‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫‪1515‬މަޢުލޫމާތު ހޯދުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން‬ ‫‪ 2022‬ވަނަ އަހަރު ވޯލްޑް ޕްރެސް ފްރީޑޮމް އިންޑެކސްގައި ރާއްޖޭގެ ރޭންކްވަނީ ‪ 87‬އަށް ދަށްވެފައެވެ‪ .‬މި ރިޕޯޓު ގެ މުއްދަތުގައި‬ ‫ފާސްކޮށްފައިވާ ޤާނޫނު ނަންބަރު ‪( 11/2022‬ހެއްކާބެހޭ ޤަނޫނު) ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމަށް މަގުފަހިވެއެވެ‪ .‬މިކަމާއި‬ ‫ގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހުރިއްޔާއާއި ހިއްސާކޮށްފައިވާއިރު‪ ،‬މި ޤާނޫނަށް އަލުން އިސްލާހު ގެންނަން‬ ‫ރައީސް ނިންމާފައިވެއެވެ‪ .‬ޖެނުއަރީ ‪ 2023‬ގައި ހެއްކާބެހޭ ޤާނޫނަށް އަމަލުކުރަން ފަށާއިރު‪ ،‬ޤާނޫނަށް މި އިސްލާހު ގެނެސްފައިނުވާކަން‬ ‫ފާހަގަކުރަމެވެ‪.‬‬ ‫ނޫސްވެރިން ލިޔާލިޔުންތަކާ ގުޅިގެން ފުރައްސާރަކުރުމާއި ކުރިމަތިލާންޖެހޭކަން ފާހަގަކުރެވިފައިވެއެވެ‪ .‬ނޫސްވެރިންނަށް ބިރުދެއްކުމާއި‬ ‫ނޫސްވެރިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބެލުމަށް ފުލުހުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބޭކަން ފާހަގަކުރަމެވެ‪.‬‬ ‫‪ 202222222‬ވަނަ އަހަރު ވޯލްޑް ޕްރެސް ފްރީޑޮމް އިންޑެކްސްގައި ރާއްޖޭގެ ރޭންކް ވަނީ ‪ 87‬އަށް ދަށްވެފައެވެ‪ .‬މި ރިޕޯޓު ގެ‬ ‫މުއްދަތުގައި ފާސްކޮށްފައިވާ ޤާނޫނު ނަންބަރު ‪( 11/2022‬ހެއްކާބެހޭ ޤަނޫނު) ން ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމަށް‬ ‫މަގުފަހިވެއެވެ‪ .‬މިކަމާ ގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކޮށްފައިވާއިރު‪ ،‬މި ޤާނޫނަށް‬ ‫އަލުން އިޞްލާޙު ގެންނަން ރައީސް ނިންމަވާފައިވެއެވެ‪ .‬ޖަނަވަރީ ‪ 2023‬ގައި ހެއްކާބެހޭ ޤާނޫނަށް ޢަމަލުކުރަން ފަށާއިރު‪،‬‬ ‫ޤާނޫނަށް މި އިޞްލާޙު ގެނެސްފައި ނުވާކަން ފާހަގަކުރަމެވެ‪.‬‬ ‫‪22223‬ނޫސްވެރިން ލިޔާލިޔުންތަކާ ގުޅިގެން ފުރައްސާރަކުރުމާ ކުރިމަތިލާންޖެހޭކަން ފާހަގަކުރެވިފައިވެއެވެ‪ .‬ނޫސްވެރިންނަށް ބިރުދެއްކުމާއި‬ ‫ނޫސްވެރިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބެލުމަށް ފުލުހުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބޭކަން ފާހަގަކުރަމެވެ‪.‬‬ ‫‪22224‬މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ދިނުމާ އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޤާނޫނު‬ ‫އަސާސީއިންނާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުން ކަށަވަރުވެފައިވާ ޙައްޤުތަކެވެ‪ .‬މަޢުލޫމާތު ދިނުމާއި‬ ‫މަޢުލޫމާތު ހޯދުމުގެ ޙައްޤު ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރުތެރޭގައި ކޮށްފައިވެއެވެ‪.‬‬ ‫ނަމަވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެކި އެކި‬ ‫ބަދަލުތައް އައިސްފައިވާއިރު‪ ،‬ބައެއް ބަދަލުތަކުގެ ސަބަބުން މި ޙައްޤު ހަނި ކުރުމަށް މަގުފަހިވެފައިވެއެވެ‪.‬‬ ‫‪ 15.15.1‬މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ލިބިގަތުން‬ ‫‪22225‬ދިވެހި ރާއްޖޭގެ ހިއުމަން ރައިޓްސް ރިޕޯޓު ‪ ،2022‬ގެ މުއްދަތުގައި ޤާނޫނު ނަންބަރު ‪( 1/2014‬މަޢުލޫމާތު ހޯދައި ލިބިގަތުމުގެ‬ ‫ޙައްޢުގެ ޤާނޫނުގެ) ދަށުން ‪ 202‬ޝަކުވާ އާއި ‪ 39‬އިލްތިމާސްއާއެކު‪ ،‬ޖުމުލަ ‪ 241‬މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ‬ ‫އޮފީސް (އައިކޮމް) އިން ބަލާފައިވެއެވެ‪.‬‬ ‫‪218‬‬ ‫އައިކޮމް އަށް ހުށަހެޅުނު މައްސަލަތަކަކީ އިންފޮމޭޝަން އޮފިސަރު ޖަވާބު ނުދީގެން‬ ‫ހުށަހަޅާ މައްސަލަތަކާއި މުރާޖަޢާ ކޮމިޓީގެ ނިންމުން ނުލިބިގެން ހުށަހަޅާ މައްސަލަތަކާއި މުރާޖަޢާ ކޮމިޓީގެ ނިންމުމާ މެދު‬ ‫ހިތްހަމަނުޖެހޭތީ ހުށަހަޅާ މައްސަލަތައްކަން ފާހަގަކުރެވުނެވެ‪.‬‬ ‫‪219‬‬ ‫‪22226‬މި މުއްދަތުގެ ތެރޭގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެއްވެސް އިދާރާއަކަށް ފިޔަވަޅުއަޅާފައި ނެތްނަމަވެސް‬ ‫ރަގަޅުކުރަންޖެހޭ ‪ 143‬ކަމެއް އެކި އިދާރާތަކަށް އަންގާފައިވާކަން ލިބުނު މަޢުލޫމާތުން ފާހަގަކުރެވުނެވެ‪.‬‬ ‫‪220‬‬ ‫‪78‬‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬

Select target paragraph3