ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
އަތޮޅުގައި މިހާރުވެސް ސާމްޕަލް ޓްރާސްފަރ ކުރުމުގެ މަސައްކަތް އާރްޓީއެލް މެދުވެރިކޮށް ކުރިއަށްދާކަމާއި ،ފެރީގެ ޚިދުމަތް
ލިބެން ނެތް ރަށްރަށުގައި ސާމްޕަލް ޓްރާންސްފަރގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރެވެމުން އަންނަކަން
ފާހަގަކުރެވިފައިވެއެވެ.
124
7.17.1މެންޓަލް ހެލްތް
13133ސަރުކާރުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި ޞިއްޙީ 9ދާއިރާއަކަށް އިސްކަންދީފައިވާއިރު މީގެތެރޭގައި ނަފްސާނީ
ދުޅަހެޔޮކަން ހިމެނިފައިވެއެވެ .މި ޕޮލިސީގެ ދަށުން ނަފްސާނީ ބަލިތަކަށް މުޖުތަމަޢުން ދޭ އަހައްމިއްޔަތުކަން އިތުރުކޮށް،
ނަފްސާނީ ދުޅަހެޔޮކަމާގުޅޭގޮތުން އާންމުން ހޭލުންތެރިކޮށް ،ތަފާތު ނަފްސާނީ ބަލިތަކަށް ރަނގަޅު ފެންވަރުގެ ފަރުވާ ލިބުމުގެ
ފުރުޞަތު ފަހިކޮށްދިނުމަށް ވަނީ ހިމަނާފައެވެ.
125
13134ދިވެހި މުޖްތަމަޢުގައި ނަފްސާނީ ދުޅަހެޔޮކަމާގުޅޭގޮތުން އެންމެ އެކަށީގެންވާ މިންވަރަށް އާންމުން ހޭލުންތެރިވެފައި ނުވުމާއި،
ނަފްސާނީބައްޔާ ގުޅޭގޮތުން ނޭދެވޭ ނަޒަރިއްޔާތުން ދެކުމަކީ ނަފްސާނީ ޞިއްޙަތު ކުރިއެރުވުމަށް ކުރިމަތިވާ ގޮންޖެހުންތަކެވެ.
126
އަދި ދިވެހިރާއްޖޭގައި ،ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށްޓަކައި އާންމުންނަށް ކުރިމަތިވާ ދަތިތަކުގެ ތެރޭގައި ޚިދުމަތްތައް
ލިބުން ލަސްވުމާއި އަމިއްލަ
ކްލިނިކްތަކުން ޚިދުމަތް ހޯދުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުން ހިމެނެއެވެ.
127
13135ސަރުކާރުގެ ޞިއްޙި ޚިދުމަތް ފޯރުކޮށްދޭ ނިޒާމުގެ ތެރެއިން ސެންޓަރ ފޯރ މެންޓަލް ހެލްތުންނާއި އައްޑޫ އިކުއެޓޯރިއަލް
ހޮސްޕިޓަލާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ ތެރެއިން ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ،ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް،
ލާމު ގަން ރީޖަނަލް ހޮސްޕިޓަލް އަދި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ސައިކިއެޓްރީގެ ޚިދުމަތް ލިބެއެވެ .އެހެންނަމަވެސް،
މިހޮސްޕިޓަލްތަކުންވެސް ނަފްސާނީ ބަލިތަކަށް ސައިކޮލޮޖީ ،ކައުންސެލިންގ އަދި އިތުރު ތެރަޕީގެ ޚިދުމަތް ލިބެންނެތްކަން
ފާހަގަކުރެވެއެވެ.
128
13136ނަފްސާނީ އަދި ސިކުނޑީގެ ބަލިތަކަށް ޑައިގްނޯޒްކޮށް ތެރަޕީ ހޯދުމަށް ޑޮކްޓަރުން އިރުޝާދު ދީފައި ވީނަމަވެސް ،އަތޮޅުތެރޭގައި
މި ޚިދުމަތްތައް ނުލިބޭކަން ފާހަގަކުރެވިފައިވެއެވެ.
129
13137ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަފްސާނީ ބަލީގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުން
2022ވަނަ އަހަރުން 2025ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ނަފްސާނީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ''ސެންޓްރަލް
އެންޑް ރީޖަނަލް މެންޓަލް ހެލްތް ޑިވެލޮޕްމެންޓް ޕްލޭން'' އެއް އެކުލަވާލާފައިވެއެވެ .މި ޕްލޭން އެކުލަވާލާފައިވަނީ މައިގަނޑު 5
ސްޓްރެޓިޖިކް އެކްޝަން ޕްލޭންގެ މައްޗަށެވެ .އެއީ ކޯޑިނޭޝަން އެންޑް ގައިޑެންސް (ލީޑަރޝިޕް) ،ރީޖަނަލް މެންޓަލް ހެލްތް
ޤާއިމްކުރުމަށްޓަކައި ސްޓިއަރިންގ ކޮމިޓީ އެކުލަވާލުން ،ނަފްސާނީ ބަލިތަކަށް މުޖްތަމަޢު ހޭލުންތެރިކުރުމަށްޓަކައި ތަފާސްހިސާބު
ބޭނުންކުރުން ،ރީޖަނަލް މެންޓަލް ހެލްތްގެ ރިވިއު ހެދުމާއެކު މޮނިޓަރިންގ އެންޑް އިވެލުއޭޝަން ކުރިއަށް ގެންދިޔުމާއި ރިސޯސް
މޮބިލައިޒްކުރުމެވެ.
130
13138ސެންޓްރަލް އެންޑް ރީޖަނަލް މެންޓަލް ހެލްތް ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން މެންޓަލް ހެލްތުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް
4ދަރަޖައެއް ކަނޑައެޅިފައިވެއެވެ .އެއީ ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައާއި ރީޖަނަލް ފެންވަރުގައާއި
ގްރޭޓަރ މާލެ
ސަރަހައްދުގެ ޓަރޝަރީ ހޮސްޕިޓަލް ފެންވަރުގައެވެ.
131
13139ނަފްސާނީ ޞިއްޙަތުގެ ދާއިރާ ތަރައްޤީކުރުމަށް މެންޓަލް ހެލްތު ސެންޓަރެއް ހުޅުމާލޭގައި ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވިފައިވާކަން
ފާހަގަކުރެވިފައިވެއެވެ .އަދި އައްޑޫ އިކުއެޓޯރަލް ހޮސްޕިޓަލުގައި މެންޓަލް ހެލްތް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް
ހިއުމަން ރައިޓްސް ރިޕޯޓް 2022
51