‫‪ 3.6‬ޤާނޫ ީނ ހަމަހަމަކަން‬ ‫ ‪48.‬ދިވެހިރާއްޖޭގެ ގިނަ ބިންތައް މިލްކުވަނީ ދައުލަތަށްކަމާއި‪ ،‬މިފަދަ ބިންތައް ބެހުމުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި‬ ‫ހަމަހަމަކަން ގެންގުޅެއެވެ‪ 54.‬އަމިއްލަ ބިން ވާރުތަކުރުމާއި ބެހުމުގައި ޝަރުޢީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން‪ ،‬އަންހެން ދަރިންނަށް‬ ‫ލިބޭވަރަށްވުރެ ދެގުނަ އިތުރަށް ފިރިހެން ދަރިންނަށް ލިބެއެވެ‪ 55.‬އެހެންނަމަވެސް‪ ،‬އާންމުގޮތެއްގައި ބިން ބެހުމުގައި އާއިލާއިން‬ ‫އެދޭނަމަ އަމިއްލަ މީހުންގެ ބިންވެސް ބަހަނީ އެއް ހަމައެއްގައިކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫ ‪49.‬ޤާނޫނު ނަމްބަރު ‪( 4/2000‬ޢާއިލާއާބެހޭ ޤާނޫނު)އަށް ގެނެވުނު ދެވަނަ އިޞްލާޙުގެ ދަށުން ވަރިކުރުމުގެ ކުރިން ދެމަފިރިން‬ ‫އެކުގައި ހޯދާފައިވާ މުދާ ޢަދުލުވެރިކަމާއެކު ބެހުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ‪ .‬މި އިޞްލާޙުގައި ބަޔާންކޮށްފައިވާ ގޮތުގައި‪،‬‬ ‫ކައިވެނި ރޫޅޭ ޙާލަތުގައި‪ ،‬ކައިވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހޯދާފައިވާ މުދަލާއި ފައިސާއާމެދު ޢަމަލުކުރާނެ އުސޫލެއް‬ ‫ބަޔާންކޮށް މި ޤާނޫނާ އެއްގޮތްވާ ގޮތެއްގެ މަތިން އެއްބަސްވުމެއް އެކުލަވާލާފައި ވާނަމަ‪ ،‬ވަރިކުރުމުގެ ހުއްދަ ދިނުމުގެ ކުރިން‬ ‫ނުވަތަ ކައިވެނި ރޫޅައިދިނުމުގެ ކުރިން‪ ،‬ނުވަތަ ވަރި ރަޖިސްޓްރީ ކޮށްދިނުމުގެ ކުރިން‪ ،‬ކައިވެނީގެ މުއްދަތުގައި ދެމަފިރިން‬ ‫އެކުގައި ހޯދާފައިވާ މުދަލާއި ފައިސާ‪ ،‬މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތެއްގެމަތިން‪ ،‬އެ ދެމަފިރިންގެ މެދުގައި ޢަދުލުވެރި‬ ‫ބެހުމަކުން ބެހުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ‪ 56.‬އެހެންނަމަވެސް‪ ،‬މިފަދަ ކައިވެނީގެ އެއްބަސްވުމަކީ އާ އެއްޗަކަށްވުމާއި‪ ،‬އަދި‬ ‫މި ކަމާގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރި ވެފައިނުވާތީ މިފަދަ އެއްބަސްވުންތައް ވެވެނީ މަދުންކަން ފާހަގަކުރެވިފައިވެއެވެ‪ .‬އާންމުން‬ ‫ހޭލުންތެރިކޮށް މެޓްރިމޯނިއަލް ޕްރޮޕަރޓީ ދެ ފަރާތުގެ ދެމެދުގައި ހަމަހަމައަށް ބެހޭނެ ފަދައަކުން ޤާނޫނު އިޞްލާޙުކުރަންޖެހޭކަން‬ ‫ކޮމިޝަނުން ފާހަގަކުރަމެވެ‪.‬‬ ‫މލްޑިވްސް | ރިޕޯރޓް ‪2020‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ‬ ‫‪27‬‬

اختر الفقرة المستهدفة3