ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ބޭނުންވި ކުއްޖާއަށް ދައުލަތުގެ އެހީތެރިކަމާއެކު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން ނަފްސާނީ ބައްޔަށް ފަރުވާދެވިފައިވާ
ކަމަށާއި ،ފަރުވާއަށްފަހު އެނބުރި ރަށަށް އައިފަހުން ހާލަތު އެއްކޮށް ރަނގަޅު ނުވިކަމުގައި ވިޔަސް ކޮންމެވެސް ވަރަކަށް
ރަނގަޅުވެފައިވާތީއާ ،އަދި ކުއްޖާގެ ޙާލަތު ދުވަހުން ދުވަހަށް ރަނަގޅުވަމުން އަންނާތީ ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ
ގެންދިޔުމަށް ޢާއިލާއިން މިހާރު ބޭނުންނުވާކަން މައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކުން އެކަން ބެލެނިވެރިޔާއަށް
އެތައް ފަހަރެއްގެ މަތިން އަނގަބަހުން އަންގާފައިވާކަމާއި ،އަދި މި ފަދަ ކަންކަމުގައި ހައްލު ހޯދުމަށްޓަކައި ،ލިޔުމުން އެކަން
ބެލެނިވެރިޔާއާ ޙިއްޞާކޮށްފައިނުވާކަން ކޮމިޝަނުގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވެއެވެ .ހަމަ އެހެންމެ ''ހުރިހާ ދަރިވަރުން
ޝާމިލުކޮށްގެން ތަޢުލީމު ދިނުމުގެ ސިޔާސަތު''ގެ 11ވަނަ މާއްދާގެ (ހ)އަށް ރިޢާޔަތްކޮށް ކުއްޖާ ޤަވާޢިދުން ސްކޫލަށް
ފޮނުވާފައި ނުވާކަމާއި ،ދަރިވަރުގެ ކަރިކިއުލަމް ޕްލޭން އިވެލުއޭޓް ކުރުމަށް ބެލެނިވެރިޔާގެ ފަރާތުން ޓީޗަރުންނަށް ފުރިހަމަ
އެއްބާރުލުންދީ އެހީތެރިވެފައިނުވާކަން މި މައްސަލައިން ކޮމިޝަނުގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވެއެވެ.
6 .6އިޖްތިމާޢީ ރައްކާތެރިކަން
ހިއުމަން ރައިޓްސް ރިޕޯޓް 2022
45