‫މީހުންނެކޭވެސް އެއްފަދައިން ކަރާމާތްތެރިކަމާއި ހަމަހަމަކަމާއެކު އިމާރާތްކުރެވިފައިވާ ތަންތަނާއި މަގުތަކާއި ޕާކުފަދަ ތަންތަނާއި‬ ‫ވިޔަފާރިކުރާ ސުޕަރމާރކެޓް ނުވަތަ ކޮމްޕްލެކްސް ފަދަ ތަންތަނާއި މިސްކިތްތަކާއި ދަތުރުފަތުރުގެ ވަސީލަތްތަކާއި ސްކޫލްތަކާއި‬ ‫ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނާއި ވަޒީފާއަދާކުރާ ތަންތަނަށް ނުކުޅެދުންތެރިކަން ހުންނަ މީހުން ވަނުމަށް ކުރިމަތިވެފައިވާ‬ ‫ހުރަސްތަކުގެ ސަބަބުން މުޖުތަމަޢުގައި ފުރިހަމައަށް އަދި އެހެން މީހުންނެކޭ އެއްހަމައެއްގައި ބައިވެރިވުމަށް ދަތިވެއެވެ‪.‬‬ ‫ ‪78.‬ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޢުމުރުން ދުވަސްވީ ފަރާތްތަކަށް ބޭނުންވާ‬ ‫އިންތިޒާމް‬ ‫ބައެއް ޚިދުމަތްތައް‬ ‫ޚިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމުގެ‬ ‫ފޯރުކޮށްދޭ މަރުކަޒުތަކުގައި ހަމަޖެހިފައިވީނަމަވެސް‪،‬‬ ‫އެހެން ފަރާތެއްގެ އެހީތެރިކަން‬ ‫ހޯދުމަކާނުލައި ބައެއް ޚިދުމަތްތައް ހޯދަން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދަތިވެއެވެ‪.‬‬ ‫މީހުންނަށް އެހީތެރިވުމުގެ ގޮތުން މަގުދައްކާދޭ މީހުންނާއި‪ ،‬ބްރެއިލްގެ ޚިދުމަތްތަކާއި‬ ‫‪89‬‬ ‫‪90‬‬ ‫ނުކުޅެދުންތެރިކަން ހުންނަ‬ ‫އިޝާރާތުން މުއާމަލާތްކުރުމުގެ ތަމްރީން‬ ‫ލިބިފައިވާ މީހުންގެ އިންތިޒާމް އާންމުންނަށް ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނުގައި ނުތހުންނަކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪91‬‬ ‫ ‪79.‬ނުކުޅެދުންތެރިކަން ހުންނަ މީހުން އިޖުތިމާއީ ރައްކާތެރިކަމުގެ ކޮންމެ ސްކީމެއްގައި ބައިވެރިވުމަށް ވަކި ތަފާތު ޑޭޓާ ސިސްޓަމް އަދި‬ ‫ޕްރޮސެސްތަކެއް ޤާއިމުކޮށްފައިވެއެވެ‪ 92.‬ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި‬ ‫ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން އަންގައިދޭ ކާޑެއް ދޫކުރެއެވެ‪ 93.‬ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ‬ ‫ޕްރޮގްރާމްގައި ރެޖިސްޓްރީވެފައިވާ މީހުން މި ކާޑު ހޯދުމަށް އަލުން ފޯމު ހުށަހަޅާންޖެހުމަކީ ވަކިން ޚާއްޞަކޮށް އަތޮޅުތަކުގައި‬ ‫ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދަތިކަމެކެވެ‪.‬‬ ‫‪94‬‬ ‫ ‪80.‬ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން އަންގައިދޭ ކާޑު ގެންގުޅޭ ފަރާތްތަކަށް ޕަބްލިކް ޓްރާންސްޕޯޓް ވަނީ ހިލޭ ހަމަޖެހިފައެވެ‪.‬‬ ‫އަދި ޕަބްލިކް ޓްރާންސްޕޯޓުގައި ވަކި ޚާއްޞަ ގޮނޑިތަކެއް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކަނޑައަޅާފައިވެއެވެ‪.‬‬ ‫އެހެންނަމަވެސް ފެރީތަކަށް އަރާ ފޭބުމަށް ބިލްޓްއިން‪-‬އެކްސެސިބިލިޓީ ޚިދުމަތްތަކެއް ޤާއިމުވެފައިނުވެއެވެ‪.‬‬ ‫‪97‬‬ ‫‪95‬‬ ‫‪96‬‬ ‫ހުރިހާ ބާވަތެއްގެ‬ ‫ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދަތުރުކުރުމަށް ފަސޭހަކުރުމުގެ ގޮތުން ޕަބްލިކް ޓްރާންސްޕޯޓު ސިސްޓަމްތަކުގައި ދަތުރާގުޅޭ‬ ‫މަޢުލޫމާތު ފެންނާނެހެން ހުރުމާއި ޓެކްޓައިލް ފޯމެޓާ އަދި ރިއަލް ޓައިމްކޮށް އަޑުއިވޭނޭ ގޮތަށް އަދި ރިކޯޑްކޮށްފައިވާ މެސެޖްތައް‬ ‫ފޯރުކޮށްދިނުމަށް އިންތިޒާމްތަކެއް ހަމަޖެހިފައިނުވާކަންފާހަގަކުރެވިފައިވެއެވެ‪.‬‬ ‫ ‪81.‬ވިލްޗެއަރއާއި އަސާ ބޭނުންކުރާ މީހުންނަށް ފަސޭހަވާނެހެން މާލެ ސަރަހައްދުގެ މައި މަގުތަކުގެ ދުވާރުގެ ބައިތައް ވަނީ‬ ‫ތިރިކޮށްފައެވެ‪ .‬އެހެންނަމަވެސް ބައެއް ހާލަތްތަކުގައި މަގުމަތީގައި ފާހަގަކޮށްފައި ހުންނަ އެކްސެސް ޕޮއިންޓްތަކުގައި ޕާކް ކުރާތަން‬ ‫އާދެއެވެ‪ .‬އަދި ޓެކްސީއަކީ ވަރަށް ގިނަ ބަޔަކު ދަތުރުކުރުމަށް ބޭނުންކުރާ ވަސީލަތަކަށްވާއިރު ބައެއް ޓެކްސީ ޑްރައިވަރުން‬ ‫ނުކުޅެދުންތެރިކަން ހުންނަ މީހުން ބޭނުންކުރާ ވިލްޗެއަރއަށް ތަކެތި އުފުލުމުގެ އަގުނަގައެވެ‪.‬‬ ‫‪98‬‬ ‫ ‪82.‬ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލެ ސަރަހައްދުގައި އެއްތަނުން އަނެއް ތަނަށް ގޮސްއުޅުމަކީ ދަތި އުނދަގޫ ކަމެކެވެ‪.‬‬ ‫ޚާއްޞަކޮށް މަގުތަކުގައި ޓެކްޓައިލް ޕޭވިންއާއި އޮޑިބަލް ޕެޑަސްޓްރިއަން ޓްރެފިކް ސިގްނަލް ނެތުން އެއީ ފެނުމާއި އަޑުއިވުމުގެ‬ ‫ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެއްތަނުން އަނެއް ތަނަށް ގޮސްއުޅުމަށް ދަތިވާކަމަކަށްވާއިރު އެއްވެސް ޓްރެފިކް ގަވާއިދަކަށް‬ ‫ނުބަލާ މީހުން ދުއްވާ އުޅަދުތައް ދުއްވުމަކީ އެމީހުންނަށް ކުރިމަތިވާ އިތުރު ނުތަނަވަސްކަމެކެވެ‪.‬‬ ‫ ‪83.‬ފެނުމުގެ ދަތިކަން ހުންނަ ފަރާތްތަކުގެ މެދުގައި ބްރެއިލް ބޭނުންކުރަން ދަންނަ ފަރާތްތައް މަދެވެ‪.‬‬ ‫‪99‬‬ ‫‪100‬‬ ‫އަޑާއެކީގައި ޓޯކަން ޑިސްޕްލޭ‬ ‫ހުންނަ ސިސްޓަމްތައް އާންމު ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގައި މަދުވުމާއި‪ ،‬އެހެން މީހަކަށް ބަރޯސާނުވެ އޭޓިއެމްތަކުން ފައިސާ‬ ‫ނެގުމަކީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވެފައި��ާ ގޮންޖެހުމެކެވެ‪.‬‬ ‫ ‪84.‬އެކިބާވަތްތަކުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މުވާސަލާތީ ޓެކްނޮލޮޖީއާއި ސިސްޓަމްތަކާބެހޭ އެންމެ ފުރިހަމަ މަޢުލޫމާތާއި‬ ‫ބޭނުންކުރަން އެނގޭ މިންވަރު ދަށްކަން ފާހަގަކުރެވެއެވެ‪.‬‬ ‫ ‪85.‬އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުމަށް މާލެ ސަރަހައްދުގައި ޤާއިމުކޮށްފައިވާ ޚާއްޞަ ކްލާހަށް ހާޒިރުވާ‬ ‫ދަރިވަރުން މުއާމަލާތްކުރުމުގައި ބޭނުންކުރަނީ އެމެރިކަން ސައިން ލެންގުއޭޖެވެ‪ .‬އެހެންކަމުން ހަރަކާތުން މުޢާމަލާތްކޮށްގެން މާސް‬ ‫މީޑިއާ މެދުވެރިކޮށް ގެނެސްދޭ މަޢުލޫމާތުތައް ހަމައެކަނި ފަހުމްވާނީ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން‬ ‫ތަޢުލީމު ހާސިލްކުރުމަށް މި ފުރުޞަތު ތަނަވަސްވެފައިވީ ފަރާތްތަކަށް އެކަންޏެވެ‪.‬‬ ‫މލްޑިވްސް | ރިޕޯރޓް ‪2020‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ‬ ‫‪101‬‬ ‫‪35‬‬

اختر الفقرة المستهدفة3