‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫އިންފްރާސްޓްރަކްޗަރއިން ޝާއިޢުކޮށްފައިވާ ދިވެހި އާބާދީގެ ނުކުޅެދުންތެރިކަން (‪ 5‬އަހަރުން މަތީގެ އާބާދީ) ހަޔަސް ‪2019‬‬ ‫ދައްކާގޮތުގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނުން ވެސް ކައިވެނިކުރާ އުމުރަކީ ‪ 20‬އަހަރެވެ‪.‬‬ ‫‪58‬‬ ‫އަދި ނުކުޅެދުންތެރިކަން‬ ‫ހުންނަ ފިރިހެނުން ކައިވެނި ކުރަނީ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށްވުރެ ‪ 3‬އަހަރު ފަހުންނެވެ‪.‬‬ ‫ނުކުޅެދުންތެރިކަން ހުންނަ އަންހެނުން ދަރިން ހޯދާ އުމުރު އަވަހެވެ‪.‬‬ ‫‪60‬‬ ‫ތެރޭގައި ފުރަތަމަ ދަރި ހޯދައެވެ‪.‬‬ ‫‪59‬‬ ‫ހަމަ އެހެންމެ‪،‬‬ ‫އަދި އެވްރެޖްކޮށް ކައިވެނިކުރާތާ އެއް އަހަރުދުވަހުގެ‬ ‫‪61‬‬ ‫‪8080‬ޤާނޫނު ނަންބަރު ‪( 4/2000‬ޢާއިލާއާބެހޭ ޤާނޫނު)ގެ ‪ 67‬ވަނަ މާއްދާގެ ދަށުން ހުއްދަނެތި ކޯޓުން ބޭރުގައި ވަރިކުރުމަކީ ކުށެކެވެ‪.‬‬ ‫މި ކުށުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ ‪ 5000/-‬ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމެވެ‪ .‬ޑިޕާޓްމަންޓް އޮފް‬ ‫ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ‪ 2015‬އިން ‪ 2020‬އަށް ޝާއިޢުކޮށްފައިވާ ޝަރުޢީ ދާއިރާގެ ތަފާސް ހިސާބަށް ބަލާލާއިރު‬ ‫ވަރީގެ ނިސްބަތް އެވްރެޖް ގޮތެއްގައި މަތިކަމާއި‪ ،‬ހަމައެހެންމެ ޤާނޫނާ ޚިލާފަށްކުރާ ވަރި ޤާނޫނާ އެއްގޮތަށް ކުރާ ވަރިއަށްވުރެ‬ ‫އެވްރެޖްކޮށް ގިނަކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪62‬‬ ‫ޢާއިލާއާބެހޭ ޤާނޫނު ތަންފީޛުކުރަމުން ގެންދާތާ ‪ 20‬އަހަރަށްވުރެ ގިނަ އަހަރު‬ ‫ވެފައިވީއިރު ކޯޓުން ބޭރުގައި ވަރިކުރާ ނިސްބަތް މަދު ނޫންކަން ތަފާސްހިސާބަށް ރިޢާޔަތްކުރާ އިރު ފާހަގަކުރެވެއެވެ‪ .‬އަދި‬ ‫ވަރިވުމަށް‪/‬ވަރިކުރުމަށް ހުށަހަޅައިގެން ސުލްހަވި މައްސަލަތަކުގެ ނިސްބަތަކީ‬ ‫އެވްރެޖްކޮށް ‪ 15‬އިންސައްތައެވެ‪.‬‬ ‫‪63‬‬ ‫‪8181‬ޤާނޫނު ނަންބަރު ‪( 4/2000‬ޢާއިލާއާބެހޭ ޤާނޫނު)ގެ ‪ 42‬ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުން ޙަޟާނަތު‬ ‫ހަވާލުކޮށްފައިވާ މީހާއަކީ‪ ،‬ކުއްޖާގެ މަންމަކަމަށްވާނަމަ‪ ،‬އެ މަންމަ‪ ،‬ކުއްޖާގެ މަޙްރަމަކާ ނޫން ފިރިހެނަކާ ކާވެނިކުރުމުން‬ ‫ޙަޟާނަތު ގެއްލެއެވެ‪.‬‬ ‫‪64‬‬ ‫އަދި ޤާނޫނު ނަންބަރު ‪( 2019/19‬ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގެ ‪8‬‬ ‫ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުން ދައުލަތުގެ އިދާރާތަކުންވިޔަސް ނުވަތަ ޝަރުޢީ ކޯޓުތަކުންވިޔަސް ނުވަތަ‬ ‫ރައްޔިތުންގެ މަޖިލީހުންވިޔަސް ނުވަތަ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދޭ ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތަކުން ނުވަތަ‬ ‫ބެލެނިވެރިން ކަމުގައިވީނަމަވެސް‪ ،‬ކުޑަކުއްޖަކާގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްކަމެއް ދޭންވާނީ‪ ،‬އެކުއްޖާގެ މަސްލަޙަތު‬ ‫ހިމާޔަތްކުރުމަށެވެ‪ .‬ޢާއިލާއާބެހޭ ޤާނޫނުގެ އިސްވެދެންނެވި މާއްދާގައި މިފަދައިން ބަޔާންކޮށްފައިވާތީ‪ ،‬ކުއްޖާގެ ލާބައާއި މަންފާއަށް‬ ‫އެންމެ ރަނގަޅު ގޮތަކީ ކުއްޖާގެ މަންމަ ގާތުގައި ހުރުން ކަމުގައިވާ ޙާލަތްތަކުގައިވެސް‪ ،‬ކުއްޖާގެ މަންމައަށް ކުއްޖާގެ ޙަޟާނަތު‬ ‫ގެއްލުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރެވެއެވެ‪ .‬އެހެންކަމުން ޙަޟާނަތުގެ މުއްދަތުގައި ކުއްޖާގެ މަންމަ އާއިލާއެއް ބިނާކުރަން‬ ‫ބޭނުންވާ ޙާލަތުގައިވެސް‪ ،‬ކުއްޖާގެ ޙަޟާނަތު ގެއްލިދާނެކަމުގެ ބިރުއޮތުމުން‪ ،‬ޢާއިލާއެއް ބިނާކުރުމުގެ ޙައްޤުން އެފަދަ ފަރާތްތައް‬ ‫މަޙުރޫމްވާކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪8282‬ޑިޕާޓްމަންޓް އ��ފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ‪ 2015‬ވަނަ އަހަރުން ‪ 2020‬ވަނަ އަހަރުގެ ނިޔަލަށް ޝާއިޢުކޮށްފައިވާ‬ ‫ޝަރުޢީ ދާއިރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެވްރެޖްކޮށް އަހަރަކު ޙަޟާނަތާ ގުޅުންހުރި ‪ 174‬މައްސަލަ ހުށަހެޅިފައިވެއެވެ‪.‬‬ ‫އަދި ޙަޟާނަތާ ގުޅިގެން ނިމިފައިވާ ގިނަ މައްސަލަތަކުގެ ތެރެއިން އެވްރެޖްކޮށް މަންމައާ ދަރިފުޅު ހަވާލުކޮށްފައިވަނީ‪%58‬‬ ‫މައްސަލައިގައި ކަން ފާހަގަކުރެވެއެވެ‪ .‬އަދި ދަރިފުޅު ބައްޕައާ ހަވާލުކޮށްފައިވަނީ އެވްރެޖްކޮށް ‪ 42%‬މައްސަލައިގައިކަން ވެސް‬ ‫ފާހަގަކުރެވެއެވެ‪ .‬ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ‪ 2015‬ވަނަ އަހަރުން ‪ 2020‬ވަނަ އަހަރުގެ ނިޔަލަށް‬ ‫ޝާއިޢުކޮށްފައިވާ ޝަރުޢީ ދާއިރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު އަހަރަކު އެވްރެޖްކޮށް ދަރިން ނުދެއްކުމުގެ ‪ 46‬މައްސަލަ‬ ‫ހުށަހެޅިފައިވެއެވެ‪.‬‬ ‫‪8383‬ޤަވާޢިދު ނަންބަރު‪24-R/2014‬‬ ‫(ޢާއިލާއާބެހޭ ޤަވާޢިދު) ގެ ‪ 65‬ވަނަ މާއްދާގެ ދަށުން ކުއްޖާގެ ޢުމުރުން ‪ 18‬އަހަރު‬ ‫ފުރެންދެން ކުއްޖާގެ ޚަރަދަށާއި ކުއްޖާ ބެލުމުގެ ޚަރަދަށް‪ ،‬އެއް ކުއްޖަކު ހުރިނަމަ‪ ،‬މަހަކު ‪ 2000/-‬ރުފިޔާ‪ ،‬އަދި އެއް‬ ‫ކުއްޖަކަށްވުރެ ގިނަ ކުދިން ތިބިނަމަ‪ ،‬އިތުރުވާ ކޮންމެ ކުއްޖަކަށް މަހަކު ‪ 1000/-‬ރުފިޔާއަށްވުރެ މަދުނޫން ޢަދަދެއް‬ ‫‪34‬‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬

Select target paragraph3