދަނާ ކު ު
އިޞްލާޙޫތައް ގެނައުމުގެ ޤާނޫނެވެ .މި ބިލަށް ކޮމިޝަނުން 26އިޞްލާޙު ހުށަހަޅާފައިވާނެއެވެ.
5.2.1.8
ޤާނޫނު ނަންބަރު ( 32/2015ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) އަށް 2ވަނަ އިސްލާޙު ހުށަހެޅުމުގެ ބިލު
•މި ބިލުގެ މަޤްޞަދަކީ ޓެރަރިޒަމްގެ ދަޢުވާ ނުރަނގަޅު މަޤްޞަދުތަކަށް ބޭނުންކުރެވޭ ކުރުން ހުއްޓުވުމުގެ ގޮތުން ،ޤާނޫނު ނަންބަރު ( 32/2015ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގައި
މިހާރު ކަނޑައަޅާފައިވާ ޓެރަރިޒަމްގެ ކުށުގެ ދާއިރާއަށް ބަދަލުގެނައުމަށާއި ،ޓެރަރިޒަމްގެ ކުށްތައް ތަޙުޤީޤު ކުރުމުގައާއި ޓެރަރިޒަމްގެ ކުށްތަކުގައި ދަޢުވާ އުފުލުމުގައި ޤާނޫނު ތަންފީޛުކުރާ
އިދާރާތަކަށާއި ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދޭ ޤާނޫނީ ބާރުތަކުގެ ދާއިރާ އަލުން ކަނޑައަޅައި ޒަމާނާ އެއްގޮތް ޤާނޫނީ އިމްތިޔާޒުތައް އެފަރާތްތަކަށް ދިނުމަށާއި ދިވެހިރާއްޖެއިން
ބޭރުގައި ޓެރަރިސްޓުން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ނުވަތަ އެފަދަ ސަރަޙައްދުތަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ފަރާތްތަކާމެދު ޤާނޫނު ތަންފީޛުކުރާ
އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތަކާއި އެ ފަރާތްތަކުގެ މައްޗަށް ހިނގޭނޭ އިޖުރަޢާތުތައް ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކުރުމެވެ .މި ބިލަށް ހިއުމަން ރައިޓްސް ކޮމިޝަނުން 9
އިޞްލާޙު ހުށަހަޅާފައިވާނެއެވެ.
42