ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
4 .4އަންހެނުންގެ ޙައްޤު
ސިޔާސީ މައިދާނުގައާއި ގޮތްނިންމާ ފަންތީގައި އަންހެނުން ހަރަކާތްތެރިވުމަށް ބާރުއެޅުމަށް ކުރާ މަސައްކަތް މިހާރަށްވުރެ އިތުރު
ކުރަންޖެހެއެވެ .އެގޮތުން ސިޔާސީ މައިދާނުގައާއި ގޮތްނިންމާ ފަންތީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ޤާނޫނީ އިމުގެ ތެރެއިން
ވަގުތީ ޚާއްސަ ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެއްކަމެކެވެ.
ވޭތުވެދިޔަ 2އަހަރު ތެރޭގައި ދައުލަތުގެ މުއައްސަސާތަކަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ކަންބޮޑުވާ މިންވަރަށް އަންހެނުންނަށް
އަނިޔާކޮށްގެން މައްސަލަތައް ހުށަހަޅާފައިވެއެވެ .އެގޮތުން 2021ވަނަ އަހަރާއި 2022ވަނަ އަހަރު މިނިސްޓްރީ އޮފް ޖެންޑަރ،
ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ 88%އަކީ އަންހެނުންނަށް އަނިޔާކޮށްގެން ހުށަހަޅާފައިވާ
މައްސަލަތަކެވެ.
ހަމައެހެންމެ ،ޖެނުއަރީ 2019އިން އޯގަސްޓް 2022އާއި ދެމެދު ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އަންހެނުންނަށް އަނިޔާކޮށްގެން
ހުށަހަޅާފައިވާ 1201މައްސަލައެއް ބަލާފައިއެވެ .މީގެތެރެއިން އެންމެގިނައީ ޖިސްމާނީ އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކެވެ .އޭގެ
ތެރޭގައި ހިމެނެނީ މާރާމާރީ އަދި ގެވެށި އަނިޔާގެ މައްސަލަތަކެވެ .ޖެނުއަރީ 2021އާއި އޯގަސްޓް 2022އާ ދެމެދު އަންހެނުންނަށް
އަނިޔާކޮށްފައިވާ 88މައްސަލައެއްގައި ދައުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އުފުލާފައިވެއެވެ.
އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށާއި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ވޭތުވެދިޔަ އަހަރުތަކުގެތެރޭގައި ގިނަ
ޤާނޫނުތަކާއި ޕޮލިސީތައް އެކުލަވާލާފައިވެއެވެ .އެގޮތުން ޤާނޫނު ނަންބަރު ( 18/2016ޖެންޑަރ އިކުއަލިޓީގެ ޤާނޫނު) އާއި ޤާނޫނު
ނަންބަރު ( 3/2012ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު ( 16/2014ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން
ހުއްޓުވުމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު ( 17/2014ޖިންސީ ކުށުގެ ޤާނޫނު) މިއީ ފާހަގަކޮށްލަން މުހިއްމު ޤާނޫނުތަކެވެ .ޤާނޫނީ
އޮނިގަނޑު ހަރުދަނާ ކުރަން މަސައްކަތް ކޮށް މިންތީގެ ހަމަހަމަކަން ޤާއިމް ކުރުމަށް ކުރާ މަސައްކަތުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް
ލިބިފައިވީނަމަވެސް ،ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ރާއްޖޭގައި ހަދާފައިވާ ޤާނޫނުތަކާ އެއްގޮތަށް އަންހެނުންގެ
ޙައްޤުތައް ރައްކާތެރިކޮށް ދަމަހައްޓައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް އަދިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަން
ފާހަގަކުރަމެވެ.
4.14.1ސިޔާސީ މައިދާނުގައާއި ގޮތް ނިންމާ ފަންތީގައި އަންހެނުންގެ ބައިވެރިވުން
5757ވޭތުވެދިޔަ އަހަރުތަކުގައި ދައުލަތުގެ ގޮތް ނިންމާ ފަންތީގައި އަންހެނުންނަށް ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރެވުނެވެ.
އެގޮތުން ،ކެބިނެޓްގެ 33%އަކީ އަންހެނުންނެވެ .މީގެ ކުރިން ފިރިހެނުން ތަމްސީލުކުރާ ވުޒާރާތައް ކަމުގައިވާ ޑިފެންސް
މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގައި އަންހެނުން ހިމެނޭކަން ފާހަގަކުރެވިފައިވެއެވެ.
ހަމައެހެންމެ ،ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓަށާއި މެޖިސްޓްރޭޓް ކޯޓްތަކަށް އަންހެން ފަނޑިޔާރުން އައްޔަންކޮށްފައިވާއިރު ،މިވަގުތު ކޯޓު ތަކުގައި މުޅިއެކު
23އަންހެން ޖަޖުން ތިބިކަން ފާހަގަކުރެވުނެވެ .ހަމަ އެހެންމެ 22%މެނެޖީރިއަލް ޕޮޒިޝަންތަކުގައި އަންހެނުން ތިބިކަން
ފާހަގަކުރެވުނެވެ .ލޯކަލް ކައުންސިލްތަކުގެ 39.5%ސީޓުތަކުގައި ތިބީ އަންހެނުންކަން ފާހަގަކުރެވިފައިވެއެވެ.
34
5858ނަމަވެސް ،މިފަދަ މަގާމް ތަކުގައި މިންތީގެ ހަމަހަމަކަން ގާއިމް ކުރުމަށް ގިނަގުނަ މަސައްކަތްތައް ކުރަންޖެހޭކަން ފާހަގަކުރަމެވެ.
އެގޮތުން ،ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ އަދަދު ނިސްބަތުން ދަށް ވަމުން ދާކަން ފާހަގަކުރެވިފައިވެއެވެ .ޖެންޑަރ
އީކުއަލިޓީ ޤާނޫނުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށާއި ސިޔާސީ މައިދާނުގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް
28
ހިއުމަން ރައިޓްސް ރިޕޯޓް 2022