‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫‪1313‬ޖަމްޢިއްޔާ ޖަމާޢަތްތައް ހެދުމުގެ މިނިވަންކަން‬ ‫ޤާނޫނުއަސާސީގެ ‪ 30‬ވަނަ މާއްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން‪ ،‬ޖަމްއިއްޔާ ޖަމާއަތްތައް ހެދުމުގެ މިނިވަންކަން ކޮންމެ މީހަކަށް‬ ‫ލިބިގެންވެއެވެ‪ .‬ހަމަ މިފަދައިން‪ ،‬ޤާނޫނު ނަންބަރު ‪( 3/2022‬ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން ޖަމްޢިއްޔާތައް އެކުލަވާލުމުގެ‬ ‫ފުރުޞަތު ކޮންމެ ފަރާތްތަކަށްވެސް ލިބިދީފައިވެއެވެ‪ .‬މަސައްކަތްކުރާ އެކްޓިވިސްޓުންނާއި ދީނީ ހަރުކަށި ފަރާތްތަކުން މަދަނީ ޖަމިއްޔާތަކަށް‬ ‫އަމާޒުކޮށް އިންޒާރުދީ ސޯޝަލް މީޑިއާގައި ބައެއް ޖަމުޢިއްޔާ އުވައިލަން ގޮވައިލައި ކެމްޕޭނެއް ކުރިއަށް ގެންގޮސްފައިވެއެވެ‪ .‬ޤާނޫނު‬ ‫އަސާސީގައި މަސައްކަތްތެރިންނަށް ޖަމިއްޔާ ޖަމާއަތްތައް އުފެއްދުމުގެ މިނިވަންކަން ކަނޑައަޅާފައި ވީނަމަވެސް‪ ،‬އެއްވެސް ތަފާތުކުރުމެއްނެތި‬ ‫ޔޫނިއަންތައް ރަޖިސްޓްރީކޮށް ހިންގުމަށާއި‪ ،‬މިފަދަ ޖަމާއަތްތަކުގެ ޙައްޤުތައް ހިމާޔަތްކުރުމަށް ވަކި ގާނޫނެއް އެކުލަވައިލެވިފައި ނުވާކަމާއި‪،‬‬ ‫ޖަމިއްޔާ ޖަމާއަތްތަކަށް ނިސްބަތްވުމާއި‪ ،‬ހަޅުތާލުކުރުމުގެ ޙައްޤު ބައެއް ސެކްޓާތަކުގެ މުވައްޒަފުންނަށް ހަނިކުރެވިފައިވެއެވެ‪.‬‬ ‫‪20209‬ޤާނޫނުއަސާސީގެ ‪ 30‬ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން‪ ،‬ޖަމްޢިއްޔާ ޖަމާޢަތްތައް ހެދުމުގެ މިނިވަންކަން ކޮންމެ‬ ‫މީހަކަށް ލިބިގެންވެއެވެ‪ .‬އެގޮތުން‪ ،‬އިޤްތިޞާދީ‪ ،‬އިޖްތިމާޢީ‪ ،‬ތަޢުލީމީ‪ ،‬ޘަޤާފީ މަޤްޞަދުތަކަށްޓަކައި‪ ،‬ޖަމްޢިއްޔާ ނުވަތަ ޖަމާޢަތް‬ ‫އުފައްދައި‪ ،‬އެފަދަ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުގައި ބައިވެރިވުމުގެ ޙައްޤާއި‪ ،‬މަސައްކަތްތެރީންގެ ޖަމްޢިއްޔާތައް އުފެއްދުމާއި‪،‬‬ ‫އެފަދަ ޖަމްޢިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ޙައްޤު ލިބިދީފައިވެއެވެ‪.‬‬ ‫‪213‬‬ ‫‪21210‬މަދަނީ ޖަމްޢިއްޔާތަކަށް އަމާޒުކޮށް އެކްޓިވިސްޓުންނާއި ދީނީ ހަރުކަށި ފަރާތްތަކުން ދޭ އިންޒާރުތަކާ ގުޅިގެން އެ ފަރާތްތައް‬ ‫ރައްކާތެރިކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވެއެވެ‪ 2021 .‬ވަނަ އަހަރުގެ އޮގަސްޓުމަހު ޓްރާންސްޕޭރެންސީ‬ ‫މޯލްޑިވްސްއާ ދެކޮޅަށް އަމާ��ުކޮށް ސޯޝަލް މީޑިއާ ކެމްޕޭނެއް ހިންގާފައިވެއެވެ‪ .‬މިފަދަ ކެމްޕޭނެއް ކުރިއަށް ގެންގޮސްފައިވަނީ‪،‬‬ ‫މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ ގުޅިގެން މަސައްކަތްތަކެއް ކުރުމަށް އިޢުލާން ކުރުމާ‬ ‫ގުޅިގެންނެވެ‪ .‬މިކެމްޕޭނުގައި ސަރުކާރުން މަދަނީ ޖަމްޢިއްޔާތަކާ ގުޅިގެން ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ސެކިއުލަރ‬ ‫ކުރަން އުޅޭކަމަށް ތުހުމަތުކޮށް‪ ،‬ޓްރާންސްޕޭރެންސީ މޯލްޑިވްސް އުވާލަން ގޮވާލައި ކެމްޕޭން ކުރިއަށް ގެންގޮސްފައިވާކަން‬ ‫ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪214‬‬ ‫‪21211‬ޤާނޫނު ނަންބަރު ‪( 3/2022‬ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން ޖަމްޢިއްޔާތައް އެކުލަވާލުމުގެ ފުރުޞަތު ކޮންމެ ފަރާތަކަށް‬ ‫ލިބިދީފައި ވީނަމަވެސް‪ ،‬ޖަމްޢިއްޔާތައް ހިންގާ ކޮމިޓީގެ އެންމެ އިސް ދެ މަޤާމުގައި އަދި ފައިސާއާބެހޭ ކަންކަމުގައި އެންމެ އިސް‬ ‫ފަރާތަކަށް ހަމަޖައްސަންވާނީ ދިވެހި ރައްޔިތެއްކަމުގައި ބަޔާންކޮށްފައި އޮތުމުން‪ ،‬ބިދޭސީ ފަރާތްތަކަށް ޖަމްޢިއްޔާތައް އެކުލަވާލުމުގެ‬ ‫ފުރުސަތު އޮތްނަމަވެސް އެ ޙައްޤު އެންމެ ފުރިހަމަގޮތުގައި ލިބުމުގައި ހުރަސްތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪21212‬ޤާނޫނު އަސާސީގައި މަސައްކަތްތެރިންނަށް ޖަމްޢިއްޔާ ޖަމާޢަތްތައް އުފެއްދުމުގެ މިނިވަންކަން ކަނޑައަޅާފައި ވީނަމަވެސް‪،‬‬ ‫އެއްވެސް ތަފާތުކުރުމެއްނެތި ޔޫނިއަންތައް ރަޖިސްޓްރީކޮށް ހިންގުމަށާއި‪ ،‬މިފަދަ ޖަމާޢަތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ވަކި‬ ‫ގާނޫނެއް އަދިވެސް އެކުލަވާލެވިފައި ނުވެއެވެ‪ .‬ނަތީޖާއެއްގެ ގޮތުން ޝަރުޢީ މަރުޙަލާތަކުގައި ޓްރޭޑް ޔޫނިއަންތައް ރަސްމީ‬ ‫ސިފައެއްގައި ބަލައިގަތުމަށް ދެކޮޅުހަދާކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪215‬‬ ‫‪21213‬ޖަމްޢިއްޔާ ޖަމާޢަތްތަކަށް ނިސްބަތްވުމާއި‪ ،‬ހަޅުތާލުކުރުމުގެ ޙައްޤު ބައެއް ސެކްޓަރތަކުގެ މުވައްޒަފުންނަށް ހަނިކުރެވިފައިވެއެވެ‪.‬‬ ‫‪74‬‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬

Select target paragraph3