‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫ދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ‪ .‬މިޢަދަދަކީ ‪ 2014‬ވަނަ އަހަރު ކަނޑައަޅާފައިވާ ޢަދަދެއްކަމަށްވީއިރު‪ 8 ،‬އަހަރުގެ ތެރޭގައި‬ ‫ގޭބިސީގެ ޚަރަދުތައް ވަނީ އުފުލިފައެވެ‪ .‬ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ޝާއިޢުކޮށްފައިވާ ގޭބިސީގެ އާމްދަނީއާއި‬ ‫ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ ‪ - 2019‬ފާހަގަކޮށްފައިވާ ގޮތުން އެވްރެޖްކޮށް މަހެއްގެ މައްޗަށް ބޮލަކަށް ޚަރަދުވާ މިންވަރަށް‬ ‫ބަލާއިރު މާލޭގައި މީހަކު މަހެއްގެ މައްޗަށް ‪ 7177‬ރުފިޔާ ޚަރަދުކުރާއިރު އަތޮޅުތަކުގައި މީހަކު މަހެއްގެ މައްޗަށް ‪ 3317‬ރުފިޔާ‬ ‫އެހެންކަމުން‪ ،‬ކުއްޖާގެ ޢުމުރުން ‪ 18‬އަހަރު ފުރެންދެން ކުއްޖާއަށް ބޭނުންވާ ޚަރަދުތަކުގެ ރިވިއުކުރުމަށްފަހު‬ ‫ޚަރަދުކުރެއެވެ‪.‬‬ ‫‪65‬‬ ‫ޤަވާޢިދު ނަންބަރު‪24-R/2014‬‬ ‫(ޢާއިލާއާބެހޭ ޤަވާޢިދު) އިޞްލާޙުކުރަން ފެނެއެވެ‪.‬‬ ‫‪8484‬ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ‪ 2015‬އިން ‪ 2020‬އަށް ޝާއިޢުކޮށްފައިވާ ޝަރުޢީ ދާއިރާގެ ތަފާސް‬ ‫ހިސާބަށް ބަލާލާއިރު ޢާއިލީ މައްސަލަތަކުގެ ތެރެއިން ދަރިންގެ ޚަރަދާ ގުޅޭގޮތުން އެވްރެޖްކޮށް އަހަރަކު ‪ 418‬މައްސަލަ‬ ‫ހުށަހެޅިފައިވެއެވެ‪.‬‬ ‫‪66‬‬ ‫އަދި ‪ 2015‬އިން ‪ 2020‬ގެ ނިޔަލަށް ދަރިންގެ ޚަރަދު ސާބިތުވި ކުދިންގެ ޖުމްލަ ޢަދަދަކީ ‪7086‬‬ ‫ކަމަށްވީއިރު އެއީ އެވްރެޖް ގޮތެއްގައި އަހަރަކު ‪ 1000‬ކުދިންނަށް ވުރެ ގިނަ ކުދިންކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪8585‬ޤާނޫނު ނަންބަރު ‪( 2/2014‬އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނު)ގެ ‪ 10‬ވަނަ މާއްދާގެ ދަށުން ފަޤީރު ހާލަތުގައި ދިރިއުޅޭ‪،‬‬ ‫އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމްގެ ދަށުން ޝަރުޠުހަމަވާ ކޮންމެ ކުއްޖަކަށް‬ ‫މީލާދީ މަހެއްގެ ތެރޭގައި ލިބެނީ ‪ 1000‬ރުފިޔާއެވެ‪ .‬އަދި ‪ 11‬ވަނަ މާއްދާގެ ދަށުން އެކަނިވެރި މައިން ނުވަތަ ބަފައިންނަށް‬ ‫މީލާދީ މަހެއްގެ ތެރޭގައި މާލީ އެހީގެ ގޮތުގައި ލިބިދެވޭނީ ގިނަވެގެން ‪ 10,000‬ރުފިޔާއެވެ‪ .‬ޤާނޫނު ނަންބަރު ‪2/2014‬‬ ‫(އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނު)ގެ ދަށުން ފަޤީރު ހާލަތުގައި ދިރިއުޅޭ‪ ،‬އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް‬ ‫ދެވޭ މާލީ އެހީގެ ޕްރޮގްރާމްގެ ދަށުން އިޖްތިމާޢީ ރައްކާތެރިކަމުގެ ދަށުން އެކަނިވެރި މައިންނާއި ކުދިންނަށް ދެވޭ އެހީ ‪5290‬‬ ‫ކުއްޖަކަށް ‪ 2021‬ވަނަ އަހަރުގެ ނިޔަލަށް ލިބިފައިވެއެވެ‪.‬‬ ‫‪67‬‬ ‫‪8686‬ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ‪ 2015‬ވަނަ އަހަރުން ‪ 2020‬ވަނަ އަހަރުގެ ނިޔަލަށް ޝާއިޢުކޮށްފައިވާ‬ ‫ޝަރުޢީ ދާއިރާގެ ތަފާސް ހިސާބަށް ބަލާއިރު ކޮންމެ އަހަރަކު އެވްރެޖްކޮށް ‪ 161‬މީހުން އެއް އަނތްބަށްވުރެ ގިނަ އަނބިންނާ‬ ‫ކައިވެނިކޮށްފައިވެއެވެ‪.‬‬ ‫‪68‬‬ ‫ޤަވާޢިދު ނަންބަރު (‪124-R/2015‬ފެމިލީ ކޯޓުގައި ކައިވެންޏާއި ވަރި ރަޖިސްޓަރީ ކުރުމުގެ ޤަވާޢިދު)‬ ‫ގެ ‪ 32‬ވަނަ މާއްދާގެ (ހ) ގައި އެއް އަނތްބަށްވުރެ ގިނަ އަނބިންނާއި ކައިވެނިކުރަން ހުށަހަޅާ މީހުންގެ ޝަރުޠުތަކުގެ‬ ‫ތެރޭގައި އެމީހެއްގެ އަނބިދަރީންނަށް ކުރަންޖެހޭ ޚަރަދުކުރަމުން އަންނަ މީހަކަށް ވާންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ‪.‬‬ ‫‪8787‬ޢާއިލާއާބެހޭ ޤާނޫނުގެ ‪ 22‬ވަނަ މާއްދާގައި ދިވެހިރާއްޖެއިން ބޭރުގައި ދިވެހި ރައްޔިތަކު ކައިވެންޏެއް ކޮށްފިނަމަ އަދި ކައިވެނިކުރީ‬ ‫ދިވެހިރާއްޖޭގެ ރަސްމީ އޮފީހެއް ހުންނަ ޤައުމެއްގައި ކަމަށްވާނަމަ‪ ،‬ކާވެނިކުރާ ދުވަހުން ފެށިގެން ދެމަސް ދުވަހުގެ ތެރޭގައި އެ‬ ‫ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން‪ ،‬އެ ކައިވެންޏެއް ކުރިފަރާތުން އެ އޮފީހެއްގައި ރަޖިސްޓަރީ‬ ‫ކުރުމަށް ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ‪ .‬އަދި ކައިވެނިކުރީ ދިވެހިރާއްޖޭ��ެ ރަސްމީ އޮފީހެއްނެތް ޤައުމެއްގައި‬ ‫ކަމަށްވާނަމަ‪ ،‬ކައިވެނިކުރާ ދުވަހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެ ކައިވެންޏެއް‪ ،‬މި މާއްދާގައިވާ ގޮތުގެމަތިން‬ ‫ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ‪ .‬މި ޤާނޫނުގެ ‪ 62‬ވަނަ މާއްދާގެ ދަށުން‬ ‫ކައިވެނި ރަޖިސްޓަރީކުރުމަށް ހުށަނާޅައި ހުރުމަކީ ކުށެއްކަމާއި‪ ،‬މި ކުށުގެ އަދަބަކީ ‪ 1000/-‬ރުފިޔާއިން ޖޫރިމަނާ ކުރުމެވެ‪.‬‬ ‫ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ‪ 2015‬ވަނަ އަހަރުން ‪ 2020‬ވަނަ އަހަރުގެ ނިޔަލަށް ޝާއިޢުކޮށްފައިވާ‬ ‫ޝަރުޢީ ދާއިރާގެ ތަފާސް ހިސާބަށް ބަލާއިރު‪ ،‬ދެ ދިވެހިން ބޭރުގައި ކުރާ ކައިވެނި ރަޖިސްޓަރީ ކުރަން އެވްރެޖްކޮށް އަހަރަކު‬ ‫‪ 56‬ކައިވެންޏެއް ހުށަހަޅާފައިވެއެވެ‪.‬‬ ‫‪69‬‬ ‫ރާއްޖެއިން ބޭރުގައި ކުރާ ކައިވެނި ރަޖިސްޓަރީކުރުން ލަސްވާނަމަ އޭގެ ސަބަބުން‬ ‫ދަރިންގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށާއި އައިޑެންޓިޓީ ކާޑު ހެއްދުމަށާއި ޕާސްޕޯޓް ހެއްދުމަށް އަސަރުކުރެއެވެ‪.‬‬ ‫‪70‬‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬ ‫‪35‬‬

Select target paragraph3