ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
12126އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުން ރަށްރަށުގެ ޞިއްޙީ މަރުކަޒުން ލިބެން ނުހުންނަ ޚިދުމަތްތައް ހޯދުމަށް ދަތުރުކުރަނީ އަތޮޅު
ހޮސްޕިޓަލުތަކަށެވެ .އަދި އަތޮޅުތެރެއިން ލިބެން ނުހުންނަ ޚިދުމަތްތައް ހޯދަމުންދަނީ މާލެއިންނެވެ .ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި
މާލެ އަށް ދަތުރުކުރަންޖެހުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތަކުލީފުބޮޑުކަމެކެވެ .ބޭސްފަރުވާ ކުރުމަށްޓަކައި މާލެއަށް
ދަތުރުކުރުމާއި ،ކެއިންބުއިމާއި ،ކުއްޔަށް ތަންތަން ހިފައިގެން ހުރުމާއި ،އަދި އެޕޮއިންޓްމަންޓް ނުލިބިގެން ޑޮކްޓަރަށް ނުދެއްކި
ގިނަދުވަސްވުމަކީ އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލީގޮތުންވެސް ބުރަ ކަމެކެވެ .ޚާއްޞަކޮށް ނިކަމެތި ފަގީރު
ޢާއިލާތަކަށް މިކަމުގެ ތަކުލީފު ބޮޑުވުމުގެ ސަބަބުން ،ބޭސް ފަރުވާ ހޯދަންޖެހޭ ކަންކަމުގައި އެކަށީގެންވާ ޞިއްޙީ ފަރުވާ ނުހޯދާ
ތިބޭކަން ފާހަގަކުރެވިފައިވެއެވެ.
118
12127އަތޮޅުތެރޭގެ ރަށްރަށުގައި އެކަށީގެންވާ ޞިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތް ދިނުމަށް
ބޭނުންވާ އާލަތްތައް ހެލްތް ސެންޓަރުތަކުގައި ލިބެން ނެތްކަމާއި އަތޮޅު ހޮސްޕިޓަލްތަކުގައިވެސް ބޭނުން ޖެހިފައިވާ މިންވަރަށް
ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ޞިއްޙީ ވަސީލަތްތައް ލިބެން ނުހުންނަކަން ކޮމިޝަނުން ކުރި މޮނިޓަރިންގ ދަތުރުތަކުން
ފާހަގަކުރެވިފައިވެއެވެ .އިންސާނީ ވަސީލަތްތައް މަދުވުމުގެ ސަބަބުން ކޮމިއުނިޓީ އައުޓްރީޗް ޕްރޮގްރާމްތައް ކުރިއަށް
ނުގެންދެވޭކަމާއި ،އެކަށީގެންވާ ބަޖެޓް ލިބިފައި ނެތުމަކީ އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމުގެ
ގޮތުގައި ހެލްތް ސެންޓަރުތަކުންނާއި އަތޮޅު ހޮސްޕިޓަލުތަކުން ފާހަގަކޮށްފައިވެއެވެ.
119
12128ރަށުގެ ބޭސްފިހާރައިން ލިބެންނުހުންނަ ބޭސް އެސްޓީއޯ ބޭސްފިހާރަ މެދުވެރިކޮށް އަތޮޅުގެ އެހެން ބޭސްފިހާރައަކުން ނުވަތަ
މާލެއިން ބޭސް ގެނެސްދޭ އުސޫލެއް ހަމަޖެހިފައި އޮންނަކަމާއި ،އެހެންނަމަވެސް މި ގޮތަށް ބޭސްލިބުމުގައި ގިނަދުވަސް
ވޭތުވެގެންދާކަމާއި ،އަތުގައިހުރި ބޭސް ހުސްވާއިރުވެސް ބައެއްފަހަރު ބޭސް ނުލިބޭކަމަށް މަޢުލޫމާތުދީފައިވެއެވެ.
120
12129ކޮންމެ ސްކޫލެއްގައިވެސް ކައުންސިލަރަކާއި ހެލްތް އޮފިސަރެއް ހުންނަ ގޮތަށް ސްކޫލްތަކުގެ އޮނިގަނޑު އޮތްނަމަވެސް
ރަށްރަށުގެ ސްކޫލުތަކުގައި ކައުންސިލަރުން އަދި ހެލްތްއޮފިސަރުން ނުތިބޭކަން ފާހަގަކުރެވިފައިވެއެވެ .މި މަގާމުތަކަށް
ބަޖެޓްކުރެވިފައިވީ ނަމަވެސް ،މަގާމަށް މުވައްޒަފުން ނެގުމަށް ފިނޭންސް މިނިސްޓްރީއިން ހުއްދަ ލިބުމުގައި ގޮންޖެހުންތައް
ހުރިކަމާއި ،އުނދަގޫތަކާއެކު ހުއްދަ ލިބިގެން އިއުލާނު ކުރުމުން ކުރިމަތިލާނެ މީހުން ނުވާކަމަށް މަޢުލޫމާތުދީފައިވެއެވެ.
121
މީގެ
ސަބަބެއްކަމުގައި ސުކޫލުތަކުން މަޢުލޫމާތު ދީފައިވަނީ ،މި ދާއިރާގެ ޕްރައިވެޓް ސެކްޓަރގެ މުސާރައާއި އިނާޔަތްތަކާ އަޅާބަލާއިރު
ސަރުކާރުގެ ސްކޫލުތަކުން ކައުންސިލަރުންނަށް ކަނޑައަޅާފައިވާ މުސާރައާއި ޢިނާޔަތްތައް ކުޑަވުން ކަމުގައެވެ.
13130ލ .ގަމުގައި ކެންސަރ ހޮ��ްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް ކުރެވެމުން އަންނަކަމާއި ،ތަރައްގީކުރާ ކެންސަރ ހޮސްޕިޓަލުގެ
ޓެކްނިކަލް ފީޒިބިލިޓީ ހަދައި ނިމި ،މިހާރު ކުރިއަށްދަނީ ހަދަންޖެހޭ އިތުރު ސްޓަޑީތައް ހެދުމުގެ މަސައްކަތްތައްކަން.
122
13131އަންނަ އަހަރު ދަޢުލަތުގެ ބަޖެޓް އެކުލަވާލުމުގައި ޞިއްޙީ ދާއިރާއަށް ޚާއްޞަ އިސްކަމެއް ދެވިގެންދާނެކަމާއި ،މި ބަޖެޓްގެ
ދަށުން ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ނުނިމި ހުރިކަންކަން ނިންމުމަށް ބޭނުންވާ ބަޖެޓް ހިމެނިގެންދާނެކަމާއި،
ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މި ދާއިރާއަށް ބޭނުންވާވަރަށް ފަންނީ މުވައްޒަފުން
ލިބިފައިނުވުންކަމުގައި ވުމާއެކު މިކަން ހައްލުކުރުމުގެ ގޮތުން ޞިއްޙީ ދާއިރާއަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އަންނަ
އަހަރުގެ ބަޖެޓުގައި ހިމެނިފައިވާކަމާއި ،ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްވެސް ޕްލޭންކުރެވިފައިވާކަން
ފާހަގަކުރެވިފައިވެއެވެ.
123
13132އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގެ ތެރެއިން ލެބޯޓްރީގެ ޚިދުމަތް ޤާއިމުވެފައިނުވާ ރަށްރަށަށް ލެބޯޓްރީގެ ޚިދުމަތް ފޯރުކޮށްދިނުމުގެ
ގޮތުން މޯބައިލް ލެބޯޓްރީގެ ޚިދުމަތް ފެށުމުގެ މަސައްކަތް ކުރެވެމުންދާކަމާއި ،ފެރީގެ ނިޒާމު ގާއިމުވެފައިވާ އުތުރުގެ ތިން
50
ހިއުމަން ރައިޓްސް ރިޕޯޓް 2022