ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ގިނަ ޢަދަދެއް ނަމަ އެ ފަރާތަށް އަސާސީ ޕެންޝަންގެ ގޮތުގައި ދެވޭ އިނާޔަތް ޙައްޤުނުވާނެކަން ފާހަގަކޮށްފައިވެއެވެ.
.5
5ޤާނޫނު ނަންބަރު ( 4/2000ޢާއިލާއާ ބެހޭ ޤާނޫނު) ގެ 58ވަނަ މާއްދާގައި މައިންބަފައިން ބެލެހެއްޓުމުގައި ދަރިންގެ ޒިންމާތައް
ބަޔާންކޮށްފައިވީ ނަމަވެސް ،ދަރިންގެ އިހުމާލުން މިފަދަ ޒިންމާތައް އަދާނުކުރާނަމަ އުފުލަންޖެހޭ މަދަނީ މަސްއޫލިއްޔަތުތައް
ޤާނޫނުގައި ވަކިން ބަޔާންކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ .މިފަދަ ޙާލަތްތަކުގައި މަސްއޫލުކުރެވެން އޮތް ފަރާތްތަކަށް
ކަނޑައެޅެން އޮތް އަދަބަކީ ޤާނޫނު ނަންބަރު ( 4/2000ޢާއިލާއާ ބެހޭ ޤާނޫނު) ގެ 70ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 1000
ރުފިޔާއިން ޖޫރިމަނާ ކުރުންކަމަށްވާއިރު ،މި އަދަބަކީ މައިންބަފައިންނާމެދު އިހުމާލުވެ ޝަރުޢީ އަދި ޤާނޫނީ މަސްއޫލިއްޔަތު
އަދާނުކުރާ ފަރާތްތަކަށް އެކަށޭނަ އަދަބެއްނޫންކަމުގައި ފާހަގަކުރަމެވެ.
3
.6
6އުމުރުން ދުވަސްވީ މީހުން ބެލުމަށް ނުވަތަ އެމީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އެ މީހުންނަށް ބޭނުންވާ އަޅާލުމާއި
ޚާއްޞަ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އުމުރުން ދުވަސްވީ މީހުންގެ ރެޒިޑެންޝަލް މަރުކަޒެއް ރާއްޖޭގައި މިހާތަނަށް
ގާއިމުކުރެވިފައިނުވާކަން ފާހަގަކުރެވިފައިވެއެވެ .މިކަމުގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ އުމުރުން ދުވަސްވީ މީހުން
މިވަގުތު ބަލަހައްޓަމުން ދަނީ ކ .ގުރައިދޫގައި ޤާއިމްކުރެވިފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކަމާއި،
މި މަރުކަޒަކީ ނަފްސާނީ ނުކުޅެދުންތެރިކަމެއް ނެތް އުމުރުން ދުވަސްވީ މީހުން ބޭތިއްބުމަށް އެކަށީގެންވާ މަރުކަޒެއް ނޫންކަން
ފާހަގަކުރަމެވެ.
.7
7އުމުރުންދުވަސްވީ މީހުންނާ ގުޅޭ މަސްއޫލިއްޔަތުތައް ކަނޑައަޅައި ،އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތަކާގުޅޭ ބިލެއް
އެކުލަވާލުމުގެ މަސައްކަތް ކުރެވެމުން އައުމަކީ އެމީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގައި އެޅިގެންދިޔަ
ހަރުދަނާ ފިޔަވަޅެއްކަން ފާހަގަކުރަމެވެ .މި ބިލުގައި އުމުރުން ދުވަސްވީ މީހުންނަށް ހޯމް ކެއަރ ފެސިލިޓީއަކާއި ރެޒިޑެންޝަލް
ފެސިލިޓީއެއް ގާއިމުކޮށް ،އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ރައްކާތެރިކަން ބޭނުންވާ މީހުންނަށް ރެޒިޑެންޝަން ކެއަރ
ފެސިލިޓީތައް މެދުވެރިކޮށް ރައްކާތެރިކަން ދިނުމަށް މި ބިލުގައި ކަނޑައެޅިގެން ދާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
4
.8
8އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތަކާގުޅޭ ބިލަށް އިންސާނީ ޙައްޤުތަކުގެ ނަޒަރުން ކޮމެންޓްކޮށް 19އެޕްރީލު 2022
ގައި މިނިސްޓްރީ އޮފް ޖެންޑަރ ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާ ހިއްސާކޮށްފައިވާނެއެވެ .މިއަދާ ހަމައަށް މި ބިލު
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިނުވާކަން ފާހަގަކުރެވިފައިވެއެވެ.
.9
9މި ރިޕޯޓުގެ މުއްދަތުގައި އުމުރުން ދުވަސްވީ މީހުންނާ ގުޅުންހުރި 2މައްސަލައެއް ކޮމިޝަނަށް ހުށަހެޅި ބަލައި
ތަޙްޤީޤުކޮށްފައިވެއެވެ .މިގޮތުން އުމުރުން ދުވަސްވީ މީހެއްގެ ނަފްސާނީ ދުޅަހެޔޮކަމާގުޅޭ މައްސަލައެއް ތަޙްޤީގުކޮށް ގުޅުންހުރި
އިދާރާއިން އެމީހާގެ ހާލަތު މޮނިޓަރ ކުރުމަށް މި ކޮމިޝަނުން މިނިސްޓްރީ އޮފް ޖެންޑަރ ،ފެމިލީ އެންޑް ސޯޝަލް
ސަރވިސަސްއަށް އިލްތިމާސްކޮށްފައިވާނެއެވެ .އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އަނިޔާ ކޮށްފައިވާ ކަމަށް
ބުނެ ހުށަހެޅުނު މައްސަލައިގެ ތަޙްޤީގުން މި މައްސަލައިގެ ޙާދިސާ ރިޕޯޓެއް ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން
ހަދާފައި ނުވާކަމާއި ،މި ޙާދިސާ ބެލުމަށް މަސައްކަތެއް ކޮށްފައި ނުވާކަން ފާހަގަކުރެވިފައިވާތީ ކޮމިޝަނުގެ ކަންބޮޑުވުން
މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ހިއްސާކޮށްފައިވާނެއެވެ.
1010އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތަކާ ގުޅިގެން ކޮމިޝަނަށް މި މުއްދަތުގައި މުޖުތަމަޢާއި ޢާއިލާގެ ފަރާތުން އަނިޔާ ލިބިގެން
މައްސަލައެއް ހުށަހެޅިފައިނުވެއެވެ .މި ރިޕޯޓްގެ މުއްދަތުގައި ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތައް ހުށަހެޅިފައިވަނީ ދައުލަތުގެ
ބެލުމުގެދަށުގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި މީހުންނާ ގުޅިގެން ހުށަހެޅިފައިވާ މައްސަލަތައް
އެކަނިކަން ފާހަގަކުރެވެއެވެ .އުމުރުން ދުވަސްވީ މީހުންނަށް އިޖްތިމާޢީ ގޮތުންނާއި ،އިޤްތިޞާދީގޮތުން ދިމާވާ ތަފާތު
14
ހިއުމަން ރައިޓްސް ރިޕޯޓް 2022