‫‪7.‬މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މި ދިޔަ އަހަރު ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ‬ ‫ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތައްކަން ފާހަގަކުރެވުނެވެ‪.‬‬ ‫‪9‬‬ ‫‪8.‬މީޑިއާތަކުގައި ކުޑަކުދިންނާއި ގުޅުންހުރި ޚަބަރުތައް ޝާއިޢުކުރުމުގައި ކުޑަކުދިންގެ ޒާތީ މަޢުލޫމާތު ހިއްސާކޮށް އަދި ކުޑަކުދިންގެ‬ ‫ކަރާމާތަށް ބުރޫއަރާފަދަ ގޮތްތަކަށް ރިޕޯޓްކޮށްފައިވާކަން ފާހަގަކުރެވުނެވެ‪ .‬އަދި މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ‬ ‫އެންޑް ސޯޝަލް ސަރވިސަސް އިން މި ފަދަ މީޑިއާތަކަށް ފިޔަވަޅުއަޅައި‪ ،‬ޖުރިމަނާކޮށް އިންޒާރުދީފައިވާކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪9.‬އަތޮޅުތެރޭގައި‬ ‫ކުޑަކުދިންގެ‬ ‫ނަފްސާނީ‬ ‫ދުޅަހެޔޮކަން‬ ‫ކަށަވަރުކޮށްދިނުމުގައި‬ ‫ގޮންޖެހުންތަކެއް‬ ‫އޮމްބަޑްސްޕަރސަންގެ އޮފީހުން އެކުލަވާލާފައިވާ ބޭސްލައިން ސްޓަޑީއިން ފާހަގަކުރެވުނެވެ‪.‬‬ ‫ހުރިކަން‬ ‫‪10‬‬ ‫ޗިލްޑްރަންސް‬ ‫‪11‬‬ ‫ ‪10.‬މިމުއްދަތުގެ ތެރޭގައި ކުޑަކުދިންނާ ގުޅުންހުރި ‪ 46‬މައްސަލައެއް ކޮމިޝަނަށް ހުށަހެޅިފައިވެއެވެ‪.‬‬ ‫އެގޮތުން ހުށަހެޅުނު‬ ‫މައްސަލަތަކުން ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި؛‬ ‫ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން‪ ،‬އެކުދިން ބަލަހައްޓާ ފަރާތްތަކާއި ޚިޔާލުތަފާތުވެ ނުވަތަ ތަނުގެ ތެރެއިން އެ‬ ‫ކުދިން ހިތްހަމަ ނުޖެހޭކަންކަން ދިމާވުމުން‪ ،‬އެކުދިންގެ އަމިއްލަ ނަފްސަށް ގެއްލުންދީ އަމިއްލައަށް މަރުވާން އުޅުމާއި‪،‬‬ ‫މަރުކަޒުން ފިލައިގެން ދިއުމާ އަދި މަރުކަޒުގެ ތަކެއްޗާއި ތަނަށް ގެއްލުން ދިނުމާއި ތަނުގައި އަލިފާން ރޯކުރުމާއި‪ ،‬ކުދިން‬ ‫ބަލަހައްޓާ ފަރާތްތަކާ ދެމެދު ކުރިމަތިލުންތައް ހިނގާފައިވާކަން‪،‬‬ ‫ދައުލަތުން ބަލަހައްޓާ މަރުކަޒުތަކުގައި ތިބޭ ބޮޑެތި ބަލިތަކަށް ފަރުވާކުރާ އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް‬ ‫ބޭނުންވާ ބައެއް ޚާއްޞަ ބޭސްތައް ރާއްޖެއިން ލިބުމުގައި ދަތިކަން ހުންނަކަމާ އަދި ކުދިންނަށާއި ކުދިން ބަލަހައްޓަން‬ ‫ތިބޭ ފަރާތްތަކަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް އެންމެ އެދެވޭގޮތަށް ލިބޭނެ އިންތިޒާމް ހަމަޖެހިފައި ނުހުންނަކަން‪،‬‬ ‫ދައުލަތުން ބަލަހައްޓާ މަރުކަޒުތަކުގައި ތިބޭ ކުޑަކުދިންނާމެދު އެކުދިން ބަލަހައްޓަން ތިބޭ ފަރާތްތަކުން ވެވޭ އިހުމާލުތައް‬ ‫ސިއްރު ކުރުމާއި‪ ،‬ކަމާބެހޭ އިދާރާތަކާ އެ މަޢުލޫމާތުތައް ޙިއްޞާ ނުކުރުމާއި‪ ،‬މިފަދަ މައްސަލަތަކުގައި ކޮމިޝަނުން ކުރާ‬ ‫ތަޙްޤީޤަށް އެކަށީގެންވާ އެއްބާރުލުން ނުދިނުމާ އަދި އެފަދައިން ޢަމަލުކުރުމުގެ ސަބަބުން ބައެއް މައްސަލަތަކުގައި ހެކި‬ ‫ހޯދުމުގައި ދަތިތަކެއް ކުރިމަތިވާކަން‪،‬‬ ‫ކުޑަކުދިން އެކުދިން ދިރިއުޅޭ ގެއިން ފިލައިގެން ގޮސް‪ ،‬މުޖުތަމަޢުގެތެރޭގައި އުޅޭ ކުށުގެ ރެކޯޑް އޮންނަ ފަރާތްތަކާ ގުޅުމާ‬ ‫އަދި އެ ފަރާތްތަކުން އެފަދަ ކުދިން ޖިނާއީ ކުށްތަކުގައި ބައިވެރިކުރުވާކަމާ އަދި އެކުދިންލައްވާ ޖިނާއީ ކުށްތައްކުރުވުމާއި‪،‬‬ ‫އަދި ބައެއް ޙާލާތްތަކުގައި ކުދިން ރަހީނުކޮށް ޖިސްމާނީ އަދި ނަފްސާނީ‪ ،‬އަނިޔާދީ ކުދިންގެ ފުރާނައަށް ގެއްލުންދީފައިވާކަން‪،‬‬ ‫ބައެއް ބެލެނިވެރިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށްފައި ވުމުގެ ސަބަބުން ކުދިން ކަންތައްތަކަށް އިހުމާލުވެފައިވާކަން‪،‬‬ ‫ރުޤްޔާކުރުމުގެ ނަމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އަދި ޖިސްމާނީ އަނިޔާދޭ މައްސަލަތައް ފާހަގަކުރެވިފައިވާކަން‬ ‫ކ‪.‬ހިންމަފުށީ އައްސޭރި ޖަލުގައި ޤާއިމުކޮށްފައިވާ ކުޑަކުދިންގެ ޖަލަކީ މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި ކުޑަކުދިން‬ ‫ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށް ކޮމިޝަނުގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީ‪ ،‬ކޮމިޝަނުގެ އެންގުން އަންގާ‬ ‫ވަގުތުން ފެށިގެން ‪ 30‬ދުވަހުގެ ތެރޭގައި ކ‪.‬ހިންމަފުށީ އައްސޭރި ޖަލުގައި ތިބި ކުޑަކުދިން ރައްކާތެރި މާޙައުލަކަށް‬ ‫ބަދަލުކުރުމަށް ‪ 2021‬އޮކްޓޫބަރު ‪ 14‬ވަނަ ދުވަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް އެންގުމެއް އަންގާފައިވާކަން‪.‬‬ ‫ކުޑަކުދިންނަށް އަނިޔާކޮށްގެން މިރިޕޯޓްގެ މުއްދަތުގައި ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު ޖުމްލަ ‪13‬‬ ‫މައްސަލައެއް ހުށަހެޅިފައިވެއެވެ‪ .‬މި ‪ 13‬މައްސަލައިގެ ތަޙުޤީޤު ދަނީ ކުރެވެމުންނެވެ‪ .‬މި މައްސަލަތަކުގެ ތެރޭގައި އެންމެ‬ ‫ގިނައިން ހިމެނެނީ ކުޑަކުދިންނަށް ޖިންސީގޮތުން އަނިޔާލިބިފައިވާކަމަށް ބެލެވޭ މައްސަލަތައްކަން ތަޙުޤީޤުގެ ތެރެއިން ފާހަގަ‬ ‫ކުރެވެއެވެ‪.‬‬ ‫މލްޑިވްސް | ރިޕޯރޓް ‪2020‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ‬ ‫‪17‬‬

اختر الفقرة المستهدفة3