ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
y yމީގެއިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގައި ހިނގާ ހަމަނުޖެހުންތަކުގައި
ކުޑަކުދިންނާ މުޢާމަލާތްކުރާނެ ތަމްރީނު ނެތް އަދި ކުދިން ބައިތިއްބާ މަރުކަޒުތަކުގައި ހިނގާ ކަންކަން ބެލުމުގެ އެއްވެސް
ހައިސިއްޔަތެއްނެތް އަމިއްލަ ފަރާތްތަކުން މަރުކަޒު ތެރެއަށް ވަދެ ،މީޑިއާތަކުން ކުދިންގެ ޙަރަކާތްތައް ފެންނަހެން ފޮޓޯ/
ވީޑިއޯ ނަގައި އެފަރާތްތަކުގެ ސޯޝަލް މިޑިޔާތަކުގައި ޕޯސްޓުކުރުންފަދަ ކުދިންގެ ކަރާމަތަށް އަސަރު ފޯރާ ފަދަ ކަންކަން
ހިންގާފައިވާކަން މި ކޮމިޝަނަށް ހުށަހެޅުނު މައްސަލައިން ފާހަގަކުރެވިފައިވާތީ މި މައްސަލައަށް ރިޢާޔަތްކޮށް ކޮމިޝަނުގެ
ކަންބޮޑުވުން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ޙިއްޞާކޮށްފައިވާނެއެވެ.
y yދައުލަތުގެ ބެލެނިވެރިކަމުގެ ދަށުގައި ތިބޭ ކުދިން އެއްތަނުން އަނެއްތަނަށް ބަދަލުކުރާއިރު ނުވަތަ ގެންދާއިރު އެކަން
އެ ކުދިންގެ ޢާއިލާއަށް ނުވަތަ ބެލެނިވެރިފަރާތަށް އަންގާފައިނުވާކަން ފާހަގަކުރެވިފައިވާތީ ،އެކަމާގުޅުންހުރި އުޞޫލެއް
އެކުލަވާލުމަށްފަހު ކޮމިޝަނަށް ޙިއްޞާކުރުމަށް ދަންނަވާފައިވާނެއެވެ.
2.22.2ކުޑަކުދިން ލައްވާ މަސައްކަތްކުރުވުން މަނާކުރުން
2020ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމުގެ އާންމު ޤަވާއިދުގެ 11ވަނަ މާއްދާގައި ތަމްރީނު ދިނުމަށާއި ޢާއިލާގެ
މަސައްކަތުގައި ކުދިން ބައިވެރިކުރުމުގައި ،ވަޒީފާދޭ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލެއް އެކުލަވާލަންވާނެކަމަށް ބަޔާން
ކޮށްފައިވެއެވެ .އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމުގެ ޢާންމު ޤަވާޢިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3
މަސްދުވަހުގެ ތެރޭގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން މި އުޞޫލު އެކުލަވާލައި ،ދިވެހި ސަރުކާރުގެ
ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް ބަޔާން ކޮށްފައިވެއެވެ .އެހެންނަމަވެސް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޢާންމު
ޤަވާޢިދުގެ 11ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލު އެކުލަވާލައި ނިމިފައިނުވާކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން
ސަރވިސްއިން ކޮމިޝަނަށް މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ .އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޢާންމު ޤަވާޢިދު
އިޞްލާޙުކުރުމުގެ މަސައްކަތްކުރަމުންދާއިރު ،ބަޔާންކޮށްފައިވާ އުޞޫލުގައި ހިމަނަންޖެހޭ ބައިތައް ޤަވާޢިދުގެ ތެރޭގައި
ހިމެނިގެންދާނެކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.
2121މި ރިޕޯޓްގެ މުއްދަތުގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީއިން ކުރިއަށް ގެންދިޔަ 486އިންސްޕެކްޝަންގެ ތެރެއިން ކުޑަކުދިން
ލައްވައި މަސައްކަތް ކުރުވުމާ ގުޅޭ 31މައްސަލައެއް ފާހަގަކޮށްފައިވެއެވެ.
2222ކުޑަކުދިން ލައްވައި މަސައްކަތް ކުރުވުމާ ގުޅޭ މައްސަލަތައް ލޭބަރ ރިލޭޝަންސް އޮތޯރިޓީން މިނިސްޓްރީ އޮފް ޖެންޑަރ
ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ހިއްސާކޮށްފައިވެއެވެ .މި މަސައްކަތުގެ ތެރޭގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް
ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމާބެހޭ ޢާންމު ޤަވާޢިދަށް މުޖުތަމަޢު ހޭލުންތެރިކަން
ކުޑަވުމާއި މާލީ ވަސީލަތްތައް ނެތުން ހިމެނެއެވެ.
2323ކުޑަ ދެކުއްޖަކު ދިރިއުޅެމުންދާ މާޙައުލު ރައްކާތެރި ނޫންކަމަށާއި ،އެކުދިން ލައްވައި ޢުމުރާ ނުގުޅޭ މަސައްކަތް ކުރުވާކަމަށްބުނެ
ކޮމިޝަނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކޮމިޝަނުން އިސްނަގައިގެން މައްސަލައެއް ބަލައި ތަޙްޤީޤު ކޮށްފައިވެއެވެ.
2424ކޮމިޝަންގެ 2021ވަނަ އަހަރުގެ އިންސާނީ ހައްޤުތަކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަދައިން ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި
ކުރުމުގެ އާންމު ޤަވާއިދުގެ 11ވަނަ މާއްދާގައި ތަމްރީނު ދިނުމަށާއި ޢާއިލާގެ މަސައްކަތުގައި ކުދިން ބައިވެރިކުރުމުގައި ،ވަޒީފާދޭ
ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލެއް އެކުލަވާލާފައިނުވެއެވެ .އެހެންނަމަވެސް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ
އާންމު ޤަވާއިދު އިސްލާޙުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމާއި މި އުޞޫލުގައި ހިމަނަންޖެހޭ ބައިތައް ޤަވާއިދުގެ ތެރޭގައި
ހިއުމަން ރައިޓްސް ރިޕޯޓް 2022
19