ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
106
11110ޤާނޫނު ނަންބަރު ( 7/2021ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) ގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 'އެފަމެޓިވް އެކްޝަންސް' އަދި ޚާއްޞަ ސަމާލުކަމެއް ދީފައި ނުވާކަން ފާހަގަކުރަމެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މަތީ ތަޢުލީމު އަދި ތަމްރީނުގެ ފުރުޞަތު ދެމެހެއްޓެނިވި ގޮތަކަށް ތަނަވަސްކުރުމުގެ
ގޮތުން ވަކިން ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައިނުވާކަން ފާހަގަކުރެވެއެވެ.
107
ފަންނީ މަސައްކަތްތެރިކަމާއި މަތީ ތަޢުލީމު
ފޯރުކޮށްދޭ އިންސްޓްޓިއުޓްތަކަށް ޓްރާންސިޝަނަލް ޕްލޭނެއް ނެތުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިމަތިވެފައިވާ
ގޮންޖެހުމެކެވެ.
108
އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ 10ކުއްޖަކަށް މޯލްޑިވްސް ޕޮލިޓެކްނިކުން 2019ވަނަ އަހަރުގައި
މީގެ އިތުރުންވެސް މަތީ ތަޢުލީމާއި ފަންނީ މަސައްކަތްތެރިކަން ދަސްކުރުމަށް
ކޯހެއް ހިންގާފައިވާކަން ފާހަގަކުރެވެއެވެ.
109
ހުރި ފުރުޞަތުތައް މަދުކަން ފާހަގަކުރެވެއެވެ.
110
މިހާރު ހުރި ފުރުޞަތުތަކަށް ބަލާއިރު ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ
މީހުންނަށް ޤުރުއާން އަދި އިމާމު ކޯސްތައް ހުރިކަން ފާހަގަ ކުރެވެއެވެ.
111
ވީމާ ،ކޯސްތައް ފަރުމާކުރުމުގައި ނުކުޅެދުންތެރިކަން
ހުންނަ މީހުންނަށް އަމާޒުކޮށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭކަން ފާހަގަކުރަމެވެ.
11111ނުކުޅެދުންތެރިކަން ހުންނަކުދިންނާ ގުޅިގެން 3މައްސަލައެއް ކޮމިޝަނަށް ހުށަހެޅި ބަލައި ތަޙްޤީޤު ކޮށްފައިވެއެވެ .މި
މައްސަލަތަކުގެ ތެރޭގައި ޖިސްމާނީ ނުކުޅެދުންތެރިކަމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްކަމަށްވެ ،ކުއްޖާގެ
ސައިކޮލޮޖިކަލް އެސެސްމަންޓްގައި ކުއްޖާއަކީ ސްޕީޗް ތެރަޕީ ދޭންޖެހޭ ކުއްޖެއްކަމަށް ބަޔާންކޮށްފައިވީނަމަވެސް 2019
ވަނަ އަރުން ފެށިގެން ކުއްޖާ ކިޔަވަމުންދާ ސްކޫލްގައި ސުކޫލުގެ ސެން ޓީޗަރ ކުއްޖާއާއެކު މަސައްކަތްކުރާކަން އެއްވެސް
ވަރަކަށް އެނގިފައިނުވާތީ މި މައްސަލަ ބަލައިދިނުމަށް ކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާއި ،އުފަންވީއްސުރެ ވިސްނުމުގެ
ނުކުޅެދުންތެރިކަން/ސިކުނޑީގެ ނުކުޅެދުންތެރިކަމާއި އަދި އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާސް ހުންނަ ކުއްޖަކަށް ތެރަޕީ ދިނުމަށް
ޢާއިލާއިން އެތައް މަސައްކަތެއް ކުރެވުނުނަމަވެސް ،ކުއްޖާގެ ޙާލަތު ގޯސްވެ ގޭގައި ބެލެހެއްޓޭނެ ގޮތެއް ނެތުމުން ޚާއްޞަ
އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ކުއްޖާއަށް ބޭނުންވާ ފަރުވާއާއި ރައްކާތެރިކަން ހޯދައިދިނުމަށް އެދުނުނަމަވެސް ޙައްލެއް
ލިބިފައިނުވާތީ ކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް ހިމެނެއެވެ.
11112ނުކުޅެދުންތެރިކަން ހުންނަކުދިންގެ ތެރެއިން ތައުލީމް ލިބުމުގެ ފުރުސަތު ހަނިވެފައިވާ ކަމަށް ފާހަގަކޮށް ކޮމިޝަނަށް 3
މައްސަލައެއް ހުށަހެޅި ބަލައި ތަޙްޤީޤު ކޮށްފައިވެއެވެ.
11113ހަމައެހެންމެ ،ޚާއްޞަ އެހީތެރިކަން ބޭނުނ��ވާ ކުދިންގެ ކިޔެވުން ކުރިއަށް ގެންދިޔުމަށްޓަކައި ނޭޝަނަލް އިންސްޓިޓިއުޓް
އޮފް އެޑިޔުކޭޝަން (އެން އައި އީ) އިން އިންޑިވިޖުއަލް އެޑިޔުކޭޝަން ޕްލޭން (އައި.އީ.ޕީ) ހެއްދުމަށް ސްކޫލްތަކަށް
އަންގާފައިވީނަމަވެސް ،ދަރިފުޅު ކިޔަވަމުން އަންނަ ސްކޫލުން އައި.އީ.ޕީ ނެތި 2015އިން 2022އަށް ދަރިފުޅުގެ ކިޔެވުން
ކުރިއަށް ގެންގޮސްފައިވާތީ އާއި ،އާއްމު ކުލާސްތަކުގައި ކިޔަވައިދިނުމަށް ބޭނުންކުރާ އުޞޫލުތައް މިފަދަ ދަރިވަރަކަށް
ކިޔަވައިދިނުމުގައި ބޭނުންކުރާތީ ދަރިފުޅުގެ ކިޔެވުމަށް ނުހަނު ގިނަގުނަ އުނދަގޫތަކާ ކުރިމަތިވަމުން އައިސް ،އަދި ސްކޫލުން
ކުއްޖާ ކުލާސްތަކުން އެއްކިބާކޮށް ބުލީކުރަމުން އަންނާތީ އާއި ،މި މައްސަލަ މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ހުށަހެޅިނަމަވެސް،
މިކަމަށް ޙައްލެއް ލިބިފައިނުވާތީއާއި މިއަހަރަކީ ދަރިފުޅުގެ އޯލެވެލް އަހަރުކަމުން ،ދަރިފުޅުގެ ކިޔެވުމުގެ ޙައްޤުން ބާކީކޮށް
މަހްރޫމްކޮށްފައިވާ ކަމަށް ބުނެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް ބަލައި ތަޙްޤީޤުކޮށްފައި ވެއެވެ .މި ރިޕޯޓުގެ މުއްދަތުގައި
ކޮމިޝަނަށް ހުށަހެޅުނު މި މައްސަލަތައްވަނީ ބަލައި ތަޙްޤީޤުކޮށް ނިންމާފައެވެ.
11114މި މައްސަލަތަކުން ކޮމިޝަނުގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާ ކަންތައްތަކަށް ރިޢާޔަތްކުރާއިރު ،ނަފްސާނީ އެހީތެރިކަން
44
ހިއުމަން ރައިޓްސް ރިޕޯޓް 2022