‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫‪18186‬ވަޒީފާދޭ ފަރާތުން މުސާރަ ނުދިނުމުގެ މައްސަލަތައް ބަންގްލަދޭޝް މަސައްކަތްތެރިންނަށް ތަކުރާރުކޮށް ކުރިމަތިވާކަން‬ ‫ފާހަގަކުރެވެއެވެ‪.‬‬ ‫‪182‬‬ ‫މިގޮތުން ބައެއް ބަންގްލަދޭޝް މަސައްކަތްތެރިންނަށް މުސާރަ ނުދީ ދިގު މުއްދަތަކަށް މަސައްކަތްކުރުވުމަށްފަހު‬ ‫ކުޑަ މުސާރައެއް ދީފައިވާކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪183‬‬ ‫ވަޒީފާދޭ ފަރާތުން އެއްބަސްވެފައިވާ މުސާރަ ނުލިބުމުން ބަންގްލަދޭޝް‬ ‫މަސައްކަތްތެރިން އެމީހުން ކޮމިޝަންގެ ގޮތުގައި ދެއްކި ފައިސާ ހޯދުމަށްޓަކައި ކޮންމެ މަސައްކަތެއް ކުރަންވެސް ތިބެނީ‬ ‫މަޖުބޫރުވެފައި ކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪184‬‬ ‫މިކަމުގެ ސަބަބުން ބައެއް ބަންގްލަދޭޝް މަސައްކަތްތެރިން މިހާރު މަސައްކަތްކުރަމުން‬ ‫ދަނީ އަމިއްލައަށް ވަޒީފާ ހޯދައިގެން ނުވަތަ އެމީހުން ދިވެހިރާއްޖެއަށް އަދާކުރުމަށް އައި ވަޒީފާގައި ނޫންކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪185‬‬ ‫މިކަމުގެ ސަބަބުން ބައެއް ބަންގްލަދޭޝް މަސައްކަތްތެރިންނަށް ރަސްމީ ލިޔެކިޔުމެއްނެތި މަސައްކަތްކުރުމަށް މަޖުބޫރުވެފައިވެއެވެ‪.‬‬ ‫‪11.11.3‬ރަސްމީ ލިޔެކިޔުން‬ ‫‪18187‬ބިދޭސީ މަސައްކަތްތެރިންގެ ޕާސްޕޯޓް ރައްކާތެރިކުރުމުގެ ނިޔަތުގައި ވަޒީފާދޭ ފަރާތްތަކުން ބަލަހައްޓަމުންދާއިރު ބައެއް ބިދޭސީ‬ ‫މަސައްކަތްތެރިންގެ ޕާސްޕޯޓް ވަޒީފާދިން އޭޖަންސީއިން އެމީހުންގެ ރުހުމަކާނުލާ އަތުލާކަމަށް ފާހަގަކުރެވެއެވެ‪.‬‬ ‫‪186‬‬ ‫‪18188‬އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޯރ މައިގްރޭޝަނުން ޝާއިޢުކޮށްފައިވާ މައިގްރޭޝަން އިން މޯލްޑިވްސް ‪ 2018‬ގައި‬ ‫ފާހަގަކޮށްފައިވާ ގޮތުން ބިދޭސީންނަށް ވަޒީފާދޭ ބައެއް ފަރާތްތަކުން މަސައްކަތްކުރުމަށް ބޭނުންވާ ޢަދަދަށްވުރެ ގިނައިން ބިދޭސީ‬ ‫މަސައްކަތްތެރިން މި ގައުމަށް ގެނައުމަށް ހޯދާ ހުއްދަ އެހެން ވަޒީފާދޭ ފަރާތްތަކާ ސަބްކޮންޓްރެކްޓްކުރުމުގެ ސަބަބުން ބިދޭސީ‬ ‫މަސައްކަތްތެރިންގެ ނާޖާއިޒު މަންފާ ހޯދުމުގެ ފުރުޞަތު ބޮޑުވެއެވެ‪.‬‬ ‫‪187‬‬ ‫މިގޮތުން ވަޒީފާދޭ ފަރާތުން ދޭ އުޖޫރައަށްވުރެ ރަނގަޅު‬ ‫އުޖޫރައެއް ލިބޭނެކަމުގެ އުންމީދުގައި ބައެއް ބިދޭސީ މަސައްކަތްތެރިން ވަޒީފާދޫކޮށްފައި ދާކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪188‬‬ ‫އަދި މިގޮތަށް‬ ‫އެހެން ވަޒީފާދޭ ފަރާތެއް ހޯދައިގެންދާއިރު ބިދޭސީ މަސައްކަތްތެރިން އެމީހުންގެ ރަސްމީ ލިޔެކިޔުމުގެ ކަންކަން ހަމަޖެއްސުމަށް‬ ‫އަމިއްލައަށް ފައިސާ ދައްކާކަން ބައެއް ބިދޭސީ މަސައްކަތްތެރިން ފާހަގަކޮށްފައިވެއެވެ‪ .‬މިފަދަ ބައެއް ހާލަތުގައިވެސް ރަސްމީ‬ ‫ލިޔެކިޔުމުގެ ކަންކަން މަދުން ނަމަވެސް ހަމަޖެހިފައިނުވާކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪189‬‬ ‫‪18189‬ދިވެހިރާއްޖޭގައި ޞައްޙަ ލިޔެކިޔުމެއްނެތި ‪ 63000‬ބިދޭސީ މަސައްކަތްތެރިން ތިބިކަމަށް ލަފާކުރެވޭކަމަށް ‪ 2019‬ވަނައަހަރު‬ ‫މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ‪.‬‬ ‫‪190‬‬ ‫މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ‪ 19‬ސެޕްޓެންބަރު ‪2019‬‬ ‫ގައި ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ފަށާފައިވެއެވެ‪.‬‬ ‫‪191‬‬ ‫ބިދޭސީންގެ ސެލްފް ރެގިއުލަރައިޒޭޝަން ޕްރޮސެސް މިނިސްޓްރީ‬ ‫އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުއްޓާލާފައިވިޔަސް މިހާރު ބިދޭސީން ރެގިއުލަރައިޒްކުރަމުން ދަނީ އެމްޕްލޯޔަރުންގެ ފަރާތުން‬ ‫އަންނަ ރިކުއެސްޓްތައް މެދުވެރިކޮށް ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ‪.‬‬ ‫މިގޮތުން މިހާތަނަށް ޖުމްލަ ‪ 43787‬މީހުން ރެގިއުލަރައިޒްކުރުމަށް ރެޖިސްޓަރކޮށްފައިވާއިރު މީގެ ތެރެއިން ރެޖިސްޓަރީ‬ ‫ކޮށްފައި ވަނީ ‪ 44%‬މީހުންނެވެ‪ .‬އަދި ބިދޭސީން އަމިއްލައަށް އެދިގެން އަނބުރާ ޤައުމަށް ފޮނުވާލާފައިވަނީ ‪8938‬‬ ‫މީހުންނެވެ‪ .‬ރެގިއުލަރައިޒޭޝަން ޕްރޮގްރާމް (ރަޖިސްޓްރޭޝަން މަރުހަލާ)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ‪43،787‬‬ ‫ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ‪ 3،828‬ބިދޭސީ މަސައްކަތްތެރިންނަކީ އެއްވެސް އައިޑެންޓިފިކޭޝަން ޑޮކިއުމެންޓެއް‬ ‫ނެތް ފަރާތްތައް ކަމަށްވާތީ ވަޒީފާދޭނެ ފަރާތެއް މެދުވެރިކޮށް ރެގިއުލަރައިޒޭޝަނަށް އެދުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް‬ ‫ޑިވެލޮޕްމަންޓުން އެމީހުންނަށް އަންގާފައިވެއެވެ‪.‬‬ ‫‪192‬‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬ ‫‪67‬‬

Select target paragraph3