‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫ޚާއްޞަ ފިޔަވަޅުތައް ވަގުތީގޮތުން ނުވަތަ ދިގު މުއްދަތަކަށް އެޅުމަށް ތަންދޭއިރު‪ ،‬މަޖިލީހުގައި އަންހެނުންގެ ބައިވެރިވުން‬ ‫އިތުރުކުރުމަށް ލެޖިސްލޭޓިވް ކޯޓާއެއް ތައާރަފް ކުރުމަކީ މުހިއްމު ކަމެއްކަމުގައި ފާހަގަކުރަމެވެ‪.‬‬ ‫‪5959‬ގޮތް ނިންމާ ފަންތީގައި އަދި ސިޔާސީ މަޤާމްތަކުގައި އަންހެނުންގެ ބައިވެރިވުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރަމެވެ‪.‬‬ ‫އޭގެތެރޭގައި މާލީ ތަނަވަސްކަން ނެތުން‪ ،‬ޢާއިލާއާއި މުޖްތަމަޢުގެ އެއްބާރުލުން ނުލިބުން‪ ،‬ކެމްޕެއިންތެރޭގައި އަންހެން‬ ‫ކެންޑިޑޭޓުންނަށް ފުރައްސާރަކުރުން‪ ،‬މީޑިއާގައި‪ ،‬އާއްމު އަދި ސިޔާސީ މަގާމުތަކުގައި އުޅޭ އަންހެނުން ނޭދެވޭގޮތުގައި‬ ‫ތަމްސީލްކުރުން‪ ،‬އަންހެނުންގެ ގާބިލްކަމާމެދު ސުވާލު އުފެއްދުން އަދި އަންހެނުންނާއި ފިރިހެނުންގެ ގާބިލްކަން މިނެކިރުމުގައި‬ ‫ތަފާތުކުރުން ގެންގުޅުން ހިމެނެއެވެ‪ .‬މީގެ އިތުރުން‪ ،‬ގޭތެރޭގެ ދިރިއުޅުމުގައި ކުރަންޖެހޭ ކަންތަކަކީ އަންހެނުންގެ ޒިންމާއެއްކަމުގައި‬ ‫ދެކޭ ދުށުމަށް މާބޮޑު ބަދަލެއް އައިސްފައި ނެތްކަމާއި ދަރިން އަދި ޢުމުރުން ދުވަސްވީ މައިންބަފައިން ބެލުމުގެ ޒިންމާގެ ބޮޑުބައި‬ ‫އުފުލަން ޖެހެނީ އަންހެނުންނަށްވާއިރު މިފަދަ ޒިންމާތަކަށް ލުއި ލިބޭނެ އިންތިޒާމް ދައުލަތުން ހަމަޖައްސައިދިނުމަށް ކޮންމެވެސް‬ ‫މިންވަރަކަށް މަސައްކަތް ފަށާފައިވާއިރު‪ ،‬އެކަށީގެންވާ ހެޔޮ ބަދަލެއް އަންނަ މިންވަރަށް މިހާތަނަށް ފިޔަވަޅު އަޅާފައިނެތްކަން‬ ‫ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪35‬‬ ‫އެގޮތުން‪ ،‬ވަޒީފާއަދާކުރާވަގުތު ކުދިން ބައިތިއްބާނެ ޑޭކެއަރ ސެންޓަރ ފަދަ ފެސިލިޓީސް ނެތްކަން‬ ‫ފާހަގަކުރ��ވިފައިވެއެވެ‪ .‬މީއީ އަންހެނުން ސިޔާސީ މައިދާނަށް ވެސް އަދި ވަޒީފާގެ މައިދާނަށް ނުކުތުމަށް ހުރި ގޮންޖެހުމެއްކަން‬ ‫ފާހަގަކުރަމެވެ‪.‬‬ ‫‪6060‬ސިޔާސީ މައިދާނުގައާއި ގޮތްނިންމާ ފަންތީގައި އަންހެނުން ހަރަކާތްތެރިވުމަށް ބާރުއެޅުމަށް ކުރާ މަސައްކަތް މިހާރަށްވުރެ‬ ‫އިތުރު ކުރަންޖެހޭކަން ފާހަގަކުރަމެވެ‪ .‬އެގޮތުން ސިޔާސީ މައިދާނުގައާއި ގޮތްނިންމާ ފަންތީގައި އަންހެނުންގެ ބައިވެރިވުން‬ ‫އިތުރުކުރުމަށް ޤާނޫނީ އިމުގެ ތެރެއިން ވަގުތީ ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެއްކަމުގައި ފާހަގަކުރަމެވެ‪.‬‬ ‫‪4.24.2‬މިންތީގެ ހަމަހަމަކަމާއި ސްޓީރިއޯޓައިޕްސް‬ ‫‪6161‬ޤާނޫނު ނަންބަރު ‪( 18/2016‬ޖެންޑަރ އިކުއަލިޓީގެ ޤާނޫނުގެ) ދަށުން ދައުލަތުގެ މުއައްސަސާތަކުގައި ގާއިމް ކުރަން ޖެހޭ‬ ‫ޝަކުވާ ހުށަހަޅާ ނިޒާމް އެކުލަވާލާފައިވަނީ ދައުލަތުގެ ‪ 24%‬މުއައްސަސާތަކުގައިކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪36‬‬ ‫އަދި މި ނިޒާމް‬ ‫އެކުލަވާލާފައިނުވާ މުއައްސަސާތަކާ މެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކުރެވިފައިވެއެވެ‪ 37.‬މި ރިޕޯޓުގެ‬ ‫މުއްދަތުގައި މި ނިޒާމްގެ ދަށުން އެއްވެސް މައްސަލައެއް މިހާތަނަށް ހުށަހަޅާފައިނުވެއެވެ‪.‬‬ ‫‪38‬‬ ‫‪6262‬ވޭތުވެދިޔަ ތިން އަހަރުތެރޭގައި އަންހެނުންނަށް އަނިޔާ ކުރުމަށް ހަރުކަށި ދީނީ ފިކުރު ބޭނުންކޮށްފައިވާކަން ފާހަގަކުރެވޭއިރު‬ ‫އެފަދަ ކަންކަން ހުއްޓުވުމަށް އިސްލާމްދީނުގައި އަންހެނުންގެ ޙައްޤުތަކަށާއި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ދީފައިވާ‬ ‫އަހައްމިއްޔަތުކަމުގެ މައްޗަށް އަލިއަޅުވައި އެކަމަށް އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް އެކަށީގެންވާ މިންވަރަށް‬ ‫މަސައްކަތް ކުރެވިފައި ނެތްކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪39‬‬ ‫‪6363‬އަންހެނުންގެ ޙައްޤުތަކާއި އަންހެނުންނާ ގުޅުން ހުރި ދާއިރާތަކުން ކުރިއަށް ގެންގޮސްފައިވާ ދިރާސާތައް މަދުކަމުގައި‬ ‫ފާހަގަކުރަމެވެ‪ .‬ނަމަވެސް‪ 2007 ،‬ވަނަ އަހަރު ހަދާފައިވާ ޕްރިވަލަންސް އޮފް ޖެންޑަރ ބޭސްޑް‪-‬ވަޔަލެންސް އެސެސްމެންޓް‪،‬‬ ‫ދި މޯލްޑިވްސް ސްޓަޑީ އޮން ވިމެންސް ހެލްތް އެންޑް ލައިފް އެކްސްޕީރިއަންސް ގެ ފޮލޯ‪-‬އަޕް ‪ 2023‬ވަނަ އަހަރު ހެދުމަށް‬ ‫ތައްޔާރު ވަމުންދާކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪40‬‬ ‫‪4.34.3‬ނުކުޅެދުންތެރިކަން ހުންނަ އަންހެނުން‬ ‫‪6464‬ނުކުޅެދުންތެރިކަން ހުންނަ އަންހެނުން ނިސްބަތުން ގިނަކަމުގައި ފާހަގަކުރެވޭއިރު‪ ،‬ނުކުޅެދުންތެރިކަން ހުންނަ އަންހެނުން‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬ ‫‪29‬‬

Select target paragraph3