‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ނަގާދީފައިވާ ރައްކާތެރިކުރުމުގެ އަމުރާއި އަމުރާ ޚިލާފުވެފައިވާ މައްސަލަތައް‬ ‫‪26‬‬ ‫‪11‬‬ ‫‪8‬‬ ‫‪6‬‬ ‫‪4‬‬ ‫‪1‬‬ ‫ފިރިހެން‬ ‫‪1‬‬ ‫‪0‬‬ ‫އަންހެން‬ ‫ފިރިހެން‬ ‫ރައްކާތެރިކުރުމުގެ އަމުރާ ޚިލާފުވެފައިވާ މައްސަލަތައް‬ ‫‪2022‬‬ ‫އަންހެން‬ ‫ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރުގެ އަދަދު‬ ‫‪2021‬‬ ‫‪6969‬ގެވެށި އަނިޔާގެ މައްސަލަތައް ބެލުމުގައި ކަމާބެހޭ އިދާރާތަކުގެ ދައުރު ސާފުކޮށް އެނގެން ނެތުމާއި އިދާރާތަކުން ޢަމަލުކުރުމަށް‬ ‫ދެމެހެއްޓެނިވި ސްޓޭންޑަރޑް އުސޫލެއް އެކުލަވާލާފައި ނެތުމަކީ ދިމާވާ ގޮންޖެހުމެއްކަން އެފް‪.‬ޕީ‪.‬އޭއިން ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪46‬‬ ‫މި މައްސަލައަށް ހައްލެއް ހޯދުމަށް އެފް‪.‬ޕީ‪.‬އޭއިން ގެވެށި އަނިޔާގެ މައްސަލަތައް ބަލާ އިދާރާތަކުން ޢަމަލުކުރުމަށް މިނިމަމް‬ ‫ސްޓޭންޑަރޑްތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪47‬‬ ‫‪7070‬ގެވެށި އަނިޔާގެ ޢަމަލަކީ ޖިނާއީ ވަކި ކުށެއް ގޮތުގައި ކަނޑައަޅާފައިނެތުމަކީ ގެވެށި އަނިޔާގެ މައްސަލަތައް ޕްރޮސެކިއުޓް‬ ‫ކުރުމަށް ދިމާވާ ގޮންޖެހުމެއްކަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައިވެއެވެ‪ 48.‬މީގެ އިތުރުން‪ ،‬��ާނޫނީ އޮނިގަނޑު‬ ‫އެކުލަވާލާފައިވާ ގޮތުން ޖިނާއީ ކުށްތަކުގައި ކުށްކުރާ މީހާއާއި ކުށުގެ ޝިކާރައަކަށްވާ މީހާއާ ދެމެދު އޮންނަ ގުޅުމަށް ރިޢާޔަތް‬ ‫ނުކުރެވެއެވެ‪.‬‬ ‫‪49‬‬ ‫ގެވެށި އަނިޔާގެ ކުށްތަށް ދަރަޖަ ކުރެވެނީ އެހެނިހެން މާރާމާރީގެ ކުށްތަކާ އެއްހަމައެއްގައިކަމުން ގެވެށި އަނިޔާ‬ ‫ކުރާ މީހުންނަށް ކުޑަ އަދަބެއް ލިބިގެން ދާކަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪50‬‬ ‫‪7171‬ނިޒާމުގެ ތެރެއިން ކުށުގެ ޝިކާރައަކަށްވާ މީހުންނަށް އެކަށީގެންވާ ރައްކާތެރިކަމާއި ސަޕޯޓު ނުލިބުމާއި‪ ،‬ގެވެށި އަނިޔާގެ‬ ‫މައްސަލަތަކުގައި ރެސްޓޮރޭޓިވް ޖަސްޓިސް އެޕްރޯޗެއް ނުގެންގުޅުމާއި‪ ،‬ރިފަރަލް މެކޭނިޒަމް ހަރުދަނާ ނުވުމާއި‪ ،‬ކުށުގެ‬ ‫ޝިކާރައަކަށްވާ މީހުންނާއި އެމީހުންގެ ޢާއިލާތަކަށް އެހީތެރިވުމަށް ފައިނޭންޝަލް ސަޕޯޓް ސިސްޓަމެއް ގާއިމްވެފައި ނެތުމާއި‪،‬‬ ‫ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ހަރުދާނާ ނިޒާމެއް ގާއިމްވެފައި ނެތްކަމާއި‬ ‫ގެވެށި އަނިޔާގެ މައްސަލަ ބަލާ މުއައްސަސާތަކުގެ ކެޕޭސިޓީ އިތުރުކުރަން ޖެހިފައިވާކަން އެފް‪.‬ޕީ‪.‬އޭއިން ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪51‬‬ ‫‪7272‬މި ރިޕޯޓުގެ މުއްދަތުގައި ‪ 2‬އަންހެނެއްގެ މަރުގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަމުންދާކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪52‬‬ ‫‪ 7373‬ޖަނަވަރީ ‪ 2019‬އިން އޮގަސްޓު ‪ 2022‬އާ ދެމެދު އަންހެނުންނަށް އަނިޔާކޮށްގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ‪1201‬‬ ‫މައްސަލައެއް ބަލާފައެވެ‪ .‬މީގެތެރެއިން އެންމެގިނައީ ޖިސްމާނީ އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކެވެ‪ .‬އޭގެ ތެރޭގައި‬ ‫ހިމެނެނީ މާރާމާރީ އަދި ގެވެށި އަނިޔާގެ މައްސަލަތަކެވެ‪.‬‬ ‫‪53‬‬ ‫‪32‬‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬

Select target paragraph3