ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
1010މަސައްކަތްކުރުމުގެ ޙައްޤު
މަސައްކަތްކުރުމުގެ ޙައްޤާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ މައްސަލަތަކުން ފާހަގަވާ ކަންކަމުގެ ތެރޭގައި ހިމެނެނީ
މުސާރައާއި އުޖޫރައާބެހޭ މައްސަލަތަކާއި ނުޙައްޤުން ވަޒީފާއިން ވަކިކުރުމުގެ އިތުރުން ވަޒީފާއާބެހޭ އެއްބަސްވުމާއި ވަޒީފާ ބަޔާނާއި
ހާޒިރީއާއި ގުޅުންހުރި މައްސަލަތަކެވެ.
އަންހެނުން އިޤްތިޞާދީ ގޮތުން ހަރަކާތްތެރިވުމަށް މަގުފަހިކުރުމުގެ ގޮތުން ޑޭކެއަރ ސެންޓަރުތައް އަތްފޯރާފަށުގައި ހިންގުމަށް ދައުލަތުން
ކުރިއަށް ގެންގޮސްފައިވާ މަސައްކަތްތަކުގެ ނަތީޖާއެއް ނެރެވިފައިނުވާކަން ފާހަގަކުރެވެއެވެ .އަދި އެހެންމީހުންނާ އެއްހަމައެއްގައި އެއްވެސް
ތަފާތުކުރުމެއްނެތި ފަސޭހަކަމާއެކު މަސައްކަތްކުރުމުގެ މަގު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތަނަވެސްކުރުމަށް އިތުރު މަސައްކަތްތަކެއް
ކުރަންޖެހެކަން ފާހަގަކުރަމެވެ.
16169ވަޒީފާއާބެހޭ ޤާނޫނުގައި ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ އަސާސީ އުޞޫލުތައް ކަނޑައަޅައި ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ
ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައަޅައި އެ ޙައްޤުތައް ހިމާޔަތްކޮށްދިނުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީއަކާއި
ވަޒީފާއާބެހޭ ޓްރައިބިއުނަލެއް ޤާއިމުކޮށް އަދި މިނޫންވެސް ވަޒީފާއާ ބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމަށް
ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.
152
އަދި ޤާނޫނު ނަންބަރު ( 22/2020ޤާނޫނު ނަންބަރު ( 2/2008ވަޒީފާއާބެހޭ
ޤާނޫނު) އަށް 6ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އެންމެ ކުޑަ އުޖޫރަ
ކަނޑައަޅައި ޢަމަލުކުރަންވާނެ މުއްދަތުތައް ކަނޑައަޅާފައިވެއެވެ.
153
17170ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ކުރިއަށް ގެންގޮސްފައިވާ ''އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސާރވޭ 2019
ގެ މަސައްކަތްތެރިކަން'' ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ރާއްޖޭގެ އިދާރީ ރަށްރަށުގެ އާންމު ގޭބިސީތަކުގައި ދިރިއުޅޭ 15
އަހަރުން މަތީ ނުވަތަ މަސައްކަތްކުރާ ޢުމުރުފުރައިގެ އާބާދީގެ މަސައްކަތުގެ މައިދާނުގައި ހަރަކާތްތެރިވާ ފިރިހެނުންގެ ނިސްބަތް
އަންހެނުންނަށްވުރެ މަތިކަން (އަންހެނުން 45.6%އަދި ފިރިހެނުން )77.1%ފާހަގަކޮށްފައިވެއެވެ.
ވަކިން ބޮޑުކަން ފާހަގަކޮށްފައިވެއެވެ.
155
154
މިތަފާތު މާލޭގައި
އަންހެނުންގެ ތެރެއިން ގިނަ ބަޔަކަށް ގޭތެރޭގެ މަސައްކަތާއި ދަރިން އަދި ޢާއިލާގެ
މެމްބަރުންގެ ޚިދުމަތުގައި އަދާކުރާ ދައުރު އަދި މަސްއޫލިއްޔަތު ބޮޑުވުމުން މަސައްކަތުގެ މައިދާނުގައި ހަރަކާތްތެރިވުމަށް
ގޮންޖެހުންތަކާ ކުރިމަތިވާކަން ފާހަގަކޮށްފައިވެއެވެ.
156
އާމްދަނީ ނުލިބޭ އުފެއްދުންތެރި މަސައްކަތުގައި އަންހެނުން ހޭދަކުރާ
ވަގުތު ގިނައެވެ .މިގޮތުން އަންހެނުން ވަގުތު ހޭދަކުރާ ކަންކަމުގެ ތެރޭގައި ،ގިނަ ދުވަހު ބެހެއްޓޭފަދަ ކާބޯތަކެތި ހެދުން،
ގޭބިސީގެ ބޭނުމަށް ދަނޑުވެރިކަން ކުރުން ،ފެހުންފަދަ ކަންތައް ހިމެނޭކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
157
17171މަސައްކަތްނުކުރާ ،ތަޢުލީމް އަދި ތަމްރީންތަކުގައި ވެސް ނޫޅޭ އާބާދީއަކީ 29 %ކަމަށްވާއިރު
158
އަންހެނުންކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
159
މީގެ ތެރެއިން ގިނައީ
އަންހެނުންގެ ގިނަ ވަގުތު ގޭތެރޭގެ މަސައްކަތުގައާއި ޢާއިލާގެ ޚިދުމަތުގައި
ހޭދަވެގެން ދިއުމަކީ މިކަމުގެ ސަބަބަކަށްވެއެވެ.
17172ގޭތެރޭ މަސައްކަތާއި ކުދިން ބެލުން ފަދަ ކަންތަކުގައި އަންހެނަކު އެވްރެޖްކޮށް ދުވާލަކު ހޭދަކުރާ ގަޑިއިރު ފިރިހެނުންނަށްވުރެ
މަތިކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
160
ގޭތެރޭގެ މަސައްކަތާއި ކުދިން ބެލުން ފަދަ ކަންތަކުގައި އަންހެނަކު އެވްރެޖްކޮށް
ދުވާލަކު 4ގަޑިއިރު ހޭދަކުރާއިރު ފިރިހެނުން ދުވާލެއްގެ މައްޗަށް ހޭދަކުރަނީ 2ގަޑިއިރެވެ.
60
ހިއުމަން ރައިޓްސް ރިޕޯޓް 2022
161
އަންހެނުން އިޤްތިޞާދީ