ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
އިންތިޒާމް
ބައެއް ޚިދުމަތްތައް
ފޯރުކޮށްދޭ މަރުކަޒުތަކުގައި ހަމަޖެހިފައިވީ ނަމަވެސް،
އެހެން ފަރާތެއްގެ އެހީތެރިކަން
ހޯދުމަކާނުލައި ބައެއް ޚިދުމަތްތައް ހޯދަން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދަތިވެއެވެ.
21
ނުކުޅެދުންތެރިކަން ހުންނަ
މީހުންނަށް އެހީތެރިވުމުގެ ގޮތުން މަގުދައްކާދޭ މީހުންނާއި ،ބްރެއިލްގެ ޚިދުމަތްތަކާއި އިޝާރާތުން މުޢާމަލާތްކުރުމުގެ ތަމްރީން
ލިބިފައިވާ މީހުންގެ އިންތިޒާމް އާންމުންނަށް ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނުގައި ނުތިބޭކަން ފާހަގަކުރެވެއެވެ.
22
4444ފެނުމުގެ ދަތިކަން ހުންނަ ފަރާތްތަކުގެ މެދުގައި ބްރެއިލް ބޭނުންކުރަން ދަންނަ ފަރާތްތައް މަދެވެ 23.އަޑާއެކީގައި ޓޯކަން ޑިސްޕްލޭ
ހުންނަ ސިސްޓަމްތައް އާންމު ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގައި މަދުވުމާއި ،އެހެން މީހަކަށް ބަރޯސާނުވެ އޭޓީއެމްތަކުން ފައިސާ
ނެގުމަކީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވެފައިވާ ގޮންޖެހުމެކެވެ.
4545ކޮމިޝަނުން ޝާއިއުކޮށްފައިވާ ''ގްރޭޓާ މާލޭގައި ފުރޮޅުލީގޮނޑީގައި އެއްތަނުން އަނެއްތަނަށް ގޮސްއައިސް އުޅުމުގައި ހުރި
ގޮންޖެހުންތައް ދެނެގަތުން '' 2021ދިރާސާގައި ގައި ފާހަގަކޮށްފައިވާ ގޮތުން މާލޭ ސިޓީގައި ދުއްވާ ބަސްތަކުގައި ފުރޮޅުލީގޮނޑީގައި
އުޅޭ ފަރާތްތަކަށް ޒޯނެއް ޚާއްޞަކުރެވިފައިވެއެވެ .ނަމަވެސް ބަސް ހުއްޓިތައް ފަރުމާކުރެވިފައިވާ ގޮތުން ފުރޮޅުލީ ގޮނޑީގައި
އުޅޭ ފަރާތްތައް ބަސްހުއްޓިއަށް ވަނުމަށް ކައިރި ހިސާބެއްގައި ސްލޯޕެއް ނެތުމާއި ބަސްހުއްޓިއަށް ފުރޮޅުލީގޮނޑީގައި ވަދެވޭނެ
ޖާގަނެތުމާއި ފުރޮޅުލީގޮނޑީގައި މަޑުކުރުމަށް ޖާގަނެތްކަން މި ދިރާސާގައި ފާހަގަވެފައިވެއެވެ.
ހމަޖެހިފައެވެ.
4646ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޕަބްލިކް ޓްރާންސްޕޯޓް ވަނީ ހިލޭ ަ
ވަކި ޚާއްޞަ ގޮނޑިތަކެއް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކަނޑައަޅާފައިވެއެވެ.
25
އެކްސެސިބިލިޓީ ޚިދުމަތްތަކެއް ޤާއިމުވެފައިނުވެއެވެ.
26
24
އަދި ޕަބްލިކް ޓްރާންސްޕޯޓުގައި
ފެރީތަކަށް އަރާ ފޭބުމަށް ބިލްޓްއިން-
ހުރިހާ ބާވަތެއްގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދަތުރުކުރުމަށް
ފަސޭހަކުރުމުގެ ގޮތުން ޕަބްލިކް ޓްރާންސްޕޯޓު ސިސްޓަމްތަކުގައި ދަތުރާގުޅޭ މަޢުލޫމާތު ފެންނާނެހެން ހުރުމާއި ޓެކްޓައިލް
ފޯމެޓާ އަދި ރިއަލް ޓައިމްކޮށް އަޑުއިވޭނޭ ގޮތަށް އަދި ރިކޯޑްކޮށްފައިވާ މެސެޖްތައް ފޯރުކޮށްދިނުމަށް އިންތިޒާމްތަކެއް
ހަމަޖެހިފައިނުވާކަން ފާހަގަކުރެވިފައިވެއެވެ.
4747އަތޮޅުގައި ވެރިކަންކުރާ ރަށްރަށުން ލިބޭ ޚިދުމަތްތައް ހޯދުމަށް ،ނުކުޅެދުންތެރިކަން ހުންނަ މީހުން އަތޮޅުގެ ވެރިކަން ކުރާ
ރަށަށް ދަތުރު ކުރާއިރު އެހެން މީހުންނަށް ބަރޯސާވާން ޖެހިފައިވުމުގެ ސަބަބުން
މިފަދަ ޚިދުމަތްތައް ހޯދުމަށް ދަތިވާކަން
ފާހަގަކުރެވެއެވެ.
4848އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުމަށް މާލެ ސަރަހައްދުގައި ޤާއިމުކޮށްފައިވާ ޚާއްޞަ ކްލާހަށް
ހާޒިރުވާ ދަރިވަރުން މުއާމަލާތްކުރުމުގައި ބޭނުންކުރަނީ އެމެރިކަން ސައިން ލެންގުއޭޖު ކަމާއި އެހެންކަމުން ހަރަކާތުން
މުޢާމަލާތްކޮށްގެން މާސް މީޑިއާ މެދުވެރިކޮށް ގެނެސްދޭ މަޢުލޫމާތުތައް ހަމައެކަނި ފަހުމްވާނީ އަޑުއިވުމުގެ ނުކުޅެދުންތެރިކަން
ހުންނަ ކުދިންގެ ތެރެއިން ތަޢުލީމު ހާސިލްކުރުމަށް މި ފުރުޞަތު ތަނަވަސްވެފައިވާ ފަރާތްތަކަށް އެކަނިކަން ފާހަގަކުރެވުނެވެ.
27
4949އޮންލައިންކޮށް ލިބޭ މަޢުލޫމާތުގެ ތެރެއިން ދިވެހި ބަހުން ހުންނަ ލިޔުންތަކާއި ޚަބަރު ،ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ
މީހުންނަށް މީގެ ކުރިން ފަހުމު ނުވިޔަސް ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ އެހީތެރިކަމާއެކު ޖޫން 2020ގައި ތައާރަފްކޮށްފައިވާ
ތާނަ މެލޯ އެޕްލިކޭޝަން (ސްކްރީން ރީޑަރ) ބޭނުންކޮށްގެން އޮންލައިން މަޢުލޫމާތު ފަސޭހަކަމާއެކު ލިބިދެއެވެ.
28
5050ކޮމިޝަންގެ 2021ވަނަ އަހަރުގެ އިންސާނީ ޙައްޤުތަކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަދައިން މިރިޕޯޓުގެ މުއްދަތުގައި ވެސް
އެހެން މީހުންނެކޭވެސް އެއްފަދައިން ކަރާމާތްތެރިކަމާއި ހަމަހަމަކަމާއެކު ޢިމާރާތްތަކަށް ފަސޭހަކަމާއެކު ނުކުޅެދުންތެރިކަން
ހުންނަ މީހުނަށް ވަދެ ނުކުމެއުޅުމަށް ދަތިތަކާ ކުރިމަތިވާކަން ފާހަގަކުރެވެއެވެ.
ހިއުމަން ރައިޓްސް ރިޕޯޓް 2022
25