5.1.12.4ޤާނޫނުއަސާ ސީގެ 32ވަނަ މާއްދާގައި ދަޢުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ސުލްޙަވެރިކަމާއެކު
އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވުން
•
•
ފގދގ 2020ވަނަ އަހަރު ،ޢާއްމު ރައްޔިތުންނާއި ،ބިދޭސީ މަސައްކަތްތެރިންނާއި ،އިދިކޮޅު ކޯލިޝަނުން ބާއްވާފައިވާ ޖުމްލަ 5މުޒާހަރާއެއް ފީލްޑަ ް
ށ
ޒިޔާރަތްކޮށް މޮނީޓަރ ކޮށްފައިވެއެވެ .މިގޮތުން މުޒާހަރާކުރި ސަރަޙައްދުތަކުގައި މޮނީޓަރިންގ ޓީމްތައް ޙަރަކާތްތެރިވެގެންނާއި ،މީޑިއާ މޮނީޓަރކޮށްގެން
އެއްކުރެވުނު މަޢުލޫމާތުގެ އަލީގައި ރިޕޯޓެއް ތައްޔާރުކޮށްފައިވެއެވެ .ކޯވިޑް -19އާ ގުޅިގެން ސަރުކާރު ބަންދުވެފައިވުމާއި 2020އޭޕްރީލް 15ވަނަ ދުވަހު
މާލެ ސިޓީ ލޮކްޑައުން ކުރުމާއި ގުޅިގެން ގްރޭޓަރ މާލެ ސަރަހައްދުގައި އެހެން އަހަރުތަކަށްވުރެ މުޒާހަރާތަށް މަދުކަމުގައި ފާހަގަވެއެވެ .ވ
•
•
•
2020 5.1.13ވަނަ އަ ހަ ރު ގެތެ ރޭ ގަ އި ކޮ މިޝަ ނު ން ބަ ލާފައި ވާ މަ އް ސަ ލަ ތަ ކުގެތެ ރެ އި ން ފާހަގަކުރެ ވުނު
ކަ ން ކަ މަ ށް ރި ޢާ ޔަ ތް ކޮ ށް ދަ އު ލަ ތު ގެ އި ދާ ރާ ތަ ކަ ށް އަ ން ގާފައި ވާ އެ ން ގު ން ތަ ކާ އި
ހު ށަ ހަ ޅާފައި ވާ ހު ށަ ހެ ޅުން ތަ އް
•
ފގދގ •ކޯވިޑް -19ގެ ޙާލަތާ ގުޅިގެން ،އިޢުލާންކުރެވުނު ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތައް ފުރަބަންދުކޮށްފައިވާ ދުވަސްވަރު
މާބަނޑުމީހުންނަށް ސިއްޙީ ފަރުވާފޯރުކޮށްދިނުމުގައި ކުރިމަތިވަމުންދިޔަ އެދެވިގެންނުވާ ބައެއް ޙާލަތްތަކަށް ރިޢާޔަތްކޮށް ،މިފަދަ ޙާދިޘާތައް ތަކުރާރުވިޔަނުދިނުމަށްޓަކައި ވިހަން
ގާތްވެފައި ތިބި މީހުން ،އަދި ޚާއްސަކޮށް ހައިރިސްކް ފަރާތްތައް ދުރާލާ ފާހަގަކޮށް ،އެކަށީގެންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގެ އިންތިޒާމް އެ ޙާލަތުގައި ހަމަޖެއްސުމަކީ ވަރަށް
މުހިންމުކަމެއްކަމަށް ކޮމިޝަނުން ދެކޭ ހިނދު ،މިކަން މިނިސްޓްރީ އޮފް ހެލްތްގެ ސަމާލުކަމަށް ކޮމިޝަނުން ގެނެސްފައިވެއެވެ .އަދި މިކަން ކޮމިޝަނުގެ ފަރާތުން މިނިސްޓްރީ
އޮފް ހެލްތުގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށް ،މިފަދަ ޙާދިޘާއެއް ތަކުރާރުވެފައިވާތީ މިފަދަ ޙާލަތްތައް ތަކުރާރުވުމަކީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާކަމެއްކަމަށާއި
އެހެންކަމުން މިފަދަ ޙާދިޘާތައް ތަކުރާރުވިޔަނުދިނުމަށްޓަކައި އެޅެންހުރި އެންމެހާ ފިޔަވަޅުތައް އަވަހަށް އެޅުއްވުމަށް މިނިސްޓްރީ އޮފް ހެލްތްއަށް ކޮމިޝަނުން އިލްތިމާސްކޮށްފައިވެއެވެ.
އަދި މިފަދަ ޙާދިޘާތައް ރާއްޖޭގެ އެކި އަތޮޅުތަކުގައި ހިނގާފައިވާތީ ،ބަލިވެ އިނުމާއި ވިހެއުމާގުޅިގެން ފަރުވާދިނުމަށްޓަކައި އަތޮޅުތެރޭގައި ހަމަޖައްސާފައިވާ ނިޒާމުގައި އެވަގުތު
ބޭނުންކުރަމުންދިޔަ އުޞޫލުތައް ކޮމިޝަނުން ރިވިއުކޮށްފައިވެއެވެ .ވ
33
•
ކޯ•ވިޑް -19ގެ ޙާލަތުގައި ގިނަ ޢަދަދެއްގެ މަސައްކަތްތެރިންގެ ވަޒީފާތައް ގެއްލި ގިނަ ބައެއްގެ ވަޒީފާތަކަށް ބުރޫއަރަމުންދާކަން ކޮމިޝަނަށް ފާހަގަކުރެވިފައިވުމާއެކު މިކަން
ލޭބަރ ރިލޭޝަން އޮތޯރިޓީ ،މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަދި މިނިސްޓްރީ އޮފް ޓުއަރިޒަމްގެ ސަމާލުކަމަށް ގެނެސްފައިވެއެވެ.މީގެއިތުރުން ،އޭރު ވަޒީފާތައް
ގެއްލެމުންދިޔަ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް މިފަދަ ފަރާތްތަކާމެދު ދައުލަތުގެ ފަރާތުން ޢަމަލުކުރަމުންދިޔަގޮތް ކޮމިޝަނުން މޮނިޓަރ ކޮށްފައިވެއެވެ .ވ
•
•ފ 2020ޖަނަވަރީ 19އިން 20އަށް ކ .ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ކޮމިޝަނުގެ ފަރާތުން ކުރި ޒިޔާރަތަށް ފަހު ކޮމިޝަނުން ފާހަގަކުރެވުނު
ކަންކަމުގެމައްޗަށް ރިޢާޔަތްކޮށް 2020ޖަނަވަރީ 23ވަނަ ދުވަހު މިނިސްޓްރީ އޮފް ޖެންޑަރ ،ފެމެލީ އެންޑް ސޯޝަލް ސަރވިސްއަށް 2ހުށަހެޅ��ން ހުށަހަޅާފައިވެއެވެ.
އަދި މި ހުށަހެޅުންތައް ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ފައިސާ 2021ވަނައަހަރުގެ ބަޖެޓްގައި ހިމަނާފައިވާކަމަށް އެ މިނިސްޓްރީގެ ފަރާތުން މި ކޮމިޝަނާ މަޢުލޫމާތު
ޙިއްސާކޮށްފައިވެއެވެ .ވ
•މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެދަށުގައި ބަންދުގައިހުރި ފަރާތަކަށް އޭނާގެ ޞިއްޙީ ޙާލަތާ ގުޅިގެން ޑޮކްޓަރު ލިޔެދީފައިވާ ބައެއް ތަކެތި އާސަންދައިގެތެރެއިން
ހަމަޖެހޭނެގޮތެއް ނެތުމުން ،އޭނާގެ އަމިއްލަ ޚަރަދުގައި ފޯރުކޮށްދިނުމަށް ހަމަޖައްސާފައިވާތީ ،މިކަމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ދަންނަވައި އެ
ސަރވިސްގެ ޚަރަދުގައި އެފަރާތަށް ބޭނުންވާ އާލާތް ފޯރުކޮށްދެވިފައިވެއެވެ .އަދި މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް
ކޮމިޝަނުގެ ފަރާތުން ހުށަހެޅުން ހުށަހަޅާފައިވެއެވެ.
•ޑޮކްޓަރުން ބަލިމީހުން ބެލުމަށްފަހު ދޭ ބޭސް ސިޓީ ނުވަތަ ލިޔުމުގައި ބަލިމީހާގެ ޙާލަތު ރަގަޅަށް ބަޔާންކޮށްފައި ނުހުންނަކަން މި ކޮމިޝަނުން ބަލާފައިވާ ބައެއް މައްސަލަތަކުން
ފާހަގަކުރެވިފައިވާތީ ،ބޭސް ސިޓީތަކުގައި ނުވަތަ ބަލިމީހާ ބެލުމަށްފަހު ދޭ ލިޔުމުގައި ބަލިމީހާގެ ޙާލަތު ރަގަޅަށް ބަޔާންކުރުމާއެކު ޑޮކްޓަރު ބަލިމީހާއަށް ދޭ ހުރިހާ
އިރުޝާދެއްވެސް ހިމެނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރާ ޑޮކްޓަރުންނަށް އެންގުމަށް ކޮމިޝަނުގެ ފަރާތުން އެ ސަރވިސްއަށް ދެންނެވުމާއެކު
މިފަދައިން ޢަމަލުކުރުމަށް މިނިސްޓްރީ އޮފް ހެލްތުގެ ބެލުމުގެދަށުން މަސައްކަތްކުރާ ހުރިހާ ޑޮކްޓަރުންނަށް އެންގުމަށް ކޮމިޝަނުގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތަށް
ދަންނަވާފައިވެއެވެ.
•މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރާ ޑޮކްޓަރުން އެ ސަރވިސްގެ ބެލުމުގެދަށުގައި ބަންދުގައި ތިބޭ ފަރާތްތައް ޚާއްޞަ ޑޮކްޓަރަށް ދެއްކުމަށް ދޭ
ރިފަރަލްއާ އެއްގޮތަށް ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުން ލަސްވަމުންދާކަން ކޮމިޝަނުން ބަލާފައިވާ ބައެއް މައްސަލަތަކުން ފާހަގަކުރެވިފައިވާތީ ،ރޫޓިން އަދި އަރޖެން ް
ޓ
ރިފަރަލްއެއް ދީފިނަމަ އެ ރިފަރަލްއަށް އެންމެ ލަސްވެގެން ބަލިމީހާ ޑޮކްޓަރަށް ދައްކާނެ ވަކި މުއްދަތެއް ހިމެނޭގޮތަށް ޑޮކްޓަރުންގެ ރިފަރަލްތަކާ ގުޅިގެން ޢަމަލުކުރާނެ
ވަކި އުޞޫލެއް އެކުލަވާލުމަށް ކޮމިޝަނުގެ ފަރާތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހަޅާފައިވެއެވެ.
34