‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫އިންސާނީ ޙައްޤުތަކުގެ ޙާލަތު‬ ‫ދިވެހިރާއްޖެ ބައިވެރިވެފައިވާ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުންނާއި‪ ،‬ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިންނާއި‪،‬‬ ‫ދިވެހިރާއްޖޭގައި އެކުލަވާލައި ޢަމަލުކުރަމުންދާ ޤާނޫނުތަކުންނާއި ޤަވާޢިދުތަކުން އަދި އެކަށައަޅާފައިވާ އެކިއެކި ސިޔާސަތުތަކުން ރާއްޖޭގައި ދިރިއުޅޭ‬ ‫ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބަޔާންކޮށްފައިވާ ސިޔާސީ‪ ،‬މަދަނީ‪ ،‬އިޖްތިމާޢީ އަދި އިޤްތިޞާދީ ޙައްޤުތައް ރައްޔިތުންނަށް ފޯރުކޮށްދެވޭ މިންވަރުގެ‬ ‫މަޢުލޫމާތު މި ރިޕޯޓުގައި ހިމަނާފައިވާނެއެވެ‪ .‬މި ރިޕޯޓުގައި މަޢުލޫމާތު ހިމަނާފައިވަނީ ހިއުމަންރައިޓްސް ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި‬ ‫ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިއްސާކޮށްފައިވާ މަޢުލޫމާތާއި ކޮމިޝަންގެ އެކިއެކި މޮނިޓަރިންގެ މަސައްކަތުން ފާހަގަވާ ކަންކަމުގެ މައްޗަށެވެ‪.‬‬ ‫މި ރިޕޯޓުގައި އަލިއަޅުވާލާފައިވަނީ ސިޔާސީ‪ ،‬މަދަނީ‪ ،‬އިޖްތިމާޢީ އަދި އިޤްތިޞާދީ ޙައްޤުތަކުގެ މައްޗަށެވެ‪ .‬މިގޮތުން މައިގަނޑު ގޮތެއްގައި ތަޢުލީމު‬ ‫އުގެނުމުގެ ޙައްޤު‪ ،‬ޢުމުރުން ދުވަސްވީ މީހުންގެ ޙައްޤު‪ ،‬ނުކުޅެދުންތެރިކަން ހުންނަމީހުންގެ ޙައްޤު‪ ،‬އަންހެނުންގެ ޙައްޤު‪ ،‬އިޖްތިމާއީ ރައްކާތެރިކަން‪،‬‬ ‫ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަންމަތީ ދިރިއުޅުމުގެ ޙައްޤު‪ ،‬ބޯހިޔާވަހިކަން ލިބުމުގެ ޙައްޤު‪ ،‬ތިމާވެށި ރައްކާތެރި ކުރުމުގެ ޙައްޤު‪ ،‬މަސައްކަތްކުރުމާއި‬ ‫އެކަށީގެންވާ އުޖޫރަލިބުމުގެ ޙައްޤު‪ ،‬އެއްވެ އުޅުމުގެ މ��ނިވަންކަމާއި ޖަމްޢިއްޔާ‪/‬ޖަމާޢަތްތައް ހެދުމުގެ މިނިވަންކަން‪ ،‬އަމިއްލަ މުދަލާއި ޒާތީ‬ ‫މިނިވަންކަން‪ ،‬މައުލޫމާތު ހޯދުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން‪ ،‬ވޯޓުދިނުމުގެ ޙައްޤާއި އިންތިޚާބުތަކަށް‬ ‫ކުރިމަތިލުމުގެ ޙައްޤު‪ ،‬އަދުލުވެރިކަމާއި ހަމަހަމަކަމާއެކު ޝަރީޢަތް ކުރެވުމުގެ ޙައްޤު‪ ،‬ދިރިހުރުމުގެ ޙައްޤު‪ ،‬އަނިޔާ ކުރުމާއި ލާއިންސާނީ ޢަމަލުތަކުން‬ ‫މިނިވަންވެގެންވުމުގެ ޙައްޤު‪ ،‬މިނިވަންކަން ގެއްލޭ ގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ބަންދުމީހުންނާއި ގައިދީން އަދި ކުދިންގެ ޙައްޤުތަކަށް‬ ‫އަލިއަޅުވާލާފައިވާނެއެވެ‪.‬‬ ‫‪1 .1‬ޢުމުރުން ދުވަސްވީ މީހުންގެ ޙައްޤު‬ ‫‪12‬‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬

Select target paragraph3