‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫‪5 .5‬އުނގެނުމުގެ ޙައްޤު‬ ‫ތައުލީމީ ދާއިރާއަށް ދައުލަތުން ބޮޑު ބަޖެޓެއް ކަނޑައަޅައި ފާއިތުވި ‪ 10‬އަހަރު ސަރުކާރުން ތައުލީމީ ދާއިރާއަށް ބޮޑެތި ހޭދަތަކެއް‬ ‫ކޮށްފައިވާކަމާއި ސަރުކާރުން ސްކޫލްތަކުގެ އިންފްރާސްޓްރަކްޗާ އާއި ފެސިލިޓީސް ރަނގަޅުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް‬ ‫ކޮށްފައިވާކަން ފާހަގަކުރެވެއެވެ‪ .‬ފަންނީ އަދި މަސައްކަތްތެރިކަން ދަސްކޮށްދޭ ޕްރޮގްރާމްތަކުގައި ބައިވެރިވާ ކުދިންގެ ނިސްބަތް މަދުކަން‬ ‫ފާހަގަކުރެވެއެވެ‪ .‬އެހެންކަމުން‪ ،‬ފަންނީ މަސައްކަތްތެރިކަން ދަސްކޮށްދޭ ތަޢުލީމީ ނިޒާމު ތަރައްޤީކުރުމަށް އަޅާ ފިޔަވަޅުތައް އިތުރަށް‬ ‫ހަރުދަނާ ކުރަންޖެހިފައިވާކަން ފާހަގަކުރެވެއެވެ‪ .‬ކުދިންނަށް ކުރިމަތިވާ ގަނާކުރުމުގެ މައްސަލަތަކާއި އަނިޔާގެ މައްސަލަތަކާއި ނަފްސާނީ‬ ‫އަދި އެހެނިހެން މައްސަލަތަކުގައި އެހީތެރިވުމުގެ ދައުރު އަދާކުރުމަށް ކައުންސެލަރުންގެ ދައުރަކީ މުޙިންމު ދައުރެއްކަމަށްވާއިރު ގިނަ‬ ‫ސްކޫލްތަކުން ކައުންސެލިންގެ ހިދުމަތްތައް ލިބެން ނުހުންނަކަން ފާހަގަކުރެވެއެވެ‪.‬‬ ‫އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގައި ވަކިން ހާއްސަކޮށް އަތޮޅުތެރޭގެ ސްކޫލުތަކަށް ކުރިމަތިވާ‬ ‫ގޮންޖެހުންތަކުގެ ތެރޭގައި އެކަށީގެންވާ މިންވަރަށް ވަސީލަތްތައް ނެތުމުގެ މައްސަލަ ފާހަގަކުރެވެއެވެ‪ .‬ހުރިހާ ކުދިން ޝާމިލްކޮށްގެން‬ ‫ތަޢުލީމު ފޯރުކޮށްދިނުމުގައި ޓީޗަރުންނަށް ދަތިތަކާ ކުރިމަތިލާންޖެހޭ ސަބަބުތަކުގެ ތެރޭގައި އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ‬ ‫ކުދިންނަށް ކިޔަވާ ދިނުމަށް ބޭނުންވާ ހުނަރު ބިނާކުރުމަށް އެކަށީގެންވާ ތަމްރީން ލިބިފައިނެތުމާއި‪ ،‬ޕެރާ‪-‬ޓީޗަރުން ނެތުމާއި އެސިސްޓިވް‬ ‫ޓެކްނޮލޮޖީގެ ޚިދުމަތްތައް އެންމެ ފުރިހަމައަށް ޤާއިމުވެފައިނެތުން ހިމެނެއެވެ‪ .‬ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަތީ ތަޢުލީމު‬ ‫ފުރުޞަތުތައް ތަނަވަސްކުރުމުގެ ގޮތުން ވަކިން ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިނުވާކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪9090‬ޤާނޫނު އަސާސީގެ ‪ 36‬ވަނަ މާއްދާގެ ދަށުން އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް ނެތި އުނގެނުމުގެ ޙައްޤު ކޮންމެ މީހަކަށް‬ ‫ލިބިގެންވެއެވެ‪ .‬ހަމަ އެހެންމެ‪ ،‬ޤާނޫނީ އޮނިގަނޑުގެ ތެރެއިން ވެސް ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކަށްމެ އެއްވެސް‬ ‫ތަފާތުކުރުމ��އް ނެތި‪ ،‬އުނގެނުމުގެ ޙައްޤު ކަށަވަރުވެފައިވާއިރު ފަށާ ތަޢުލީމާއި މެދުމަދުރަސީ ތަޢުލީމާއި ތަރުބިއްޔަތާބެހޭ‬ ‫ކަންކަން އުނގަންނައި ދިނުމަކީ އެކުދިންގެ މައިންބަފައިންނަށާއި ދައުލަތުގެ މައްޗަށް ލާޒިމުކަމެކެވެ‪.‬‬ ‫‪9191‬ދިވެހިރާއްޖޭގައި ދިރިއުޅޭ‪ ،‬ޢުމުރުން ‪ 4‬އަހަރުން ފެށިގެން ‪ 16‬އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކީ‪ ،‬މަޖުބޫރު ތަޢުލީމު ލާޒިމުވާނެ‬ ‫ކުއްޖެއްކަމަށް ޤާނޫނު ނަންބަރު ‪( 24/2020‬ތަޢުލީމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވެއެވެ‪ .‬ޖުމްލަ ‪ 273‬ސްކޫލެއްގައި (މާލޭގެ‬ ‫‪ 38‬އަދި އަތޮޅުތެރޭގެ ‪)235‬‬ ‫ގެންދެއެވެ‪.‬‬ ‫‪71‬‬ ‫ޖުމްލަ ‪ 94192‬ދަރިވަރުން (މާލޭގައި ‪ 36341‬އަދި އަތޮޅުތެރޭގައި ‪ )57851‬ކިޔަވަމުން‬ ‫މީގެ ތެރޭގައި ހިމެނެނީ ‪ 48171‬ފިރިހެން ދަރިވަރުންނާއި ‪ 46021‬އަންހެން ދަރިވަރުންނެވެ‪.‬‬ ‫‪72‬‬ ‫‪9292‬ސްކޫލްތަކުގައި ކިޔަވައި ދެމުންދާ ‪ 91%‬ޓީޗަރުންނަކީ ތަމްރީންލިބިފައިވާ ޓީޗަރުންކަން ފާހަގަކުރެވެއެވެ‪ .‬އަދި ތަމްރީން‬ ‫ލިބިފައިވާ ޓީޗަރުންނާއި ދަރިވަރުންގެ ރޭޝިއޯއަށް ބަލާއިރު މާލޭގައި ކޮންމެ ‪ 20‬ދަރިވަރަކަށް ތަމްރީން ލިބިފައިވާ ޓީޗަރެއް‬ ‫ހުންނައިރު އަތޮޅުތެރޭގައި ކޮންމެ ‪ 60‬ދަރިވަރަކަށް ތަމްރީން ލިބިފައިވާ ‪ 7‬ޓީޗަރުން ތިބެއެވެ‪.‬‬ ‫‪73‬‬ ‫‪9393‬ތައުލީމީ ދާއިރާއަށް ދައުލަތުން ބޮޑު ބަޖެޓެއް ކަނޑައަޅައި ފާއިތުވި ‪ 10‬އަހަރު ސަރުކާރުން ތައުލީމީ ދާއިރާއަށް ބޮޑެތި ހޭދަތަކެއް‬ ‫ކޮށްފައިވާކަމާއި ސަރުކާރުން ސްކޫލްތަކުގެ އިންފްރާސްޓްރަކްޗާ އާއި ފެސިލިޓީސް ރަނގަޅުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް‬ ‫ކޮށްފައިވާކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪74‬‬ ‫އެހެންނަމަވެސް އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ސްކޫލްތަކަށް ބޭނުންވާ ވަސީލަތްތަކާ ގުޅިގެން‬ ‫ކުރިމަތިވާ ދަތިތަކުގެ ތެރޭގައި އެކަށީގެންވާ ލައިބްރަރީ‪ ،‬ސޭފް އޯޕަން ޕްލޭ އޭރިއާ‪ ،‬ކެމިކަލްސް ރައްކާކުރުންފަދަ ކަންކަމުގައި‬ ‫ދަތިތައް ކުރިމަތިވާކަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ‪ 2019‬ވަނަ އަހަރު ތައްޔާރުކޮށްފައިވާ އެޑިޔުކޭޝަން ސެކްޓަރ‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬ ‫‪37‬‬

Select target paragraph3