‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫‪7 .7‬ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތް ލިބުމުގެ ޙައްޤު‬ ‫ޤާނޫނުއަސާސީގެ ‪ 23‬ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދައުލަތުގެ ތަނަވަސްކަމާއި‪ ،‬ކުޅަދާނަކަން ހުރި މިންވަރަކުން ރަނގަޅު‬ ‫ފެންވަރުގެ ޞިއްޙީ ޚިދުމަތް ލިބުމުގެ ޙައްޤު ރައްޔިތުންނަށް ހޯދޭނޭ މަގު ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރަމަކީ ދައުލަތުގެ ޒިންމާއެކެވެ‪.‬‬ ‫ދިވެހިރާއްޖޭގެ ފަސް ސަރަހައްދެއްގައި ރީޖަނަލް ޓަރޝިއަރީ ހޮސްޕިޓަލުތައް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ‪.‬‬ ‫ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި މާލެ ދަތުރުކުރަންޖެހުމަކީ ބަލިހާލުގައިވާ މީހުންނަށް ތަކުލީފުބޮޑުކަމެކެވެ‪.‬‬ ‫ދިވެހި މުޖްތަމައުގައި ނަފްސާނީ ދުޅަހެއޮކަމާގުޅެގޮތުން އެންމެ އެކަށީގެންވާ މިންވަރަށް އާމުން ހޭލުންތެރިވެފައި ނުވުމާއި‪ ،‬ނަފްސާނީބައްޔާ‬ ‫ގުޅޭގޮތުން ނޭދެވޭ ނަޒަރިއްޔާތުން ދެކުމަކީ ނަފްސާނީ ޞިއްޙަތު ކުރިއެރުވުމަށް ކުރިމަތިވާ ގޮންޖެހުމެކެވެ‪ .‬ރާއްޖޭގައި‪ ،‬ނަފްސާނީ‬ ‫ބަލިތަކަށް ފަރުވާ ހޯދުމަށްޓަކައި އާންމުންނަށް ކުރިމަތިވާ ދަތިތަކުގެ ތެރޭގައި ޚިދުމަތްތައް ލިބުން ލަސްވުމާއި އަމިއްލަ‬ ‫ކްލިނިކްތަކުން‬ ‫ޚިދުމަތް ހޯދުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުން ހިމެނެއެވެ‪.‬‬ ‫ސިއްޙީ ދާއިރާގައި އެކަށީގެންވާ ފޮރެންސިކްސް ތަހުލީލުތަކުގެ ޚިދުމަތްތަކާއި‪ ،‬ފޮރެންސިކްސް ދާއިރާއިން ތަމްރީނުވެފައިވާ މާހިރުން‬ ‫ނެތުމަކީ‪ ،‬ހިއުމަން ރައިޓްސް ކޮމިޝަނުން އަދި އެހެނިހެން ކަމާގުޅުންހުރި އިދާރާތަކުންވެސް ޖިނާއީ ތަޙްގީގުތަށް ކުރިއަށްގެންދިއުމަށް‬ ‫ދިމާވެފައިވާ ގޮންޖެހުމެކެވެ‪ .‬ހަމައެފަދައިން‪ ،‬ސިއްހީ ދާއިރާއާ ގުޅުންހުރި ތަފާތު ނެގްލެޖެންސްގެ މައްސަލަތައް ފެންމަތިވަމުން އަންނައިރު‪،‬‬ ‫މިހާތަނަން މެޑިކަލް ނެގްލިޖެންސް ޤާނޫނެއް އެކުލަވާފައި ނެތުމުން މިދަފަ ޤާނޫނެއް އެކުލަވައިލުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪12123‬ޤާނޫނުއަސާސީގެ ‪ 23‬ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދައުލަތުގެ ތަނަވަސްކަމާއި‪ ،‬ކުޅަދާނަކަން ހުރި މިންވަރަކުން‬ ‫ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތް ލިބުމުގެ ޙައްޤު ރައްޔިތުންނަށް ހޯދޭނޭ މަގު ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރުމަކީ‬ ‫ދައުލަތުގެ ޒިންމާއެކެވެ‪ .‬ދިވެހިރާއްޖޭގައި ޓަރޝަރީ ހޮސްޕިޓަލްގެ ގޮތުގައި ‪ 4‬ހޮސްޕިޓަލެއް ހިންގަމުންދެއެވެ‪ .‬އެއީ ސަރުކާރުގެ‬ ‫‪ 2‬ހޮސްޕިޓަލާއި ޕްރައިވެޓް ‪ 2‬ހޮސްޕިޓަލެވެ‪ .‬މި ހޮސްޕިޓަލްތަކަކީ އޭޑީކޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި އައިޖީއެމް‬ ‫ހޮސްޕިޓަލާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލެވެ‪ .‬މާލެ ރީޖަންގެ އިތުރުން ދިވެހިރާއްޖޭގެ ފަސް ސަރަޙައްދެއްގައި ރީޖަނަލް‬ ‫ޓަރޝަރީ ހޮސްޕިޓަލުތައް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުންކަމާއި‪ ،‬އެއީ ހދ‪ .‬ކުޅުދުއްފުށި ހޮސްޕިޓަލާއި ރ‪.‬‬ ‫އުނގޫފާރު ހޮސްޕިޓަލާއި ލ‪ .‬ގަމު ހޮސްޕިޓަލާއި ގދ‪ .‬ތިނަދޫ ހޮސްޕިޓަލާއި އައްޑު އަތޮޅުގައި ޤާއިމުކުރެވިފައިވާ ހޮސްޕިޓަލެވެ‪.‬‬ ‫‪115‬‬ ‫‪12124‬އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން އަސާސީ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދެވެއެވެ‪ .‬މީގެ ތެރޭގައި އާންމު ބަލިތަކުގެ ޑޮކްޓަރަށް‬ ‫ދެއްކުމާއި‪ ،‬ބޭސްއަޅައިދިނުމާއި‪ ،‬ބޭސް ސިޓީ އާކޮށްދިނުން ފަދަ ޚިދުމަތްތައް ފޯރުކޮށްދެވެއެވެ‪ .‬އެހެންނަމަވެސް‪ ،‬ސްޕެޝަލިސްޓް‬ ‫ޚިދުމަތްތައް މި މަރުކަޒުތަކުން ލިބެންނުހުންނަކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪116‬‬ ‫‪12125‬އައިޖީއެމްއެޗްގެ ދަށުން ހިންގާ ހޮސްޕިޓަލްތަކުން ޚިދުމަތް ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ ފެންވަރުގައި ޚިދުމަތް ފޯރުކޮށްދެވެމުން‬ ‫ނުދާކަމާއި‪ ،‬ޚިދުމަތް ދިނުމުގައި ޚިދުމަތް ހޯދަން އަންނަ ބަލިމީހުންގެ ނަޒަރިއްޔާތުން ޚިދުމަތް ދެވެމުން ނުދާކަމާއި‪،‬‬ ‫ޚިދުމަތް ފޯރުކޮށްދިނުމުގައި ދެވޭ ޚިދުމަތްތަކުގެ ފެންވަރު ޤަވާޢިދުން ވަޒަން ކުރެވިގެން ނުދާކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫މިގޮތުން‪ ،‬ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދެއްކުމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ނަމްބަރެއް ހޯދުމަކީ އުނދަގޫ ކަމެއްކަމާއި‪،‬‬ ‫އެތައް ދުވަހެއްވަންދެން ނަމްބަރަކަށް މަޑުކުރަންޖެހޭކަން ގިނަ ބަޔަކު ފާހަގަކޮށްފައިވެއެވެ‪ .‬އަދި ހަމަ‪ ،‬އެމްއާރްއައި ފަދަ‬ ‫މުހިއްމު ޓެސްޓްތައް ހެދުމަށްވެސް ގިނަދުވަހު ވެއިޓްލިސްޓް ކިޔުގައި މަޑުކުރަންޖެހެއެވެ‪ .‬މި ގޮތަށް ބައްޔަށް ފަރުވާނުކުރެވި‬ ‫ގިނަދުވަސްވުމުން ބަލި އިތުރަށް ގޯސްވާކަމުގައި ޚިދުމަތް ހޯދާ ފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ‪.‬‬ ‫‪117‬‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬ ‫‪49‬‬

Select target paragraph3