‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫‪17178‬ޖިންސީ ފުރައްސާރައާބެހޭ ގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ހުށަހަޅާފައިވާ މައްސަލަތައް މަދުކަން ފާހަގަކުރެވެއެވެ‪.‬‬ ‫ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ހުށަހެޅިފައިވާ މައްސަލަތަކަށް ރިޢާޔަތްކުރާއިރު ‪ 2020‬ވަނައަހަރު ހުށަހަޅާފައިވާ މައްސަލައަކީ‬ ‫ވަޒީފާ ދިން ފަރާތުން ޖިންސީ ފުރައްސާރަކުރުން ހުއްޓުވުމުގެ ކޮމިޓީ އުފައްދާފައިނުވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ‪.‬‬ ‫އަދި ‪ 2021‬ވަނަ އަހަރު ޖިންސީ ފުރައްސާރަކޮށްފައިވާކަމަށް ބުނެ މައްސަލައެއް ހުށަހަޅާފައިވެއެވެ‪ .‬މިކޮމިޝަނުން‬ ‫ޝާއިޢުކޮށްފައިވާ 'ރިފްލެކްޓިން ‪ 15‬ޔިއަރސް ދަ ރައިޓްސް ސައިޑް އޮފް ލައިފް' ‪ 2019‬ގައި ފާހަގަކޮށްފައިވާ ގޮތުން ޖިންސީ‬ ‫ފުރައްސާރަކުރުމާގުޅޭ މައްސަލަތައް ރިޕޯޓުކުރުމަށް ފަސްޖެހޭކަން ފާހަގަކުރެވެއެވެ‪ .‬ދިރާސާގެ ބައިވެރިން ވަނީ އެއީ އެކަށީގެންވާ‬ ‫ސީރިއަސް މައްސަލައެއް ކަމަށް މީހުން ޤަބޫލުނުކޮށްފާނެތީއާއި އާދައިގެ ކަމެއްގެ ގޮތުގައި ދެކި އެފަދަ މައްސަލަ ދޫކޮށްލާކަން‬ ‫ފާހަގަކޮށްފައެވެ‪ .‬މި ރިޕޯޓުން ދައްކާގޮތުން ވަޒީފާގެ މާހައުލުގައި ‪ 1.2%‬މީހުންނަށް ނުރުހުމުގައި ޖިންސީ ބޭނުން ފުއްދުމަށް‬ ‫މަޖުބޫރުކުރުން ނުވަތަ އެކަމަށް މަސައްކަތް ކޮށްފައިވެއެވެ‪.‬‬ ‫‪172‬‬ ‫‪17179‬ލޭބަރ ރިލޭޝަންސް އޮތޯރިޓީން ޖުމްލަ ‪ 486‬އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވާއިރު މީގެ ތެރެއިން ‪271‬‬ ‫އިންސްޕެކްޝަންތަކަކީ ކުރިން ދުރާލާ އެންގުމަކާނުލައި ކުރިއަށް ގެންގޮސްފައިވާ އިންސްޕެކްޝަންތަކެވެ‪ .‬މި ހުރިހާ‬ ‫އިންސްޕެކްޝަންތަކުން ކޮންމެވެސް މިންވަރަކަށް ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުވެފައިވާކަން ފާހަގަވެފައިވާއިރު ‪ 61‬ވަޒީފާދޭ ފަރާތަކަށް‬ ‫ފިޔަވަޅުއަޅާފައިވާކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ‪ .‬އެންމެ ގިނައިން ފާހަގަވެފައިވަނީ‬ ‫ވަޒީފާއާބެހޭ އެއްބަސްވުމާއި ވަޒީފާގެ ބަޔާނާއި ހާޒިރީއާ ގުޅުންހުރި މައްސަލަތަކެވެ‪ .‬ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް‬ ‫ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ބަޖެޓްގެ ދަތިކަމާއި އިންސްޕެކްޝަންތަކާ ގުޅޭގޮތުން ތަމްރީން ޕްރޮގްރާމްތަކަށް‬ ‫ފުރުޞަތު ތަނަވަސް ވެފައިނެތުމުގެ އިތުރުން މުއާމަލާތު ކުރުމުގައި ދިމަވާ ހުރަސްތައް ހިމެނޭކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪173‬‬ ‫‪18180‬ހަމައެހެންމެ‪ ،‬ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅިފައިވާ މައްސަލަތަކަށް ރިޢާޔަތްކުރާއިރު އެންމެ ގިނައިން ހުށަހެޅިފައިވަނީ‬ ‫ނުޙައްޤުން ވަޒީފާއިން ވަކިކުރުމުގެ މައްސަލަތަކެވެ‪ .‬މީގެ އިތުރުން ވެސް މުސާރައާއި އުޖޫރައާބެހޭ މައްސަލަތައް ހުށަހަޅާފައިވާކަން‬ ‫ފާހަގަކުރެވެއެވެ‪.‬‬ ‫ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު މައްސަލަތައް‬ ‫‪250‬‬ ‫‪196‬‬ ‫‪200‬‬ ‫‪145‬‬ ‫‪48‬‬ ‫‪150‬‬ ‫‪65‬‬ ‫‪21‬‬ ‫އެހެނިހެން‬ ‫‪100‬‬ ‫‪42‬‬ ‫‪1‬‬ ‫އަންފެއަރ ޑިސްމިސަލް‬ ‫މުސާރައާއި އުޖޫރަ‬ ‫‪1‬‬ ‫ޕްރޮމޯޝަން‬ ‫‪7‬‬ ‫‪8‬‬ ‫ރެކްރޫޓްމަންޓް‬ ‫ޕްރެކްޓިސަސް‬ ‫‪2021‬‬ ‫‪62‬‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬ ‫‪2020‬‬ ‫‪50‬‬ ‫‪0‬‬

Select target paragraph3