ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ޕްލޭންކުރެވިފައިވާކަން ފާހަގަކުރެވެއެވެ.
132
14140މެންޓަލް ހެލްތް ބިލަށް ހިއުމަން ރައިޓްސް ކޮމިޝަނުން ކޮމެންޓްކޮށް 2020 ،ވަނަ އަހަރުގައި މި ކޮމެންޓްތައް މިނިސްޓްރީ
އޮފް ހެލްތާވަނީ ހިއްސާކޮށްފައެވެ .އެ ގޮތުން ޤާނޫނުގެ ބައެއް މާއްދާތަކަށް ހަވާލާދީ އެކުލަވާލަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ
ޤަވާޢިދު އެކުލަވާލަންޖެހޭ މުއްދަތާއި ޤަވާޢިދު އެކުލަވާލާނޭ ބެލެނިވެރި މުއައްސަސާއެއް މި ޤާނޫނުގައި ހިމެނުމުގެ މުހިއްމުކަން
ފާހަގަކުރުމާއި ،މިޤާނޫނުގެ 37ވަނަ މާއްދާގައި ސައިކޭޓްރިސްޓުންގެ ފަރާތުން ޚިދުމަތް ހޯދުން ބަޔާންވެފައި އޮތުމުން ،ޞިއްޙީ
ދާއިރާގައި ސައިކިއޭޓްރިސްޓުންގެ ޢަދަދު އިތުރު ކުރުމަކީ މުހިއްމު ކަމެއް ކަމުގައި ފާހަގަކޮށްފައިވާނެއެވެ.
133
'14141ނެޝަނަލް މެންޓަލް ހެލްތު ޕޮލިސީ '2015-2025
މިނިސްޓްރީ އޮފް ހެލްތުން އެކުލަވާލާފައި ވީނަމަވެސް ،ނަފްސާނީ
ޞިއްޙަތާގުޅޭ ބިލު ތަޞްދީޤުވެފައި ނުވުމަކީ މި ޕޮލިސީ ތަންފީޛުކުރުމަށްޓަކައި ޤާނޫނީ ބާރު ލިބިދިނުމަށް އޮތް ހުރަހެއްކަމުގައި
ފާހަގަކުރަމެވެ.
7.27.2ޖިންސީ ދުޅަހެޔޮކަމާއި އުފަންވަނިވި ޞިއްހަތު
14142ޖިންސީ ދުޅަހެޔޮކަމާއި އުފަންވަނިވި ޞިއްޙަތާގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ސްޓޭކްހޯލްޑަރުންނާ ގުޅިގެން
ކުރެވެމުން އަންނަކަމަށާއި ،ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅޭ ފަރާތްތަކަށް ޕްރިވެންޓިވް ޕްރޮގްރާމްތައް މުޖުތަމަޢުގައި
މަސައްކަތްކުރާ ޖަމްޢިއްޔާތައް މެދުވެރިކޮށް ކުރިއަށް ގެންދެވޭކަމަށް މިނިސްޓްރީ އޮފް ހެލްތުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.
އެހެންނަމަވެސް ،އެކަށީގެންވާ ފެންވަރެއްގައި މިފަދަ ޕްރޮގްރާމްތައް ކުރިއަށް ނުގެންދެވޭކަމާއި ،ޚާއްޞަކޮށް މިފަދަ ހޭލުންތެރިކަން
އެންމެ ބޮޑަށް ބޭނުންވާ މީހުންނަށް މި މަޢުލޫމާތާއި ،ވަސީލަތްތައް ލިބެން ނެތްކަން ފާހަގަކުރެވިފައިވެއެވެ.
134
201814143ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތުން އާންމުކޮށްފައިވާ 'މޯލްޑިވްސް ޑެމޮގްރެފިކް ހެލްތް ސަރވޭ' އިން ދައްކާގޮތުން 15��
އަހަރާއި 49އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން 13%މީހުންނަކީ ޚިތާނު ކޮށްފައިވާ މީހުންނެވެ .އަންހެނުންގެ ތެރެއިން 45
އަހަރާއި 49އަހަރާ ދެމެދުގެ މީހުންގެ ތެރެއިން 38%މީހުންނަކީ ޚިތާނު ކޮށްފައިވާ މީހުންނެވެ .އިސްލާމްދީނުގައި ޚިތާނުކުރުމަކީ
ކުރަންޖެހޭކަމެއް ކަމުގައި ހިތާނު ކޮށްފައިވާ އަންހެނުންގެ ތެރެއިން 10%މީހުން ގަބޫލުކުރާކަން ފާހަގަކުރެވިފައިވާއިރު،
އަންހެނުންނާއި އަންހެންކުދިން ޚިތާނުކުރުމަކީ ޤާނޫނީ ކުށެއްކަމުގައި މިހާތަނަށް ކަނޑައަޅާފައިނުވާކަން ފާހަގަކުރެވެއެވެ.
135
14144ޒުވާނުންނަށާއި ،ކުޑަކުދިންނަށް އުފަންވަނިވި ޞިއްޙަތާގުޅޭ މަޢުލޫމާތު ލިބުމުގެ މުހިއްމުކަން ފާހަގަކުރެވިފައިވީ ނަމަވެސް،
ޢުމުރާ އެކަށޭނަ ޖިންސީ ދުޅަހެޔޮކަމާއި ،އުފަންވަނިވި ޞިއްޙަތާގުޅޭ މަޢުލޫމާތު ލިބޭނޭ ނިޒާމެއް ގާއިމުވެފައި ނުވާކަން
ފާހަގަކުރެވެއެވެ.
136
އަދި އުފަންވަނިވި ޞިއްޙަތާގުޅިގެން ލިބެންހުރި ޚިދުމަތްތަކުގެ މަޢުލޫމާތު ޢާންމުންނަށް އެނގިފައިވާ
މިންވަރު ކުޑަކަން 2021ވަނަ އަހަރުގެ ރިޕޯޓުގައި ފާހަގަކުރެވިފައިވީ ނަމަވެސް ،މި ކަމަށް ހޭލުންތެރިކުރުމަށް އެކަށީގެންވާ
މަސައްކަތްތަކެއް ކުރެވިފައިނުވާކަން ފާހަގަކުރެވިފައިވެއެވެ.
137
7.37.3ޑްރަގް އެޑިކްޝަން
14145އެންޑީއޭއިން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން އެކަށީގެންވާ މަޢުލޫމާތު ލިބެމުންނުދާކަމަށާއި ،މަސްތުވާތަކެތި ބޭނުންކުރާ މީހުން
ހޭލުންތެރިކުރުމަށް އެންޑީއޭއިން މުޖުތަމަޢުގައި ޕްރޮގްރާމެއް ކުރިއަށްގެންދާކަން އެނގިފައިނުވާކަމަށް މަސްތުވާތަކެތި ބޭނުންކުރާ
ބައެއް ފަރާތްތަކުން މަޢުލޫމާތުދީފައިވެއެވެ.
138
14146އެންޑީއޭގެ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުން އަމިއްލަ އިޚްތިޔާރުގައި ފަރުވާ ހޯދުމަށްދާ މީހުންނަށް ފުރުސަތުލިބުމުގައި
52
ހިއުމަން ރައިޓްސް ރިޕޯޓް 2022