‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫‪1 .1‬ޢުމުރުން ދުވަސްވީ މީހުންގެ ޙައްޤު‬ ‫ދިވެހިރާއްޖޭގެ އާބާދީ ކުރިއަށް އޮތްތަނުގައި ބޮޑު އަދަދަކުން އިތުރުވާނެކަމަށް އަނަދާޒާ ކޮށްފައިވާއިރު އުމުރުންދުވަސްވީ މީހުންގެ ޙައްޤުތައް‬ ‫ކަށަވަރަރު ކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަކީ މުހިއްމުކަމެކެވެ‪ .‬ދިވެހިރާއްޖޭގެ ޖުމްޙޫރިއްޔާގެ ޤާނޫނުއަސާސީގެ ‪35‬‬ ‫ވަނަ މާއްދާގެ ދަށުން އުމުރުން ދުވަސްވީމީހުންނަށް ޢާއިލާގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ޙާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން‬ ‫ލިބުމަކީ އެމީހުންނަށް ލިބިގެންވާ ޙައްޤެއްކަމުގައި ބަޔާންކޮށްފައިވެއެވެ‪ .‬ގަދަރުވެރިކަމާ ކަރާމާތްތެރިކަމާއެކު އުމުރުން ދުވަސްވީ މީހުންނަށް‬ ‫ދިރިއުޅުމުގެ ކަންކަން ފުރިހަމަކުރުމަށް މަގުފަހި ކުރުމުގެގޮތުން ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުން އުމުރުން ‪ 65‬އަހަރުން މަތީގެ‬ ‫ކޮންމެ މީހަކަށް އަސާސީ ޕެންޝަނެއްވަނީ ކަނޑައަޅައިފައެވެ‪ .‬ޢުމުރުން ދުވަސްވީ މީހުނަށް ބޭނުންވާ އަޅައިލުމާއި ރައްކާތެރިކަން‬ ‫ފޯރުކޮށްދިނުމަށްޓަކައި އުމުރުންދުވަސްވީ މީހުންގެ ރެޒިޑެންޝަލް މަރުކަޒެއް ރާއްޖޭގައި މިހާތަނަށް ގާއިމު ކުރެވިފައިނުވެއެވެ‪ .‬އަދި‬ ‫އުމުރުންދުވަސްވީ މީހުންނާ ގުޅޭ މައްސޫލިއްޔަތުތައް ކަނޑައަޅައި‪ ،‬އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތަކާގުޅޭ ބިލެއް އެކުލަވައިލުމުގެ‬ ‫މަސައްކަތް ކުރެވެމުންއައުމަކީ އެމީހުންގެ ޙައްޤުތައް ތައްކާތެރިކުރުމަށް ކުރާ މަސައްކަތުގައި އެޅިގެންދިއަ ހަރުދަނާ ފިޔަވަޅެއްކަން‬ ‫ފާހަގަކުރަމެވެ‪.‬‬ ‫‪.1‬‬ ‫‪'1‬މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަން ‪ '2054 -2014‬ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގެ އާބާދީ ކުރިއަށް‬ ‫އޮތްތަނުގައި ބޮޑު އަދަދަ��ުން އިތުރުވާނެއެވެ‪ .‬ދިވެހިރާއްޖޭގެ އާބާދީ ‪ 2054‬ވަނަ އަހަރު އެއް މިލިއަނާ ގާތްކުރާ އަދަދަކަށް‬ ‫އިތުރުވާނެކަމަށް ބެލެވެއެވެ‪ .‬މި ބަދަލާއެކު‪ ،‬އާބާދީގެ ‪ 64%‬އަށްވުރެ ގިނަ މީހުން ވަޒަންވެރިވާނެކަމަށް ބެލެވިފައިވަނީ ގްރޭޓަރ‬ ‫މާލެ ސަރަހައްދުގައި ކަމާއި‪ 2045 ،‬ވަނަ އަހަރު‪ ،‬ޢުމުރުން ‪ 45‬އަހަރުން މަތީގެ އާބާދީ އެއަށްވުރެ ދަށުގެ ޢުމުރުފުރައިގެ‬ ‫އާބާދީއަށްވުރެ އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ‪ .‬މި ސަބަބައްޓަކައި އެ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އިތުރަށް‬ ‫ހަރުދަނާކޮށް‪ ،‬ޤަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް މިހާރުންފެށިގެން ނިޒާމުތައް ބައްޓަންކުރުމުގެ މުހިންމުކަން‬ ‫ފާހަގަކުރަމެވެ‪.‬‬ ‫‪.2‬‬ ‫‪1‬‬ ‫‪2‬ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ‪ 35‬ވަނަ މާއްދާގެ ދަށުން އުމުރުން ދުވަސްވީ މީހުންނަށް ޢާއިލާގެ ފަރާތުންނާއި‬ ‫ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ލިބުމަކީ އެމީހުންނަށް ލިބިގެންވާ ޙައްޤެއްކަމުގައި ބަޔާންކޮށްފައިވެއެވެ‪.‬‬ ‫އުމުރުންދުވަސްވީ މީހުންނަށް ދިމާވާ ތަރިކައިގެ މައްސަލަތަކާއި‪ ،‬ފައިސާ އާއި ދަރަނީގެ މައްސަލަތަކުގައި އިންސާފަށް‬ ‫ވާސިލްވުމަށް ހުރި ތަފާތު ގޮންޖެހުންތައް ނައްތައިލުމަށް އެފަރާތްތަކަށް ހާއްސަކޮށް އަމާޒުކުރެވިފައިވާ ޤާނޫނީ ނިޒާމެއް‬ ‫ޤާއުމުކުރެވިފައިނުވާކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪.3‬‬ ‫‪3‬ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ‪ 2023 – 2018‬ގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ބިލު އެކުލަވައިލުން‬ ‫ހިމެނިފައިވީނަމަވެސް މިއަދާ ހަމައަށް މިފަދަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިނުވާކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪.4‬‬ ‫‪4‬ޤާނޫނު ނަންބަރު‬ ‫‪( 8/2009‬ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު)ގެ ‪ 11‬ވަނަ މާއްދާގެ ދަށުން އުމުރުން ‪ 65‬އަހަރުގެ‬ ‫ކޮންމެ މީހަކަށް އުމުރުންދުވަސްވީ މީހުންނަށް ދޭ އަސާސީ ޕެންޝަނެއްވަނީ ކަނޑައަޅާފައެވެ‪ .‬އުމުރުން ދުވަސްވީމީހުންނަށް ލިބޭ‬ ‫އަސާސީ ޕެންޝަން ލިބުމުން އިސްތިސްނާ ކުރެވޭ މީހުންނަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި މީހުންނާއި‪ ،‬ކުށެއް ސާބިތުވެ‬ ‫ޖަލުގައި ހުކުމް ތަންފީޛުކުރަމުންދާ މީހުންނަށެވެ‪ 2.‬އަދި އެ ޤާނޫނުގެ ދަށުން ލިބޭ ރިޓަޔަރމެންޓް ޕެންޝެއް ނުވަތަ ސަރުކާރު‬ ‫މުވައްޒަފުންގެ ޕެންޝަން ނުވަތަ އެހެންވެސް ޕެންޝަނެއްގެ ގޮތުގައި ލިބޭ އަދަދަކީ އަސާސީ ޕެންޝަނުގެ ދެ ގުނަ އަށް ވުރެ‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬ ‫‪13‬‬

Select target paragraph3