‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫‪3 .3‬ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤު‬ ‫ވޭތުވެދިޔަ ‪ 10‬އަހަރުތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ‬ ‫ގިނައީ ޖިންސީ އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކެވެ‪ .‬މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރާ އަނިޔާތަކުގެ‬ ‫ތެރޭގައި ގެވެށި އަނިޔާ‪ ،‬ހަށި ވިއްކުމަށް މަޖުބޫރުކުރުވުން‪ ،‬ނޮން‪-‬ކޮންސެންޝުއަލް ޕޯނޯގްރަފީ‪ ،‬ސައިބަރ ކްރައިމްސް އާއި ސްކޭމްކުރުން‬ ‫ހިމެނެއެވެ‪.‬‬ ‫އެހެން މީހުންނެކޭވެސް އެއްފަދައިން ކަރާމާތްތެރިކަމާއި ހަމަހަމަކަމާއެކު އިމާރާތްތަކަށް ފަސޭހަކަމާއެކު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް‬ ‫ވަދެ ނުކުމެއުޅުމަށް ދަތިތަކާ ކުރިމަތިވާކަން ފާހަގަކުރެވެއެވެ‪ .‬ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޢުމުރުން ދުވަސްވީ ފަރާތްތަކަށް‬ ‫ބޭނުންވާ ޚިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމުގެ އިންތިޒާމް ބައެއް ޚިދުމަތްތައް ފޯރުކޮށްދޭ މަރުކަޒުތަކުގައި ހަމަޖެހިފައިވީނަމަވެސް‪،‬‬ ‫އެހެން ފަރާތެއްގެ އެހީތެރިކަން ހޯދުމަކާނުލައި ބައެއް ޚިދުމަތްތައް ހޯދަން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދަތިވެއެވެ‪.‬‬ ‫ޤާނޫނު ނަންބަރު ‪( 8/2010‬ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ‬ ‫ޤާނޫނު) އިންސާނީ ޙައްޤުތަކުގެ ނަޒަރުން ރިވިއުކޮށް‪ ،‬ކޮމިޝަނުގެ ހުށަހެޅުންތައް ކަމާގުޅުންހުރި އިދާރާތަކާ ހިއްޞާކުރެވިފައިވެއެވެ‪.‬‬ ‫ރަށުކައުންސިލްތަކާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުމުގެ‬ ‫މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރަމުން ނުގެންދާކަމާއި‪ ،‬ރަށުގެ ތަރައްޤީއަށް ހިންގޭ މަޝްރޫއު ތަކުގެ ޕްލޭން އެކުލަވާލުމުގައި‬ ‫ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަސް ހޯދުމަށް ޚާއްޞަ ސަމާލުކަމެއް ދީފައި ނުވެއެވެ‪.‬‬ ‫‪3333‬ޤާނޫނު ނަންބަރު ‪( 8/2010‬ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން‬ ‫ފޯރުކޮށްދިނުމުގެ ޤާނޫނު) އިންސާނީ ޙައްޤުތަކުގެ ނަޒަރުން ރިވިއުކޮށް‪ ،‬ކޮމިޝަނުގެ ހުށަހެޅުންތައް ކަމާގުޅުންހުރި އިދާރާތަކާ‬ ‫ޙިއްޞާކުރެވިފައިވެއެވެ‪ .‬ރަށުކައުންސިލްތަކާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ‬ ‫މަޢުލޫމާތު އެއްކޮށް ބެލެހެއްޓުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރަމުން ނ��ގެންދާކަމާއި‪ ،‬ރަށުގެ ތަރައްޤީއަށް ހިންގޭ‬ ‫މަޝްރޫއު ތަކުގެ ޕްލޭން އެކުލަވާލުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަސް ހޯދުމަށް ޚާއްޞަ ސަމާލުކަމެއް ދީފައި‬ ‫ނުވެއެވެ‪.‬‬ ‫‪3.13.1‬އާންމު މަސްއޫލިއްޔަތު‬ ‫‪3434‬ޤާނޫނު ނަންބަރު ‪( 8/2010‬ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ‬ ‫ޤާނޫނު) އިންސާނީ ޙައްޤުތަކުގެ ނަޒަރުން ރިވިއުކޮށް‪ ،‬ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ދައުލަތުގެ ބެލުމުގެ ދަށުގައި‬ ‫ތިބޭ މީހުންގެ ފަރުވާ ނިމުމަށްފަހު ޢާއިލާއިން ޙަވާލުނުވާ ފަރާތްތަކުގެ ބެލެނިވެރިން ޒިންމާދާރުކުރުމަށްޓަކައި ޢަމަލުކުރާނެ‬ ‫ޢިޖުރާއަތްތަކެއް މި ޤާނޫނުގައި ހިމަނާފައިނުވާތީއާއި‪ ،‬ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މައިންބަފައިންނާއި ބެލެނިވެރިންގެ‬ ‫ޒިންމާތަކާއި އެ ޒިންމާތައް ބަޔާންކޮށް‪ ،‬އެ ޒިންމާތައް އަދާކުރާކަން މޮނިޓަރކުރެވޭނެ ގޮތެއް ބަޔާންކޮށްފައި ނުވާތީ‪ ،‬މި‬ ‫ކަންކަމާގުޅޭ އުޞޫލުތައް މި ޤާނޫނުގައި ބަޔާންކުރުމަށް ހުށަހަޅާފައިވާނެއެވެ‪ .‬މީގެ އިތުރުން މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގައި‬ ‫ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރެޒިޑެންޝަލް ކެއަރ ދިނުމަށް ޚާއްޞަ މަރުކަޒެއް ޤާއިމްކުރުމާއި‪ ،‬ނަފްސާނީ‬ ‫ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރެޒިޑެންޝަލް ކެއަރ ދިނުމަށް ޚާއްޞަ މަރުކަޒެއް ޤާއިމްކުރުމަށް ލާޒިމްކޮށްފައި ނުވާތީ‬ ‫މިފަދަ މަރުކަޒުތައް މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ އަހަރު ދުވަހުގެތެރޭގައި ޤާއިމްކުރުމަށް އިޞްލާޙު ހުށަހަޅައި‪ ،‬މި ޤާނޫނު‬ ‫ރިވިއުކުރުމަށްފަހު ޖުމްލަ ‪ 50‬އިޞްލާޙާއެކު ކޮމިޝަނުގެ ހުށަހެޅުންތައް ކަމާގުޅުންހުރި އިދާރާތަކާ ވަނީ ޙިއްޞާކުރެވިފައެވެ‪.‬‬ ‫‪22‬‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬

Select target paragraph3